'ހޮސްޕިޓަލަށް މި ދަނީ ސިންގަލްކޮށް ތިބި ނަރުހުން ބަލަން"، މިއީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރާކަން އިއުލާނުކޮށް، ނަރުހުންގެ މުސާރަ ހާމަ ކުރުމުން އެކަކު ޖަހާފައިވާ ސްޓޭޓަސް އެކެވެ. ނަރުހުން ހޯދަންވީ އޭ ކިޔާ ސްޓޭޓަސް ޖަހައިގެން އިއްޔެ އެތައް ބަޔަކު ތިއްބެވެ. އެކަމަކު އޭރު ގިނަ ނަރުހުންނަށްވެސް މުސާރައަށް ވާން އުޅޭ ގޮތް ނޭނގެއެވެ. އިއްޔެ ހެނދުނު 10:00 ޖެހިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނު ކުރެއްވީ މިއަދުން ފެށިގެން ސިއްހީ ހިދުމަތްތެރިންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
މިހާރު ސީނިއާ ނަރުހަކަށް އެވްރެޖްކޮށް ލިބެނީ -/20490 ރުފިޔާ ކަމަށާއި ނަމަވެސް ދެން އެވްރެޖްކޮށް އިތުރު ގަޑި ނުހިމަނާ ސީނިއާ ނަރުހެއްގެ މުސާރަ -/29271 ރުފިޔާ އަށް ބޮޑުވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އަދި ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި -/41976 ރުފިޔާ އަށް މަތިކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިގޮތަށް ވިދާޅުވުމާއެކު މީސް މީޑިއާގައި ނަރުހުންނާއި ކައިވެނި ކުރަން ބޭނުންވާ ކަމަށް ބުނެ ސްޓޭޓަސް ޖެހި މީހުން މަދެއް ނޫނެވެ.
މިއީ އާ ކަމެއް ނޫނެވެ. ޓީޗަރުންގެ މުސާރަ ބޮޑުވެގެން އިއުލާނު ކުރުމުންވެސް ވީ މިހެންނެވެ. އެންމެން ދުއްވައި ގަތީ އިންނާނެ ޓީޗަރުން ހޯދުމަށެވެ.
"ދުވަސްވަރެއްގައި ދުވެފައި އިންނާނެ ޓީޗަރަކު ހޯދަން، މިހާރު އެ ދުވަން ފެށީ ނަރުހުން ފަހަތުން ސަލާމަތެއް ނެތް". އެކަކު މީސް މީޑިއާ އަށް ދޫކޮށްލި ސްޓޭޓަސްއެއްގައި ބުނެފައިވެއެވެ.
"އަނބިން ވަރިކޮށްފައި ނަމަވެސް ބައެއް ފިރިހެނުން ނަރުހުން ފަހަތުން ދުއްވައިގަންނާނެ، އެއީ ނަރުހުން ދެކެ ލޯތްބަކުން ނޫން، އެއީ ލިބޭ މުސާރަ ކޮޅު ނަލަވީމަ". އެހެން މީހަކު ޖެހި ޕޯސްޓެއްގައިވެއެވެ.
"ކުރީގައި ނަރުހުން ދެކެ ބިރުން، އުޅެވިފައި ވަނީ އޮޅުމަކުން ދެން ސޮރީ އޭ"، މިއީ އެހެން މީހަކު ޖެހި ސްޓޭޓަސް އެކެވެ. ކޮންމެއަކަސް އެއްބަޔަކަށް މަޖާވެގެން މި ވާހަކަ ކިތަންމެ ވަރަކަށް ދެކެވިއްޖެއެވެ. އެކަމަކު ނަރުސް ކަމުގެ ދާއިރާއިން ކިޔަވައިގެން ދާއިރާއަށް ނުކުމެ ތިބި ބައެއް މުވައްޒަފުންނަށް ލިބިގެން ދިޔައީ މާ އުފާވެރި ހަބަރެއް ނޫން ކަން ހާމަވެގެން ދިޔައީ ރޭ މުސާރައިގެ އޮނިގަނޑު އިއުލާނު ކުރުމުންނެވެ.
