ރާއްޖޭގައި ސިއްހީ ނިޒާމްގެ ތެރެއިން ފަރުވާ ހޯދުމަށް މީހުންނަށް އިހުމާލުވެ ބަލި މީހާގެ ފުރާނަ ދާ ގިނަ ހާދިސާތައް ހިނގައެވެ. ރަނގަޅު ފަރުވާ ނުދެވި ލަސްވުމުގެ ސަބަބުންނެވެ. ނުވަތަ ޑޮކްޓަރުންގެ އިހްމާލުންނެވެ. ނަމަވެސް މި ފަދަ ހާދިސާތަކުގައި ދުނިޔެއިން ވަކިވެގެންދާ ބަލި މީހާއަށާއި އޭނާގެ އާއިލާއަށް އިންސާފު ލިބުން ވަނީ ދަތިވެފައެވެ. ހޮސްޕިޓަލްތަކުންވާ އިހްމާލަށް ޖަވާބުދާރީ ކުރުވުން އޮންނަނީ އުނދަގޫ ބުރަ މަސައްކަތައް ވެފައެވެ.

ސިމާހާ ނަސީމަށާއި އޭނާގެ އާއިލާއަށް ވެސް ދިމާވެފައިވަނީ މި ފަދަ ހިތާމަވެރި ގޮތެކެވެ. އެ މީހުންގެ ލޯބިވާ ބައްޕަ ނަސީމް ފައުޒީ ދުނިޔެއާއި ވަކިވެގެން ދިޔައީ ރަނގަޅު ސިއްހީ ފަރުވާ ނުލިބުމުގެ ސަބަބުންނެވެ. ރާއްޖޭގެ ނަން މަޝްހޫރު ހޮސްޕިޓަލް ޓްރީޓޮޕްގެ އިހުމާލުންނެވެ. މި ވާހަކަތައް ސިމާހާ ވަނީ "ވަގުތަށް" ހިއްސާ ކޮށްފައެވެ.

ނަސީމް

އޭނާ ކިޔައިދިން ގޮތުގައި ބައްޕަ ނަސީމް އަކީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދަމުންދާ މީހެކެވެ. ސްޓޭޖް ހަތަރެއްގެ ފުއްޕާމޭގެ ކެންސަރަށް ފަރުވާ ކުރާތާ މިހާރު އަހަރަކާއި މަހެއް ވެދާނެ ކަމަށް އޭނާ ބުންޏެވެ. ކެންސަރު ފަދަ ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ ނަމަވެސް ކޯމީ ތެރަޕީއާއި އާއި ރޭޑިއޭޝަން ނަގައިގެން ބައްޕަގެ ހާލު ގޯސް ނުވާ ކަމަށް އޭނާ ކިޔައިދިނެވެ. އެ ސްޓޭޖްގެ ބަލި މީހުންނާއި އަޅާބަލާއިރު ބައްޕައަކީ ހާލު ރަނގަޅުކޮށް ހުންނަ މީހެއްކަމަށް ހުރިހާ ޑޮކްޓަރުން ވެސް ބުނަމުން ދިޔަ ކަމަށެވެ.

ކުއްލިއަކަށް ހާލު ދެރަވެގެން ގެންދިޔައީ ޓްރީޓޮޕަށް، ރަނގަޅު ފަރުވާއެއް ނުލިބުނު

ސިމާހާ ކިޔައިދިން ގޮތުގައި މި މަހުގެ ހަތް ވަނަ ދުވަހުގެ ބައްޕަގެ ހާލު ކުއްލިއަކަށް ދެރަވެގެން ޓްރީޓްޕްގައި މަސައްކަތްކުރާ ކެންސަރަށް ހާއްސަަ ޑޮކްޓަރު އަމްރުއާއި ވާހަކަދެއްކުމަށް ފަހުގައި އަވަސް ފަރުވާއަށް ބައްޕަ ގެންދިޔަ ކަމަށެވެ. އަދި އެތަނުން ބައްޕަ އެޑްމިޓްކޮށް ފެރަސެޓަމޯލްއާއި އައިވީދިން ކަމަށެވެ. އަދި ކަލްޗާ ޓެސްޓެއް ހެދުމަށް ސާމްޕަލް ފޮނުވި ކަމަށެވެ. އެއަށް ފަހުގައި ހައި ޑިޕެންޑެންސީ ޔުނިޓަށް ބަދަލު ކުރި ކަމަށެވެ. އަދި އެރޭ ބައްޕަ އޮތީ އެ ޔުނިޓްގައި ކަމަށެވެ.

