ރާއްޖޭގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދަކީ އާންމުންގެ ތެރޭގައި މަގްބޫލް ފަންނާނެކެވެ. ފިލްމީ ދާއިރާއިން ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ، މޮޅު ފަންނާނެކެވެ. މިއީ އެތައް ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ތަރިއެއްވެސް މެއެވެ.

ޓީވީއެމް އިން ގެނެސްދޭ "އިހްސާސް" ޕްރޮގްރާމްގައި ނިއުމާ ވަނީ އޭނާގެ ހަޔާތުގައި ދިމާވި ކަންތައްތަކުގެ ވާހަކަ ހިއްސާކޮށްފައެވެ. އެގޮތުން ކުޑައިރުގެ ހަނދާންތަކާއި، ފިލްމީ ދާއިރާގައި ނިއުމާގެ ޅަފަތުގެ ދުވަސްވަރުގެ ވާހަކަތައް ވަނީ ހިއްސާކޮށްފައެވެ. ދިރިއުޅުމުގައި ކުރިމަތިވި ގޮންޖެހުންތަކާއި، ތަޖުރިބާކުރަން ޖެހުނު މީހުންގެ ފުރައްސާރައިގެ ވާހަކަތަކެއް ވެސް ވަރަށް ތަފްސީލްކޮށް ކިޔައި ދީފައިވެއެވެ.

ނިއުމާ ބުނީ، ފިލްމް ކުޅެން ނުކުތީ އާއިލާ މީހުންގެ ނުގަބޫލުގައި ކަމަށެވެ. ނަމަވެސް، އުމުރުން 17 އަހަރުގައި ފިލްމީ ދާއިރާއަށް ނިއުމާ ނުކުތީ ކުޑައިރުގައި ނުލިބުނު ލޯބި، މީހުންގެ ތެރެއިން ހޯދުމުގެ ބޭނުމުގައެވެ.

ނިއުމާއަށް ބޭނުންވި ކަންތައް ހާސިލްވިއެވެ. މީހުންގެ ލޯބި ނިއުމާ ހޯދިއެވެ. ނަމަވެސް، މަޝްހޫރު މީހަކަށް ވީތީ އެތައް ގޮންޖެހުންތަކަކާ ވެސް ނިއުމާއަށް ކުރިމަތިލާން ޖެހުނެވެ.

"ބައެއް ފަހަރު ދެރަވެގެން ގޮސް ރިގްރެޓް ވެސް ކުރެވޭ. ކީއްވެހޭ އަސްލު ފިލްމީ ދާއިރާއަށް ނުކުމެވުނީ. މި ނޫންކަމެއް ކުރެވުނު ނަމައޭ. އެއީ ބައެއް ފަހަރު ވާގޮތަކީ އަޅުގަނޑު ފިލްމްކުޅޭ މީހަކަށް ވާތީ އޭގެ އިފެކްޓްކުރޭ އަޅުގަނޑުގެ ދަރިފުޅަށް،" ނިއުމާ ކިޔައިދިނެވެ.

މަޝްހޫރު ބަތަލާ ނިއުމާ - ފޮޓޯ: އިންސްޓަގްރާމް

"ވިޓިލިގޯ" ބަލި ހުންނާތީ މީހުން ނިއުމާއަށް ފުރައްސާރަ ކުރޭ

"ވިޓިލިގޯ" ނުވަތަ ހުދު ބައްޔަކީ ދުނިޔެ އިން ފެންނަ ބައްޔެއްކަން ވެސް ނިއުމާއަށް އެނގުނީ ބަލީގެ އަލާމާތްތައް ފެންނަން ފެށީމައެވެ. ނިއުމާ ކިޔައި ދިން ގޮތުގައި އެންމެ ފުރަތަމަ ހުދުވާން ފެށީ ބޮޑުވައި އިނގިއްޔެވެ. އޭރު ނިއުމާ ކުރަމުން ދިޔައީ ޓީވީއެމްގެ ވެބް ސީރީޒް "ވަގުތު ފާއިތުނުވަނީސް" ގެ މަސައްކަތެވެ.