ސީނިއާ ރެޖިސްޓަރޑް ނަރުހެއްގެ މުސާރަ 29،000ރ. އަށް ބޮޑުވެގެން ދިޔުމުން، ރެޖިސްޓަރޑް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންވެސް ހީކުރެވުނީ މުސާރައަށް ހެޔޮ ބަދަލުތަކެއް އަތުވެދާނެ ކަމަށެވެ. ނޫނެކެވެ. މުސާރައިގެ އޮނިގަނޑު އިއުލާނު ކުރުމާއެކު، އެކަންވީ ނަރުހުންގެ މޫނުގައި ޖެހި "ތަފާލެކެވެ". ހީކުރި ގޮތާއި ހިލާފަށް ބޮޑުވި މާބޮޑު އެއްޗެއް ނެތެވެ.
ރޭގައި ސިއްހީ ދާއިރާގައި މުސާރަތައް އިއުލާނު ކުރައްވާ ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިސަލް ވިދާޅުވީ މުސާރައިގެ ކުރިއެރުން ގެނެސްފައިވަނީ ހުރިހާ ފަންނެއްގެ މުވައްޒަފުން ވެސް އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލު ކުރުމަށް ބާރުއެޅޭ ގޮތަށް ކަމަށެވެ.
އެކަމަކު އެ ބުނާ ބާރު ލިބެނީ ވަކި ބަޔަކަށެވެ. ކިޔެވެނީވެސް ވަކި ބަޔަކަށެވެ. ފުރުސަތު ލިބެނީވެސް ވަކި ބަޔަކަށެވެ. ކިޔަވަން ބޭނުންވާ މީހުން ޖެހެނީ "އެތެރެ އެތެރެއިން" ކުޅެގެން ހައްލު ހޯދާށެވެ. ދާއިރާގައި ކިތަންމެ އަހަރެއް މަސައްކަތް ކުރި ނަމަވެސް ކިޔަވަން ފުރުސަތެއް ނުލިބޭ އެތައް ނަރުހުންނެއް މިހާރުވެސް ހިދުމަތުގައި އެބަތިއްބެވެ. މިއީ އެ ނަރުހުންވެސް ނުދައްކާ ވާހަކައެވެ. ދައްކަން ބޭނުން ނުވަނީ ވަޒީފާގައި ބިރަށެވެ. ކިޔަވަން ބޭނުންވާ ނަރުހުންނަށް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ކިޔަވަން ފުރުސަތު ދެވުމަކީ އެ ބުނާ "ބާރު" އެޅިގެންދާނެ ކަމެކެވެ. މިކަމަށް ހައްލެއް ހޯދާށެވެ.
އަތޮޅު ތެރޭގެ ގިނަ ހޮސްޕިޓަލްތަކުގައި ކިޔަވަން ބޭނުންވާ އެތައް ނަރުހުންނަކަށް ފުރުސަތު ނުލިބި މަސައްކަތުގައި އުޅެން ޖެހެނީ "ރޯޔަލް" މީހުންނަށް އެ ފުރުސަތު ލިބިގެންދާތީއެވެ. ވަކި ބަޔަކަށް އެ ފުރުސަތު ލިބިގެން ދާތީއެވެ. އެހެންކަމުން އެ ބާރުވެރިކަން ނަރުހުންނަށް ހޯދުމަށް، ނަރުހުން ކިޔެވުމުގެ އިންތިޒާމްތައް ރަނގަޅަށް ހަމަޖައްސައި ދޭށެވެ.
ރޭ އިއުލާނު ސިއްހީ ހިދުމަތްތެރިންގެ މުސާރައާއެކު ގިނަ ނަރުހުންނަށް އެންމެ އެކަށީގެންވާ ވަރަށް މުސާރަ ބޮޑު ނުވާ ކަން އެނގެއެވެ.
އެގޮތުން އިއުލާނު ނަރުހުންގެ މުސާރައިގައިވާގޮތުން އެންމެ ގިނަ އަދަދެއްގެ ނަރުހުން ތިބި ކެޓެގަރީ ކަމަށްވާ ރެޖިސްޓަރޑް ނާސް ރޭންކް-5 ގައި ހިމެނޭ ނަރުހުންގެ މުސާރަ އިން ބޮޑުވީ -/983 ރުފިޔާ އެވެ. އެ ކެޓަގަރީގައި 874 ނަރުހުން އެބަތިއްބެވެ.
