އައިޝަތު ޝަރުފާ އުޅުނީ ރޯގާ ޖެހިގެންނެވެ. ރޯގާއިން ސަލަމަތްވުމަށް އޭނާވެސް މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ހަވީރު ފަސް ލީޓަރުގެ ތާޒާ ފެންފުޅިއެއް ކަފާލައިގެން އެއަށް ހޫނުފެނާއި ކޯރާޑި ތެޔޮ އެޅިއެވެ. އޭގެން އާވި އަރުވައިގެން ރޯގާ ރަނގަޅު ވޭތޯއެވެ. އެކަމަކު އެ ހޫނު ފެންތަށީގެ އަސަރު ޝަރުފާއަކަށް ނުކުރިއެވެ. އޭގެ އަސަރާއި ދިލަ ހޫނާއި، ތަދާއި ވޭން އިހުސާސް ކުރީ އޭނާ އާއި މުހައްމަދު ވަހީދަށް މިދިޔަ އަހަރު ލިބުނު އެއްމާބަނޑު ދެ ކުދިންގެ ތެރެއިން ބޮޑު ދަރިފުޅު ކަމަށްވާ އައިރީން މުހައްމަދު އަށެވެ.

ޝަރުފާ އެ ހޫނު ފެންތަށި މޭޒުމަތީގައި ބަހައްޓާފައި އެނބުރުނީ ސިންކު ކައިރިއަށެވެ. މޭޒު މަތީ ތަންކޮޅެއް ދުރުގައި އިން އެ ފެންތަށި ކައިރި ކޮށްލީ ހަތް އަހަރުގެ ދަރިފުޅެވެ.

"އެއިރު ދެމިނިިޓް ވެސް ނުވާނެ، އަޅުގަނޑު ސިންކު ކައިރިއަށް އެނބުރިލާފައި އެނބުރުނުއިރު, ހުރީ ތަށީގައި ހިފަހައްޓައިގެން، އޭގައި ހިފީ މުޅި ގަޔަށް ބަންޑުންވީ"

އުމުރުން އެއް އަހަރާއި ތިން މަހުގެ އައިރިން ގޮވައިގެން ފުރަތަމަ ދިޔައީ އޭޑިކޭއަށެވެ. އެތަނުގައި ދަރިފުޅު ބާއްވައިގެން ފަރުވާ ދޭން ފެށިއިރު، ތިން ފަހަރަށް ފިޓްް ޖެހުނެވެ. އައިރީން އަކީ މީގެ ކުރިން ފިޓް ޖެހުނު ކުއްޖެއް ނޫން ކަމަށް ޝަރުފާ ބުންޏެވެ.

"އީއާރްގައި އިންދާ ބާންވެފައި އިންތަނުގައި އުނގުޅާނެތާ ބޭހެއް، އެ ބޭސް އުނގުޅިތަނުން ބޭބީއަށް ފިޓް ޖެހުނީ، ފިޓް ޖެހުނު ގޮތަށް ތިން ފަހަރު ފިޓް ޖެހުނު، އެ މީހުން އެހެންވެ ބޭބީ ހޭނައްތާފައި ބޭސް ދިނީ" ޝަރުފާ ބުންޏެވެ.

ޝަރުފާ ބުނީ، އައިރިން ހޭލައިގެންވެސް ދިލަ ނަގާތީ ވަރަށް ބޮޑަށް ރޮއެ ހަޅޭލެވި ކަަމަށެވެ. އަދި އައިރީންގެ ހުންވެސް ގަދަވާން ފެށިއެވެ. ހުމަކަށް ބަދަލެއް ނާދެއެވެ.

"އޭގެ އެއް ދުވަސް ފަހުން އަނެއްކާ ވެސް ބޭބީއަށް ފިޓް ޖެހުނު. ޖެހިފައި ފަސް ދުވަސްވީ އޭޑީކޭގައި، އެކަމަކު ހުމަކަށް ނާދޭ ބަދަލެއް، އެ ވަގުތު އަންނަން ފެށި، އެހެންވެ ބޭބީ ވަރަށް ވީކް ވާތީވެ އެއަށްވުރެ ރަނގަޅު ތަނަކަށް ދާން ވެގެން ޓްރީޓޮޕްއަށް ދިޔައީ، އެކަމަކު ޓްރީޓޮޕް އިން ބުނީ ކީއްވެހޭ މިތަނަށް އައީ، އައިޖީއެމްއެޗްއަށް ދާށޭ، އެތަނުގައޭ އެ ހިދުމަތް ދެނީ. ދެން އެ މީހުން ރިފާ ކުރީ އައިޖީއެމްއެޗްއަށް" ޝަރުފާ ކިޔާދިނެވެ.

އައިރީންއަށް މިހާރުވެސް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގައެވެ. އައިރީންގެ ހަށިގަނޑުގެ 16 އިންސައްތަ ވަނީ ފިހިފައެވެ. އެގޮތުން ކަނާތް ކޮނޑުން ފެށިގެން އުނަގަނޑާއި ހަމައަށް ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް ޝަރުފާ ބުންޏެވެ.