"ފުރަތަމަ ބޮޑުވައި އިނގިލީގަ އިނީ ވައިޓް ޑިޓެއް. ވިޓަމިން މައްސަލަ ހުންނާތީ ބައެއް ފަހަރު ހަންގަނޑުގައި ވައިޓް ޑޮޓްސް އައިސްފައި ދާނެ. ދެން އަޅައެއް ނުލަން. އެހެން ހުއްޓަ އެ ޑޮޓް ބޮޑުވާން ފެށީ. ދެން އިންޑިއާގެ ޑޮކްޓަރެއް ކްލިނިކަކަށް އައުމުން އެ ޑޮކްޓަރަށް ދެއްކީމަ އޭނަ ބުނީ ތިއީ ވިޓިލިގޯ އޭ،" ބަލި ދެނެގަނެވުން ހިސާބު ނިއުމާ ކިޔައިދިނެވެ.

ފިލްމީތަރި ނިއުމާ މުހައްމަދު
ފިލްމީތަރި ނިއުމާ މުހައްމަދު

ނިއުމާ ބުނީ، އެންމެ ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުނީ މުޅި ގަޔަށް މި ބަލި ފެތުރޭން ފެށި ހިސާބުން ކަމަށެވެ. އޭގެ ސަބަބުން ފިލްމީ ދާއިރާގެ ބައެއް މަސައްކަތްތައް ގެއްލުމާއި، ބައެއްް ރައްޓެހިން ދުރުވިކަން ނިއުމާ ފާހަގަ ކުރިއެވެ. އަދި ގެންގުޅޭ އެއްޗެހި ހިއްސާކުރަން ވެސް ބައެއް މީހުން ދެކޮޅުހަދާކަން ނިއުމާ ފާހަގަކުރިއެވެ.

އެއާޕޯޓު ތެރެއިން ވެސް ނިއުމާއަށް މިފަދަ ކަމަކާ ކުރިމަތިލާން ޖެހުނެވެ. އެ ދުވަހުގެ ވާހަކަ ކިޔާދެމުން ނިއުމާ ބުނީ ކުޑަ ކުޑަ ކުއްޖަކު އޭނާއާ ދިމާލަށް ދުވެފައި އަންނަން ފެށުމުން ބޭއިހްތިޔާރުގައި ނިއުމާއަށް ވެސް އެދިމާލަށް ދެވުނު ކަމަށެވެ. އަދި އެކުއްޖާ އުރާލަން ނިއުމާ މަސައްކަތް ކުރި ކަމަށާއި، އެވަގުތު ކުޑަ ކުއްޖާގެ މަންމަ އެކަމާ ހިތްހަމަނުޖެހި، އޭނާގެ ދަރިފުޅުގެ ގައިގައި އަތްނުލާން އެދުނު ކަމަށް ބުންޏެވެ.

"އެކުއްޖާ މަންމަ އަޅުގަނޑާ ދިމާލަށް ބުނީ [ކުއްޖާ ގައިގައި] ނާތްލައްޗޭ. ތިހުރީ ހުދުވެފައޭ. ހުދުބަލި ޖެހިފައޭ،" ނިއުމާ ކިޔައިދިނެވެ.

ނިއުމާ ބުނީ، ހުދު ބަލި ޖެހިފައި ހުންނާތީ ވަަރަށް ގިނަ މީހުން އެވާހަކަ ބުނާ ކަމަށެވެ. އަދި ފިލްމީ ދާއިރާ ހިމެނޭހެން ގިނަ މީހުން ނިއުމާ، އޭނާގެ ގޮތުގައި ބަލައިނުގަންނަ ކަމަށް ބުނެފައިވެއެވެ.

"ގިނަ މީހުން ބޭނުންވަނީ ޓަޗް ކޮށްގެން ކުރަން. އަތުގައި އާއި ފައިގައި ހުންނައިރު، ފިލްމަކަށް ޝޫޓްކުރިޔަސް ޓަޗް ކޮށްގެން ކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އަޅުގަނޑަށް އިހްސާސް ކުރެވޭ މޭކަޕް ކޮށްދޭން ހުންނަ މީހާ ވެސް ވަރުބަލިވާނެކަން،" ފިލްމީ ދާއިރާގެ ބައެއް މީހުން ނިއުމާ ބަލައިނުގަންނަކަން ފާހަގަކޮށް، ނިއުމާ ކިޔައިދިނެވެ.

ވިޓިލިގޯ ހުންނާތީ ނިއުމާއާ ދިމާލަން ބަލާލަން ނުކެރޭ ކަމަށް ބައެއް މީހުން ބުނި!