ދެން އެންމެ ގިނަ ނަރުހުން ހިމެނޭ ރެޖިސްޓަރ ނާސް ހިމެނޭ ކެޓަގަރީން ވެސް މުސާރައަށް އިތުރުވީ -/2494 ރުފިޔާ އެވެ. އެކެޓަގަރީގެ 503 ނަރުހުން އެބަތިއްބެވެ. އެންރޯލް ނަރުހުންގެ މުސާރަ އިން ބޮޑުވީ ވެސް -/1276 ރުފިޔާ އެވެ. އެކެޓަގަރީގެ 300 ނަރުހުން އެބަތިއްބެވެ.
ނަރުހުންގެ މި މުސާރައާއެކު ގިނަ ނަރުހުން މާޔޫސް ވިއެވެ. އެއީ މުސާރަ އަންނައިރުގައި ކުރިން ލިބުނު ވަރަށް ވުރެ މަދުން މުސާރަ ލިބިދާނެ ކަމުގެ ބިރުވެސް އޮތުމުންނެވެ. އަނެއްކާ އޯވާ ޓައިމްވެސް މިހާރު މަދުކޮށްފައި އޮތުމުން، ކުރިއަށް އޮތްތަނުގައިވެސް އޯވާ ޓައިމް މަދުކޮށްލާނެ ކަމުގެ ބިރުވެސް އޮތުމުންނެވެ.
އަނެއްކާ މުސާރަ އިއުލާނު ކުރުމާއެކު ނަރުހުންނާ އިންނަން ސްޓޭޓަސް ޖެހި މީހުންވެސް ވާހަކަ ބަދަލުކޮށްލިއެވެ.
އެގޮތުން އެކަކު ޖެހި ސްޓޭޓަސްގައި ބުނެފައި ވަނީ "ނަރުހުން ހަންޓް ކުރަން ނުކުތް އެންމެން މާޔޫސްވެ އެނބުރި ކަށްވަޅަށް މާރުވާން ދާން ޖެހުނީ ކަމަށެވެ.
ކުރިން ބުނި ވާހަކަ ކެންސަލް ކަމަށް ބުނި މީހުންވެސް މަދެއް ނޫނެވެ.
ނަރުހުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެކެވެ. އެތައް ވަގުތެއް ހޮސްޕިޓަލްގައި ހޭދަ ކުރާ ބައެކެވެ. އަނެއްކާ ނިމުނީއެއް ނޫނެވެ. ކަންކަން ދަސްކޮށް، އާ ކަންކަން ތަޖުރިބާވެސް ކުރަމުން އަންނަ ބައެކެވެ. ބައެއް ފަހަރު އޮންކޯލް ޑިއުޓީ ނުކުމެއެވެ. އަނެއްކާވެސް އައިސް ގޭގައި ތިބެފައި ރަސްމީ ޑިއުޓީއަށް ނުކުމެއެވެ. ނަރުހުން މަސައްކަތުގެ މާހައުލުގައި އުޅޭއިރު، އެއީ އެންރޯލްޑް ނަރުހެއް ކަމެއް ސީނިއާ ރަޖިސްޓަރޑް ނަރުހެއް ކަމެއް ނޭނގެއެވެ. އެންމެވެސް އެ މަސައްކަތްތަކުގައި ޝާމިލްވެ އުޅެނީ އެހާ ބުރަކޮށެވެ. ޔުނީފޯމްގައި އެއީ ސީނިއާ ރަޖިސްޓަރޑް ނަރުހެއް ނޫނީ ރަޖިސްޓަރޑް ނަރުހެއް ކަމަށް ލިޔެފައި އޮތަސް، މަސައްކަތުގައި ގިނަ ނަރުހުންވެސް ތިބެނީ އެއް ހިސާބެއްގައެވެ. ކުރަނީވެސް އެއް މަސައްކަތެކެވެ.