" އެތާގައި އޮތް އިރުވެސް ބައްޕަ ގުޅާ އެތަނުގައި އުޅޭ ނަރުހުން ރަނގަޅެއް ނޫނޭ ކިޔާފަ. ދެން އަޅުގަނޑު ބުނިން ނަރުހުން ކައިރީގައި ބައްޕައަށް ބަލައްޗޭ. ނަރުހުން ބުނީ ތިމަންނަމެން ބައްޕައަށް ފެންނަހެން މީހުން ވެސް ބަހަށްޓާނަމޭ. ނަރުސް ކުދިންނަށް ގޮވާ ބެލްވެސް ބައްޕަ އަތަށް ދީފައޭ އޮންނާނީ. ދެން އެރޭ އެތާގައި ބައްޕަ އޮވެފައި އޭގެ އަނެއް ދުވަހު ބައްޕަ ރަނގަޅޭ ކިޔާފަ ޑޮކްޓަރު ދޫކޮށްލީ ވޯޑަށް. ދެން އަނެއް ދުވަހު ހެނދުނު އައިސްފައި އެ މީހުން ބުނީ ބައްޕައަށް ހުރީ ނިއުމޯނިއާ ޖެހިފަކަމަށް. މިއީ 8 ވަނަ ދުވަހު. ބައްޕައަށް އައިވީ ގުޅާފަ އެ މީހުން އިނީ އޭތި ނުޖައްސާ. އެތަނަށް އައި ދެ ނަރުހުންނަށް އެކަމެއް ވެސް ނޭންގުނު. ތިންވަނަ އައި ނަރުސްކުއްޖާ އޭތި ޖެއްސީ." ސިމާހާ ކިޔާދިނެވެ.

ނަސީމްއަށް ޓްރީޓޮފްގައި ފަރުވާ ދެނިކޮށް

ބައްޕަ އެތާ ބާއްވާފައި އޮތް އިރުގައި އޮތީ އޮކްސިޖަން މާސްކެއް އަޅާފައި ކަމަށާއި އެ މާސްކް ގުލާފައި އިންނަ ޑިސްލިޓް ވޯޓާ އަޅާފައި އިން އެތީގައި ފެން ހުސްވެފައި ހުރި އިރުވެސް އެމީހުނަށް ނޭނގުނު ކަމަށް އޭނާ ބުންޏެވެ. ހަތަރު ނަރުހުން އައިސްފައި ދިޔަ އިރުވެސް ނޭންގުނު ކަމަށާއި ފެން އެޅީ އާއިލާއިން ބުނީމަ ކަމަށެވެ. ވޯޑްގެ ސާވިސް ރަނގަޅުނުވުމުން އާއިލާއިން އެކަމަށް ހިތްހަމަ ނުޖެހޭތީ ބައްޕަ ރޫމަކަށް ބަދަލުކުރީ ކަމަށް އޭނާ ބުންޏެވެ.

ރޫމަށް ގެންގޮސްފައި އެ މީހުން ބައްޕަ އިރުއިރު ކޮޅާ ނެބިއުލައިޒް ކުރާ ކަމަށާއި ފެރެސެޓަމޯލް އައިވީއާ އެންޓިބަޔޯޓިކްއާ ދެމުން ދިޔަ ކަމަށެވެ. އޭރުގައި މެޔަށް ތަދުވާތީ ބައްޕަ އުޅޭ ކަމަށް ސިމާހާ ކިޔާދިނެވެ. ތަދު އަރާ ގަޑީގައި ހީވަނީ ބައްޕަ މަރުވެދާނެ ހެން ކަމަށެވެ. އަދި އޮކްސިޖަލް ލެވަލް ވަރަށް ދަށްވެގެންދާ ކަމަށެވެ.

ހޮސްޕިޓަލުން ބުނަމުންދިޔައީ ސްޓޭބަލްކަމަށް

ސިމާހާ ބުނީ ބައްޕަގެ ހާލާއި މެދުގައި ސުވާލު ކުރުމުން ޑޮކްޓަރުން ބުނަނީ ސްޓޭބަލް ކަމަށެވެ. އަދި ބައްޕައަށް ޖެހިފައިވަނީ ކޮން ވަށްތަރެއްގެ ނިއުމޯނިއާއެއްކަން ނޭންގޭތީ ފަރުވާ ނުދެވިގެން އުޅޭ ކަމަށެވެ. ދެ ދުވަސް ވަންދެން ބައްޕަ ރޫމްގަ އޮތުމަށް ފަހުގައި އަންގާރަ ދުވަހު އޮކްސިޖަން ލެވަލް ވަރަށް ބޮޑަށް ދަށްވެގެން ދިޔަ ކަމަށެވެ.