"ނިއުމާ ތީ ވަރަށް ހުތުރު މީހެއް. ތިހާ ހުތުރު މީހެއް ތިމަންނަ ދުވަހަކުވެސް ނުދެކެން. ރީއްޗޭ ބުނާނެ އެއްވެސް ސިފައެއް ނިއުމާގެ ނެތް. އަޑު އެހާ ހުތުރު. ސިފަ އެހާ ހުތުރު. ހުންނަގޮތް އެހާ ހުތުރު،" މިއީ ނިއުމާއާ ދިމާލަށް މީހަކު ބުނި އަދި ނިއުމާގެ ހަނދާނުން ފިލައިގެން ނުދާނެ ބަސްތަކެކެވެ.

އެ ބަސްތަކުން ނިއުމާގެ ހިތަށް އަސަރު ކުރުވި ބަސްތަކެކެވެ.

ނިއުމާގެ ފިލްމީ ކެރިއަރަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ނިއުމާ ވާހަކަދައްކަނީ.-- ފޮޓޯ: ރައީސް އޮފީސް

ނިއުމާ ބުނީ، ވިޓިލިގޯ ބަލި ހުންނާތީ ނިއުމާއާ ދިމާލަށް ބަލާލަން ނުކެރޭ ކަމަށް ބައެއް މީހުން ބުނެފައިވާ ކަމަށެވެ. އަދި ނިއުމާގެ ސިފަ ވައްތަރީ "ލައްޖެހި ފާނައަކާ" ކަމަށާއި، ބައެއް މީހުން އެ ނަމުން މުހާތަބުކުރި ކަމަށް ވެސް ނިއުމާ ބުންޏެވެ.

މީސް މީޑިއާއަށް ދޫކޮށްލާ ފޮޓޯތަކަށް ކޮމެންޓްކޮށްގެން ވެސް ބައެއް މީހުންގެ ފުރައްސާރަ ނިއުމާއަށް އަމާޒުވިއެވެ. އެގޮތުން ވިޓިލިގޯ ބަލި ހުންނާތީ ބައެއް މީހުންގެ ކޮމެންޓުތަކުގައި "ނިއުމާ ތިއައީ ތަނެއްގައި ކުލަލާން ގޮސްފަތޯ" ސުވާލު ކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ޙަޒާ

    ސުނީތާއަށް ބަވާނެގި އިރު ކަލޭ ހުރީ ހަމަހޭގައިތަ؟

    113
    6
  2. އަސްލު

    މި ދުނިޔެއަކީ އިމްތިޙާނެއް. ސުނީތާއަށް ހާދަ ހުތުރު ބަސްތަކެކޭ ނިއުމާމެން ރައްދުކުރީ. އަސްލު އަހަރެެން ވަރަށް ދެރަވި ނިއުމާ ކަހަލަ ފަންނާނަކު އެ ދަރަޖައަށް ވެއްޓުނީތީ. މިއަދު ނިއުމާ ހިތުގަ ޖެހިގެން ވާހަކަ ދައްކާއިރު އެ ދުވަހު ސުނީތާ ދެރަވާނެ ވަރު ވިސްނާލާ.

    132
    2
    • Anonymous

      ޝަބާ އާ ޝަބާގެ މަންމަ އަށްވެސް މިމިހުންގެ ފްރާތުން ކުރި އަނިޔަ އެންމެނަށްވެސް އެނގޭ ބޮޑު ހަގީގަތެއް. މާ މޮޅު ރަނގަޅު މީހަކަށް ހެދިގަނެގެން ނިއުމާމެން އުޅޭނެ ކަމެއް ނެތް

      25
      1
      • މ

        ތިވާހަކަ ކިއާ ދީބަލަ. ވަރަށް ބޭނުން

        22
        1
  3. ވާނުވާބެ

    ބަލި ހުންނާތީ އައުރަ ނިވައިނުވާ ހެދުން ލައިގެން ތިއުޅެނީ؟ މީހުން އެއްޗެއް ބުނީމަ ބުނާ މީހާ ގޯސްވަނީ، ފިލްމީ ތަރިންވެގެން ތަންތަނަށް އަރާ ދެއްކޭ ވާހަކައާއި ލެވޭ ހެދުމުގެ ގޮތެއް ނޭނގެ، ނިއުމާ ތިއީ އެކްޓެއް ކުރަން ދަންނަ އަންހެނެއް ނޫން