ނަރުހުންގެ ތެރޭގައި އަންހެނުން ގިނަ ނަމަވެސް، ދާއިރާއަށް ވަންނަ ފިރިހެނުންގެ އަދަދު މަދެއް ނޫނެވެ.
ނަރުހުން ކުރަމުންދާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަން ކޮށްލަމާ ތޯއެވެ. ހަމައެކަނި ކައިވެނި ކުރަން ބޭނުންވާ ބަޔަކަށް ހަދައިގެން ވާހަކަ ނުދައްކާ ތޯއެވެ. ސިއްހީ ހިދުމަތްތެރިން ކުރަމުންދާ ބުރަ މަސައްކަތަކީ މިހެން ޖަހާލާ ސްޓޭޓަސް އަކުން ނޫނީ ލިބޭ މުސާރައަކުން އަގު ކުރެވޭ މަސައްކަތްތަކެއް ނޫނެވެ. އެ މީހުން ކުރަނީ އެއަށްވުރެ ބޮޑު، ބުރަ މަސައްކަތަކެވެ.
އެމީހުންގެ ތައްޕާހުގައި އުޅެން ނުވިސްނާ.
ނަރުސްކަން ކިޔަވަބަލަ.
ޓީޗަރުކަން ވެސް ކިޔަވާބަލަ
ޑޮކްޓަރުކަންވެސް ކިޔަވާބަލަ .
އަމިއްލައަށް އެކަން ކުރަންވީ. ފުރުޞަތު އެބައޮތް.
މުސާރަ ބޮޑު ކުރާ ކޮންމެ މީހަކާ އިންނަން ޖެހޭތަ. ހާދަހާ ކަންނެތޭދޯ. މާކަންނެތާ ފޮޑަރާ ތިޔަހަރީ ހަމަ. ބެރިޖާއަކަށް ވާންވީ ހުރިހާ ފޮޑަރާތައް.
މުސާރަތަ ބޮޑުނުވެގެން މިއުޅެނީ. ފުރަތަމަ ހިދުމަތް ރަނގަޅު ކޮއްބަލަ. ފޮޑިއެއް ނުޖެހުނަސް މިދާން ޖެހެނީ އިންޑިއާ އައުޓައް.
ބަލަ ތިމުސާރަ ކުޑައީ ކޮންތނެއްތަ… ކޮންމެ މުސާރައެއްދިނަސް ކިޔަވާނެ މީހެއް ކިޔަވަނީ
އަނބިންގެ މުސާރައަކީ ފިރިންގެ ހައްގެއްނޫން.
ނަރުހަކަށްވެވެނީ ހަމައެކަނި އަންހެނުންނަކަށްނޫން
1200 ނޫނީ 2400 ބޮޑު ވިޔަސް އެއީ ރަމގަޅު ވަރެއް މިހާލަތުގަ.. ތިވަަރުވެސް މީގެ ކުރިން ނުވޭ އިޤުތިސާދު ރަނގަަޅަށް އޮތް އިރުވެސް.. މެއި މަަހުުގެެ މުސާރަ ދިނީމަ އަސްލު ވާނުުވާ އަދި އެނގޭނީ... މާ ބޮޑުތަނުން ބޮޑުކުރާ ވަރެއް ނޫނޭ އަދި ބިކޯސް ހިދުމަތް ހަމަ ސުމެއް އަދިވެސް..
ނަރުހުންގެ ވާހަކަ މިގޮތަށް ގެނެސްދިންއިރު، ހޮސްޕިޓަލްތަކުގަ މަސައްކަތްކުރަމުންދާ މެޑިކަލް އޮފިސަރުންގެ ވާހަކަވެސް ގެނެސްދޭންވާނެ ދޯ. އެމީހުންގެ މުސާރަ މިހާރު ކުޑަ ނަރުހުންގެ މުސާރައަށްވުރެ. ކިޔަވަން ޖެހެނީ ގައުމާ އާއިލާ ދޫކޮށްލާފަ ގޮސް ބޭރުގެ ކޮންމެސް ގައުމެއްގަ އެތަށް ލައްކަ ރފ ހަރަދުކޮށްގެން، އައިސް އަދާކުރަންޖެހޭ ވަޒީފާއިން ލިބެނީ އެހާ ދަށް މުސާރައެއް.