އައިރީން އަށް އެ ހޮސްޕިޓަލްގެ ޕްރައިވެޓް ވޯޑެއްގައި ފަރުވާދެމުންދާއިރު، ހުން ރަނގަޅު ނުވެއެވެ. ހުން އަަންނަ ސަބަބެއް މިހާތަނަށް ޝަރުފާއަކަށް އެނގިފައެއް ނުވެއެވެ. އަދި ފިޓް ޖެހުނު ސަބަބެއް ވެސް ދެނެގަނެވިފައެއް ނުވެއެވެ.

"ސްކިން ވީމަ އިންފެކްޓް ވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ، ދެން މިހާރު ބޭބީއަށް އެންޓިބަޔޮޓިކްސް އާއި އެއްޗެހި ބޭނުން ކުރަން ފެށީމަ ފުދޭވަރަކަށް ވީކް ވާނެއެއްނު، ބޭރަށް ހިންގާ ހޮޑެލުވި ކަންތައްވޭ، އަދިވެސް ހުން ނުފިލާ".

އާއިލާއިން ބުނަނީ އައިރީން މީގެ ކުރިން ކުދި ކުދިން ބަސް ކިޔާ ކަމަށް، އެކަމަކު މިހާރު ވާހަކަ ނުދައްކާ ކަމަށް-- ފޮޓޯ: އާއިލާ

ޝަރުފާ ބުނީ، ޑޮކްޓަރުން ބުނަނީ ޖަރާސީމެއް އުޅެނީ ކަމަށެވެ. އެކަން ރަނގަޅަށް ދެނެގަތުމަށް ޓެސްޓުތަކެއް ވެސް ވަނީ ހަދާފައެވެ. އެގޮތުން ހަންގަނޑާއި، ޔޫރިންގައި ވެސް ޖަރާސީމް ހުރިކަމަށް ޑޮކްޓަރުން ބުންޏެވެ.

ކުރިން އައިރީންއަކީ މަންމަ ބައްޕަ، އާދޭ ފަދަ ބަސްތައް ބޭނުންކޮށްގެން ވާހަކަދައްކާ ކުއްެޖެކެވެ. އެކަމަކު މިހާރު އެ ހާދިސާއަށްފަހު އޭނާ އެއްވެސް ގޮތަކަށް ވާހަކަ ނުދައްކައެވެ.

"މިހާރު އޭގެން އެއްވެސް ބަހެއްވެސް ބޭނުން ނުކުރޭ، ދެން ބޭބީގެ އަތްވެސް ހުންނަނީ ހޫނުފެން އުޅެނީމަ ހަރުވެފައި، ފިޒިއޮތެރަޕީ ނަގަމުންމި ދަނީ، އަތްވެސް އަދި ރަނގަޅެއް ނުވޭ، ފުދޭވަރަކަށް ދުވަސް ނަގާނެ، އައިޖީއެމްއެޗްއިން ބުނަނީ މިތަނުން ރަނގަޅު ކުރެވޭނެއޭ، އާސަންދަ ވެސް ނުއެއް ލިބޭ".

އެހެން ނަމަވެސް އެ އާއިލާއިން ބޭނުންވަނީ ވީހާވެސް އަވަހަކަށް އައިރީން ގޮވައިގެން އިންޑިއާގެ ބެންގަލޫރްގެ ކުޑަކުދިންގެ ހާއްސަ ހޮސްޕިޓަލަކަށް ދާށެވެ. އެެއީ މިހާ ދުވަސްވީއިރު ދަރިފުޅުގެ ހުމަށް ބަދަލު އައިސްފައި ނުވާތީ އާއި ދަރިފުޅަށް ހުން ޖެހުނީ ކީއްވެގެންކަން ދެނެގަނެވިފައި ނުވާތީއެވެ. އަދި އައިރީންއަށް ގިނަ އަދަދެއްގެ އެންޓިބަޔޮޓިކް ދެމުންދާއިރު، ކުރިއަށް އޮތް ހަތް ދުވަހަށް ވެސް ބޭނުން ކުރަން ބުނެފައިވާތިއެވެ.

އައިރީންގެ ހަށިގަނޑު 16 އިންސައްތަ ވަނީ ފިހިފައި-- ފޮޓޯ: އާއިލާ

"އެހާ ކުަޑަ ބޭބީއަކަށް އެހާ ގިނަ ބޭސް ދޭއިރު، ސީދާ ހުން އަންނަނީ ކީއްވެގެން ނޭނގެންޏާ، އަޅުގަނޑުމެން އެހާ ބޮަޑަކަށް އަސްލު ބޭނުމެއް ނޫން، ދެން ބޭބީ ފުދޭވަރަކަށް ވީކްވެފައި ހުރީވެސް".

"އާސަންދަ ނުލިބުނަސް އަޅުގަނޑުމެން މި އުޅެނީ ވަރަށް އަވަހަށް އިންޑިއާއަށް ދާން ވެގެން، އެހެންވެ އެހީއަށް އެދުނީ، ބެންގަލޫރްގައި ހުންނަ ހާއްސަ ހޮސްޕިޓަލަކަށް އަޅުގަނޑުމެން ދާން މި އުޅެނީ، އެތާގައި އޮވޭ އާސަންދަ، އާސަންދަ ނުދެންޏާމުން އަޅުގަނޑުމެން އަމިއްލައަށް ކުރެވޭނެތާ ހުރިހާ ހަރަދެއް". ޝަރުފާ ބުންޏެވެ.