    38
    7
  4. ކިޔުންތެރިޔާ

    އިސްލާމީ ފޭރާމުން ފޭރާން ލައިގެންވެސް ތިދާއިރާގަ ކުރިޔަށް ދެވިދާނެ. އިސްލާމީ ފޭރާމަކީ މީހާގެ 100 އުނި އިތުރު ސިފަތައް ފޮރުވާދޭ އެއްޗެއް. އިސްލާހުވެ ދެންވެސް ރަނގަޅަށް އުޅެވޭތޯ ބަލަންވީ. އަދި ސުނީތާ ކައިރިން މާފަށް އެދެންވީ. ﷲ މިވެރިންނަށް ތެދުމަގު ދައްކަވާށި!

    42
    8
  5. އަލީ

    ހައްދަވައިބޮޑުކުރެއްވި ރަސްކަލާނކޮ އަޅަމެން އެންމެނަށް ތެދުމަގު ދައްކަވާ، އެމަގުގައި ފައިތިލަ ސާބިތުކޮށްދެއްވާނދޭވެ.

    54
    2
  6. ރީތި މޫސަ

    ތިޔަށްކިޔަނީ ގުދޯ ގުދޯ

    21
    2
  7. ބޮލުގާ ރިއްސާ

    މީހުންގެ މަލާމާތަކަށް ނުބަލާ ކުރިޔަށް ދިޔައިމަ ދެވުނީ ނުރަނގަޅު މަގުން... މުޅި ގައުމު ހެކިވާނެ އެކަމަށް.. އަދި ވަގުތު ފާއިތުނުވޭ.. ސަބަބަކީ އަދި މަރު ނުވޭ.. އަވަހަށް ތައުބާވޭ..

    32
    3
  8. ފަރުހާދު

    އެކަކު އަނެއްކަކަށް މަލާމާތް ކުރުމަކީ އެމީހާއަށް އެ މަލާމާތް ވަރަށް އަވަހަށް ރައްދުވާ ކަމެއްް، ތި ބައްޔަށް ފަރުވާލިބެން އެބަހުރި ކިއުބާގަ، އަވަހަށް ދޭ އިންޝާﷲ ރަނގަޅުވާނެ، އެމީހާއަށް ވެސް ކުށެއް ކުރެވިފައިވާނަމަ އަވަހަށް މާފަށް އެދޭ! ސުނީތާ ކިބައިންވެސް މާފަށް އެދުން މުޙިއްމު.

    27
    1
  9. ށލގގތ

    ކަލެއަށް ނޯ ސިމްޕަތީ.
    އެމީހަކު ފޫޓްއެޅި ގޮތަކަށް އެމީހެއްގެ ފޫޓްވެސް އެހެން މީހުން އަޅާނީ.

    21
    3
  10. ށުނީޓާ

    ނިއުމާމެން ދުރޫސުލް އަޚްލާޤްފޮތުގެ ބަނޑަވެރިގަނޑު ކައިގެން ބޮޑެތިވެފަ ތިބި ކުދިން ތިކަހަލަ ވާހަކަ ދައްކާކަށް ނުވާންނު

    23
    1
  11. ޕިރާޑް

    މަވެސް ހަނދާންވީ ސުނީތާ އަށް މަލާމާތް ކޮށްފަ އިން އޯޑިޔޯ. އަދިވެސް ޔޫޓިއުބުގައި އެބައިން. އެހެން ނަމަވެސް އެވެސް އިންސާނަކު ކުރުން ރަނގަޅު ކަމެއް ނޫން މަލާމާތް ފުރައްސާރަ ކުރުމަކީ. ﷲ އިރާދަފުޅުން ނިއުމާ އަށް ހެޔޮވިސްނުން ދެއްވާށި. އަދި އަޅަމެން އެންމެނަށް ހެޔޮވިސްނުން ދެއްވާ، އެކަކު އެނެކަކަށް އޯގާތެެރި ބަޔަކު ކަމުގައި ލައްވާށި. އާމީން.

    31
  12. ފަލަމަޑި

    ﷲ ދެއްވި ނިޢުމަތް އެ އިލާހު ހަރާމް ކުރެއްވި ގޮތްގޮތަށް ބޭނުން ނުހިފާ...!