ނަރުހުންގެ އޮނިގަނޑު ފާސްވެގެން އެމީހުނައް ބޮޑު މުސާރަދޭންފަށައިފި މީގެ ދެއަހަރުކުރިން، އެހެން ބަޔަކައް ބޮޑެއްނުވޭ، ސީނިޔާ ލެބްޓެކަކައް ވެސް ލިބެނީ ހަހާސް ވަރު ރުފިޔާކޮޅެއް، ކޮވިޑްތެރޭގަވެސް ރެޔާދުވާލު ލެބްގަ، ދޭންބުނި އެލެވަންސްވެސް ނުލިބޭ މުއައްޒަފުން އެބަތިބި، އަބަދު އިހުމާލުވެފަ ތިބެނީ،
ގައުމު މިވަރަށް ދަރަނި ވެރި ވެފަ ވަނިކޮށް ޢަސްލު މުސާރު ބޮޑު ކުރި ކުރުމުން ދޭހަ ވަނީ ގައުމުގެ އިންފްލޭޝަން މަތި ވަމުން އަންނާނެ ކަން. ދުވަސް ކޮޅަކުން 15ރ އަށް ގަތް ޕާން 25ރ އަށް އަރާނެ.
ގޮތްކުޑަ ފިރިހެނުން އެޒާތަށް އުޅެނީ
ފިރިހެނުން އިންނަން ހޯދަނީ މުސާރަތަ؟ ނޫނީ މުއްސަނދިކަންތަ؟ ނޫނީ އަންހެނުންތަ؟ އޮޅިއްޖެ.
ފައިސާގެ ދަހިވެތިކަމަށް ދިވެހިނ ޢަރަގުވެފައިވާ މިންވަރު މިފާޅުވަނީ. މިއީ ރާއްޖޭގެ ހުރިހާވެސް ނުބައެއްގެ އަސްލަކީ. ވެރިންވެސް ހަމަ މިގޮތް. ފައިސާ ފޮއްޗަކަށް ނުވިއްކާނެ ހަމަ އެކައްޗެއްވެސް ނެތޭބުންޏަސް ރަނގަޅުވާނެ. ރައްޔިތުން ވޯޓުވެސް ވިއްކަނީ ވެރިން ކަނޑުވެސް ވިއްކަނީ. ދެން މުޅި ގައުމުގަ އެންމެން ފައިސާއަށް ބޫތުކެއީމަ އެތަނެއްގައި ކޮން ދިރިއުޅުމެއްތޯ އޮންނާނީ.
ނަރުހުން އެތިބެނީ ކޮންމެ ދުވަހަކު ހިފައިގެން ހޮޅިލައްވަލައްވާ! އެމީހުންނަށް އޭތި އެއީ މާބޮޑު އެއްޗަކަށް ނުވާނެ.
ނޫނޭ ނޫނޭ، ތައްޕާހުގައި އުޅޭހިތްވަނީ. ކިޔަވާކަށް ބޭނުމެއް ނޫން. ކިޔެވުމަކީ ހާދަ އުނދަގޫ ކަމެކޭ.
ޑިއުޓީގަ ނިދާ ނަރުހުން ވެސް މަދެއްނޫން
އަސްލު މިސަރުކާރުން މިކަން މިކުރަނީ ރ ޔާމީން މިމީހުނަށް ފްލުޓް ދިނީމަށް އެއަށްވުރެން މޮޅުކަމެއް ކުރަން ވެގެން ވޯޓް ހޯދަން ، ވެރިކަން ކުރަން އެގޭ މީހުން އެއީ
ޏެތް ތަ ނަރުހެއް އިންނަން
ނަރުސް ކުދިންދެކެ ވަރަށްބިރު ގަނޭ // އަސަލުވެސް ،،،.
ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކުރަން އެބައުޅޭ. ސިފައިންގެއިން އެއްމެ ބޮޑު މުސާރަ ލިބެނީ 2 ހަނގުރާމައިގައި ބައިވެރިވެ 1 ފަހަރު ޝަހީދުވަފައި ތިބި މީހުންނަށް. ދެވަނައަށް އެއްމެ ބޮޑު މުސާރަ ލިބެނީ 1 ހަނގުރާމައިގައި ބައިވެރިވެ ޝަހީދަކާ ކައިރިޔަށް އަނިޔާ ލިބިފަ ތިބި މީހުނަށް. ފުލުހުންގެ އެންމެ ބޮޑު މުސާރަ ލިބެނީ އެއްމެ ގިނައިން ސްޓިކާ ޖަހާ މީހުންނަށް. ދެވަނައަށް ބޮޑުވަނީ ސިޔާސީ މީހުންގެ ސެކިއުރިޓީމަރާ މީހުން. ދެން ބާކީ ތިބި މީހުނަށް ބޮޑުވަނީ 1000 ދަށުގެ އަދަދެއް. ހުރިހާ ދާއިރާއަކުން ޖަހާފަ އޮތީ މިމަޅި. ވަރަށް މަދު ބަޔަކަށް ބޮޑު މުސާރަ ލިބެނީ.
މަގޭ ކުރިން ބުނި އެތިކެންސަލެއް ނޫން، އަދިވެސް މިހުރީ ނަރުސް ކުއްޖަކު ލިބޭތޯ ބަލަބަލާ...
ދިވެހި ފިރިހެނުން ރުފިޔާދެކެ މިވަނީ އާދައިގެ ލޯތްބެއް ނޫނެވެ. އަންހެނުން ބޭނުންވަނީވެސް ރުފިޔާ ލިބެންޏާއެވެ. އަޞްލު މި ވާގޮތަކީ ރާއްޖޭގައި ދެމަފިރިން ވަޒީފާއަދާކޮށް ދެމީހުންނަށް ރުފިޔާ ލިބޭނަމަ ފިރިން އެމީހުންނަށް ލިބޭ ރުފިޔާ ތަޅާ ބުރުއްސަނީއެވެ. ދަރިންގެ ، ފިރިންގެ އަދި ގޭގެ ޚަރަދުގެ 80 ޕަސެންޓް ހޭދަކުރަނީ އަނބިމީހާއެވެ. މީ ދޮގެއް ނޫނެވެ.
މުސާރަ ކުޑައީ އެޑްމިން އޮފިސަރުންނަށް. އެންމެ 7000ރ އެއީ ކޯއްޗެއް.
މުސާރަ ބޮޑުކުރުން ގޯހެއްނޫން ގޯހީ ބޮޑުކުރިމުސާރަ ދެވޭވަރުގެ ބައެއްނެތްކަން މިސަރުކާރު ހިންގަން ތިބި މީހުން ނައް ނޭންގި ވޯޓާ ކައިރިކޮއްފަ ވަކި މަޤުސަދެއް ހާސިލްކުރަން ނަމުގަ މުސާރަ ބޮޑުކުރުން މިކަމުން އެނގުނު އެއްޗަކީ މިސަރުކާރު ހިންގަން މިވަގުތު ތިބީ ކަމައްލާއިގު ބައެއްނޫންކަން
ނަރުހުންގެ މުސާރަ އެހެންވީމަ ކުރިންވެސް ކުޑައެއް ނޫން، މިވީ ވިއްސަކަ އަހަރު ތެރޭގައި އެންމެ ފަހަރަކު ސިއްޙީ ދާއިރާގެ މުވައްޒަފުން އެލާޓްވާން ޖެހުނީމަ ފްރޮންޓް ލައިން އޭ ކިޔާފަ މުސާރައިގެ އިތުރުން މަހަކު -/15000ރ ގެ އެލަވަންސް އެއް ދިން، ނުވިތާކަށް އިތުރުގަޑި ޖަހަމުން ދާނެ.
ޓްރެއިން ހަދާފަ އަންނަ ސިފައިންގެ ޕްރައިވެޓަކަށް މި ޖެހެނީ އެންމެ -/12000ރ (އެހެންދާއިރާ ތަކާ ޚިލާފަށް އިތުރު ގަޑިއެއް ނުލިބޭނެ، އެލަވަންސްތައް ފިކްސްޑް) އިރު އިރުކޮޅާ އެލާޓް ވާނެ، އިތުރު އެއްވެސް އެލަވަންސެއްވެސް ނުލިބޭނެ.