މިކަމަށް ބޮޑު ހަރަދެއް ދާނެ ކަމަށް އެ އާއިލާއަށް ގަބޫލުކުރެވެއެވެ.

އައިރީންގެ މަންމަގެ ފޯން ނަމްބަރު: 7589392 އެވެ.

އައިރީންއަށް އެހީވުުމަށް ފައިސާ ޖަމާ ކުރަންވީ ނަމްބަރު: 7730000037388

އެކައުންޓް ނަން: އައިޝަތު ޝުރުފާ

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ީިިިމމމމމ

    މި ޤައުމުގެ ހެލްތު ނިޒާމަކީ ބަޔަކު ދުލުގަ ހިފާ ދަމަންއުޅޭ ބަޔެއް.....ތި އާސަންދަވެސް ...އެންސްޕާ ވެސް ދޭނެ...ބޮޑުން ގެ ފައިބުޑުންއާދޭސް.ކޮށްގެން..

    45
    4
  2. ފަހު ބަސް

    އަވަސް ޝިފާ ދެއްވާށި..ވަރަށް އަސަރުކޮށްފި
    މަގޭ ވެސް ކުޑަ ކޮއްކޮ އެއް ހުރޭ..އަމިއްލަ ކޮއްކޮއަށްވީނަމަ އެ ވާނެ އަސަރެއްވިސްނާ

    61
    2
  3. ކެރަފާ

    ކުއްޖާގެ މަންމަ އިނގެރޭސިބަހުން ވާހަކަދެއްކިޔަސް ނޫހުގައި ތަރުޖަމާކޮށްފަ ދިވެހިބަހުން ލިޔެބަލަ ދިވެއްސަކަށްވީތީ ފަހުރުވެރިވޭ ، ވާހަކަދެއްކެނީ ދިވެހިބަހާ އިނގެރޭސި ބަސް މޮޑެގެން

    32
    12
  4. ސަޑޭ

    މާތްﷲ ގެޙަޟްރަތުން އައިރީން އަށް ފުރިހަމަޝިފާއެއް މިންވަރު ކުރައްވާށި! އާމީން

    76
    1
  5. ޝަރަފިއްޔާ

    ކުޑަކުދީން ގޮވައިން އުޅުމީ ކަންފަސޭހަކޮށް ވާނޭކަމެއްނޫން ،، އަވަސްޝިފާއަށް އެދެން ،.

    22
    1
  6. ހަސަދު

    އިންޑިޔާ އައުޓް. އާދައިގެ ދިވެހިން ބޭހަށް އިންޑިޔާ އަށް، ޗުއްޓީ އަށް އިންޑިޔާ އަށް. އިންޑިޔާ އައުޓް ގޮވާ މީހުން ބޭހަށް ސިންގަޕޫރު ނުވަތަ ޔޫރަޕަށް. ސިޔާސީ މީހުންގެ ތެރޭގައި ގައުމަށް ރައްޔިތުންނަށް ހެޔޮ އެދޭ ހަމަ އެކަކުވެސް ނުފެނޭ!!!

    20
    13
  7. މަރުމޯލް

    އާވި އަރުވަން ބަހައްޓާފަ ހުންނަ ފެން އެއްސަކުން ނުފިހޭނޭ
    ތި ޝަރުފާ އަކީ ވަރަށް ވިޔާނުދާ އަންހެން ކުއްޖެއް
    އެހެން ވީމަ ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ

    19
    16
  8. ހަނާ

    ސަރުކާރުން ޕޯދިޔަންތަކުގަ ބުނާނެ ހުސްނުވާއާސަންދައޭ..އެކަމަކު ކަމެއްދިމާވެގެން އެހޯދަން އުޅޭމީހަކަ އިގޭނީއޭގަހުރި އަސަރު އެންއިސްޕާއިން ޖަވާބުލިބި ދޭލާރިކޮޅުވެސް އެކަުންޓަޖަމާވަނީ ބޭސްކޮއްގެންނިމި ގޭގަހުއްޓާ .......

  9. މީނަ

    ފަސް ލީޓަރުގެ ތާޒާ ފެންފުޅިއެއް ކަފާލައިގެން އެއަށް ހޫނުފެނާއި ކޯރާޑި ތެޔޮ އެޅިއެވެ.
    ޕުލާސްޓިކް ފުޅިއަށް ހޫނުފެން ަ. އެޅީމަ ވަނީ ކިހިނެ އްކަން ކިޔާދީބަ ނޫސް ކުދިން

    15
    • ގ

      ތިހެން ހިތަށް މިއެރީ....

  10. ޖ

    ތަންކޮޅެއް ބަލައިގެން އުޅެބަލަ

  11. ވަރު

    ރޯގާ ޖެހުނީމަ އިސްފެން ވަރެއްނެތް