" އަންގާރަ ދުވަހު އޮކްސިޖަން ލެވަލް ދަށްވެގެން ޑޮކްޓަރުންނާއި ނަރުހުންނަށް ގޮވިން. ދެން އަމްރު އައިސްފައި ބަލާފަ މި ބުނަނީ ވެދާނެއޭ ބައްޕަގެ ކެންސަރު ހުންނާތީ ލޭ އޮލަވާތީ ބައްޕަގެ ބްލަޑް ވެސަލްގައި ބްލަޓް ކޮލޮޓެއް އިނީ ކަމަަށް. ކްލޮޓެއް އިނިއްޔާ ބެކްޓީރިޔާ އޭޓޭކްކުރާއިރު މެޔަށް ތަދުވެ ނޭވާލާން އުނދަގޫ ވެދާނެއޭ. އެހެންވީމަ ތިމަން ވަރަށް އާޖެންޑް ކޮށް މޭގެ އެކްސްރޭއެއް ނުވަތަ ސްކޭނެއް ނަގަން ބުނަނީއޭ މި." ސިމާހާ ކިޔާދިނެވެ.

ނަސީމްއަށް ޓްރީޓޮފްގައި ފަރުވާ ދެނިކޮށް

އެ ދުވަހު ހަވީރު ބައްޕަ އައިސީޔޫއަށް ބަދަލު ކުރި ކަމަށް ކިޔާދިނެވެ. ރާއްޖެއިން ބޭރަށް ފަރުވާއަށް ގެންދިއުމަށާއި ޓްރީޓޮޕުން ދޭ ފަރުވާ ރަނގަޅު ނޫންކަމަށް ބައްޕަ ބުނަމުން ދިޔަ ކަމަށް ސިމާހާ ބުންޏެވެ.

އައިސީޔޫގައި އައި ޖުމާން ކިޔާ ޑޮކްޓަރެއް. ޖުމާން ކައިރީގައި ބައްޕަ ކިހިނެތްހޭ އެހީމަ ބުނީ ރަނގަޅޭ. ދެން ކޮންމެވެސް ޓެސްޓެއް ހެދިކަމަށް. އޭގެއިން ބައްޕަ އެހާ އޯކޭ ކަމަށް ނުދައްކާ ކަމަށް ނަމަވެސް ސްޓޭބަލް ކަމަށް. ދެން މޭގެ ސްކޭން ކޮބާހާ ސުވާލުކުރުމުން ބުނީ. އޭތިި މިހާރު ހަދާކަން ނުޖެހޭނެކަމަށް. މިހާރު އިޝޫއެއް ނެތް ކަމަށް. އަމްރު ވެސް އައިސްފައި ބުނީ ބައްޕައަށް އެހެން ދިމާވަނީ ތަދުގެ ސަބަބުން ކަމަށް. ނަރުސް ކައިރީގައި އެހިން ބައްޕަ ސްޓޭބަލްތޯ. ދެން ނަރުސް ކުއްޖާވެސް ބުނި ބައްޕަ ރަނގަޅޭ." ސިމާހާ ބުންޏެވެ.

ބައްޕަ ބުނަމުން ދިޔައީ ރަނގަޅު ނޫންކަމަށް، ނަރުހުން އަޅާ ނުލާކަމަށް

އެރޭ ބައްޕަ ބާއްވާފައި އަނެއް ދުވަހު ހެނދުނު ބައްޕައާ ބައްދަލުކުރަން ދިއުމުން ހާލު ރަނގަޅު ނޫން ކަމަށް ބުނި ކަމަށް ސިމާހާ ބުންޏެވެ. އަދި އެކަނި އެތަނުގައި ދޫކޮށްފައި ނުދިއުމަށް އެދުނު ކަމަށެވެ. އެހެންކަމުން ބައްޕަ ކައިރީގައި މަޑުކޮށްގެން އައިސީޔޫގައި މަންމައާއި ދައްތަ އަދި އޭނާ ތިބި ކަމަށެވެ. އަދި އައިސީޔޫގެ ޑޮކްޓަރު އެމްރޭ އައުމުން އެންޓިބަޔޯޓިކްސްއާއި ބޭސްތައް ދޭއިރުގައި ބައްޕަގެ ހާލަތައް އެއްވެސް އިމްޕްރޫވްމެންޓެއް ނާންނަނީ ކީއްވެތޯ ސުވާލުކުރި ކަމަށެވެ. ޑޮކްޓަރު ބުނީ ބައްޕަގެ ޓިއުމަރެއް އިންނާތީ އެއަށް ކޮންޕްރެސް ވާތީ ކަމަށް އެހެން އެ ވަނީ އަދި ކަލްޗާ ޓެސްޓެއް ހެދުމަށް ފޮނުވާފައި އޮންނާނެ ކަމަށެވެ.