    26
  13. އަހްމަދު

    ﷲގެ ޙިކްމަތްވަންތަ ކަމާއެވެ.
    އިބްރަތް ލިބިގަނެ އަމިއްލަ ނަފްސު އިސްލާހުކުރަމާ ހިނގާށެވެ.

    26
    1
  14. އާދަނު

    ހުދުބަލިނޫނަސް މި މީހާގެ ސިފަ ރީއްޗެއްނޫން!

    10
    6
  15. އަޙްމަދު

    އެގޮތަށް ނިޢުމާއަށް ފުރައްސާރަކުރާތީ ވަރަށް ހިތާމަކޮށް ދެރަވައމެވެ. އެކަމަކު ބުނަންހެއްޔެވެ. ނިޢުމާވެސް މިހާރު ތިކަން ހުއްޓާލަންވެއްޖެއެވެ. މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވީ އެކަލާންގެއަށް ބިރުވެތިވެ އަޅުކަން ކުރާށެވެ. ތިގޮތަށް އަޢުރަ ރަނގަޅަށް ނިވާނުކޮށް ފިލްމުތައްކުޅެ ހިލޭ ފިރިހެނުންނާއެކު ނާޗަނރަގީ ކުޅުމުގައި ދުވަސްތައ ްހޭދަކުރަނިކޮށް މަރުއައިސް ބައްދަލުކުރާނީ ކޮން އިރަކުން ކޮންތާކު ކޮންވަގުތަކު ކަމެއް އެބަ އެނގޭހެއްޔެވެ. އެހެންކަމުން އަހަރެން ވަރަށް ގާތް ރަށްޓެއްސެގެ ޙައިޞިއްޔަތުން ދޭންއޮތް ނަޞޭޙަތަކީ ނިޢުމާއެވެ. އަވަހަށް ތިކަން ހުއްޓާލައި ރަނގަޅު އަބުބުރުވެރި ޙަޔާތައްް ދަރިފުޅަށް ލޯބިދީ ވޭތުކުރާށެވެ. ތިޔަ ފިލްމީ ޙަޔާތަކީ ވަރަށް ހިތްދަތި އަދި ދާއިމީ މަންޒިލުން އެއްވެސް ފުރުޞަތެއް ލިބޭނެ ޙަޔާތެއްނޫނެވެ. ޝްރީދޭވީ މަޝްހޫރެއްނޫންހެއްޔެވެ؟ އެކަމަކު އެމްޝަހޫރުތަރި ގާތަށް މަލަކުލްމައުތު ވަޑައިގެން ފުރާނަ ގެންދެވީ ބިލްގާއެއްގެ ތެރޭގައި އޮއްވައެވެ. އެހެންކަމުން މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލްކޮށް ޙަޔާތުން ބާކީ ދުވަސްކޮޅެއްް އޮތްނަމަ އިސްލާމީ ރިވެތި ޙިޖާބުން ނިވާވެ ރިވެތި އުޞޫލްތަކުގައި ހިފަހައްޓާށެވެ. އެއްގޮތަކަށްވެސް ފިލްމުކުޅެ ނަށާ ނުހަދާށެވެ. ނިޢުމާގެ ފޭނުންނޭ ކިޔައިގެން މިއަދު އުޅޭ ސްޕޯޓަރުން ޤިޔާމަތުގެ ބިރުވެރިކަމުގައި އެހީތެރިކަމެއް ފޯރުކޮށްދޭނެހެއްޔެެވެ؟ އެހެންކަމުން ޝައިޚުންނާ ދީން ދަންނަ މީހުންދެއްވާ ނަޞޭޙަތުގައި ހިފަމާ ހިނގާށެވެ. އަހަރެންނަކީ މާބޮޑަށް މިފަދަކަންކަން އެނގޭ މީހަކަށް ނުވިޔަސް ޢިލްމުވެރިންގެ ވާހަކަތައް އަޑުއަހާ މީހަކަށްވާތީ ގާތް ރަޙްމަތްތެރިއަކަށް ނިޢުމާވީތީ ހެޔޮބަހެއް ބުނެލީއެވެ. މާތްﷲ ތިޔަ ބަލިޙާލުން ނިޢުމާ މިންޖުކޮށްދެއްވުން އެދި ދުޢާކުރަމުންނެވެ.

    51
    2
    • ރަނގަޅު

      .. ވ. ސަޅި.. 👍

      13
  16. ހާމިދު ޝާހިދު

    ނިއުމާ އަކި ސިންގަލް މަދާއެއްގެ ގޮތުގައި ވަރަށް ބޮޑު ހިތްވަރެއް ކުރަމުންދާ ފަރާތެކެވެ. އެ ދެމައިންނަށް ހެޔޮ ރަހުމަތް ލައްވާށިފއެވެ. ދުނިޔޭގައި އެކިމީހުންނަށް އެކިކަންކަން މެދުވެރިވެއެވެ. ކެތްތެރިކަމަކީ އިންސާނާއަށް ލިބިގެންވާ އެންމެ މުހިންމު ތަޅުދަނޑިއެވެ. އެހެން މީސް މީހުނަށް ގީބަ ބަސް ބުނެވިފައިވާނަމަ މި މާތް މައްސަރުގައި އަވަހަށް އެފަދަ ހުރިހާ އެންމެންވެސް އެކަކު އަނެކަކަށް މަޢާފުކޮށް، ހެޔޮ ބަސްތަކުން ކުރިއަރާށެވެ.

    15
    2
  17. ޖޯކު

    ވިޓިލިގޯ ބައްޔަކީ ދުނިޔެއިން ފެންނަ ބައްޔެއްކަން ނިއުމާ އަށް ކުރިން ނޭގެއޭ. ތިއީ ގަރުނުގެ އެންމެ ބޮޑު ޖޯކު. ނިއުމާގެ އެންމެ ދޮށީ ދައްތަ އަކީ ވިޓިލިގޯ ބަލީ ގެ މީހެއް. އެކަމަކުވެސް ނިއުމާ އަކަށް އެކަމެއްނޭނގޭ.

    27
    1
  18. ހަސަން

    މީހާގެ ރީތިކަން ހމަކޮށް އައުރަ ކަޝްފުކޮސްގެން ތެލިބާލަން ހެދީމަ އެކަމުގެ ނަތީޖަ ތިފެނުނީ. ދެންވެސް އިސްލަމްދިނުގަި އަންހެނުން އުޅެން އަންގަވަފައިވަ ގޮތަށް ކަންތައްތައް ކުރިޔަށް ގެންދޭ. އޭރުން ރަގަޅުވާނެ.

    12
    1
  19. ޜާއްޖެ

    ޓީވީން އިހުސާސް ކިޔާ ޕްރޮގްރާމެއް ހަދައިގެން އަބުރު ގެއްލިފަ ތިބި މީހުން އަރުވައިގެން ރޮއި ހޭރެނީ ބަޔަކު މި މީހުންނަށް އިތުރަށް ދޭނެ އިހްތިރާމެއް އޮތް ކަމަށްތަ؟

    19
    2
  20. ޟަޒް

    އަލަމާރި ރާނަން ކޮޓަރީގައި ތިއްބާ ހައްދު ޖެހި ވާހަކަ ވެސް ބުނި.

    11
    1
  21. އައްޓަމަސް

    ވިޓިލިގޯއަކީ ބަލީގެ ފުރަތަމަ ސްޓޭޖުގައި ރަނގަލުކުރެވޭ ބައްޔެއް، ބައްޔަކީ ގައިންގައައް ނާރާބައްޔެއް، މިހަކު ކިޔާހާއެއްޗެއް ނުބަލާ ކުރިއަށްދޭ

    7
    1
  22. ނީނާ

    ނިއުމާތީ ކުދިންތަކެގެ ބައްޕަ ޖަހާގަނެގެން އުޅޭ ރީތި ތަރިއެ އަދިވެސް ނިއުމާގެ ދަރީގެ ބައްޕަ އެކަމު މިހާރު މާކުޑަ 7 އަހަރު ނުފުރޭ 3 ދަރިން އެބަތިބި ކޮބާތަ ލަދު މިއެދުތަ ގެންދަން ފެނުނީ އެކުދިން ކިހާ ދުވާއެ ކުރާނެތަ

  23. ނީނާ

    ނިއުމާ ކަޅޭ އުޅެނީ މާމީހަކަ ހެދިގެން ކުދިން ތަކެގެ ބައްޕަ ޖަހާގަނެގެ އުޅޭކަ ބިރެ ނުގަނެދޯ