ސިމާހާ އާއި އޭނާގެ ބައްޕަ އައި އާއިލާގެ ބައެއް މެންބަރުން

" ދެން އަހަރުމެން ބުނިން އައިޖީއެމްޗަށް ބަދަލުވާން ބޭނުންވާ ކަމަށް. ދެން އެތާގައި ތިން މީހުން މަޑުކޮށްގެން ހުރުމުން ވެސް އެތަނުން ދިއުމަށް އެ މީހުން ބުނި. އެކަމު އަޅުގަނޑުމެން އެތާގައި ތިބީ އަދި އެމީހުންނާއި ޒުވާބު ކުރިން. އެމީހުން ކައިރީގައި ބުނިން އެ މީހުންގެ އަށްމައްޗަށް ބައްޕަ ދޫކޮށްލާފައި ކަމަށް ދަނީ ނަމަވެސް ރަނގަޅު ފަރުވާއެއް ނުދޭ ކަމަށް. އެ މީހުން ހަދާ ގޮތަކީ ނަރުހަށް ގޮވާ ބެލް މާގިނައިން މީހަކު ރިންގް ކުރަންޏާ އޭތި އޮފްކޮށްލާފައި ބާއްވަނީ. ދެން ބައްޕަ ބުނަނީ ހަލާކުވެފައި އޮތް ބެލް އެކޭ އެ މީހުން ދީފައި އޮތީ. އޮކްސިޖަން ދަށްވެގެން މީހާ ތެޅޭއިރު ވަގުތުން އެޑެންޓް ނުވަންނާ ވަރަށް ދެރަވާނެ. ދެން ޒުވާބުކޮށްފައި ބުނީ އެތަނުން ނުދާނަމޭ. ބައްޕަގެ މެންޓަލް ހެލްތަށް ވެސް ވިސްނަންޖެހޭ ކަމަށް. އެތަނުން ނިކުމެވެގެން ދާނީ ބައްޕަ ޑިސްޖާކްވީމައޭ. އޭގެ ފަހުން މާ ރަނގަޅުވެގެން އެ މީހުން އުޅުނީ." ސިމާހާ ބުންޏެވެ.

ބައްޕަ ޑިސްޖާޗް ކުރެވުނީ ރިއުއެސްޓް ކުރިތާ ހަތަރު ގަޑިއިރު ފަހުން ފަހުން ކަމަށް ސިމާހާ ބުންޏެވެ. އެ ގަޑީގައި ނަރުހާއި ޑޮކްޓަރާއި އެންބިއުލައިންސް ދުއްވާ މީހާ ލަންޗް ބްރޭކްގައި ހުރި ކަމަށެވެ. އެހެންކަމުން އައިޖީއެމްއެޗަށް ދިއުމަށް ލަސްވީކަމަށެވެ. ޓްރީޓޮޕުން ސްޓޭބަލް ކަމަށް ބުނި އޭނާގެ ބައްޕަ ހޮސްޕިޓަލުން ނެރުނީ ޑޮކްޓަރާއި ނަރުހަކާއެކު އޮކްސިޖަން ގުޅައިގެން ކަމަށް ސިމާހާ ކިޔާދިނެވެ.

ބައްޕަގެ އަސްލު ހާލަތު އިނގުނީ އައިޖީއެމްއެއަށް ގެންދިއުމުން

ސިމާހާ ބުނީ އޭނާގެ ބައްޕަ އައިޖީއެމްއެޗަށް ގެންދެވުނީ 11 ވަނަ ދުވަހުގައި ކަމަށެވެ. އަދި ފުއްޕާމޭގެ ޑޮކްޓަރު އާއިލާއާ ބައްދަލުކޮށްގައި ބައްޕަގެ ހާލު ކްރިޓިކަލް ކަމަށް ބުނި ކަމަށެވެ.

"ޑިސްޗާޖް ސަމަރީގައީ ޓްރީޓޮޕުން ހުރީ ނުބައި މައުލޫމާތު ޖަހާފަ. އޭގައި އިންނަނީ ފޭސް މާސްކަކާ އެއްކޯށް ބައްޕަގެ އޮކްސިޖަން 90 - 100 އާއި ދޭތެރޭގައި މެއިންޓެއިން ކުރެވޭ ކަމަށް. އޭގެ ނޭވާލާން އުނދަގޫ މީހެއް އޮކްސިޖަން އެވަރަށް މެއިންޓެއިންނެއް ނުކުރެވޭނެ. އާންމު މީހެއްގެ ވެސް އޮކްސިޖަން ހުންނަނީ އެ ވަރަށް. އަދި އެ ސަމަރީގައި އިން ބައްޕަގެ ފުއްޕާމޭގެ ފަށަލައެއްގައި ފެން ހެދިފައިވާ ކަމަށް. ފެން ހެދިފައި އިންނާތީ ބައްޕައަށް އެ ތަދުވަނީ. އެކަމު އެކަމަށް ވެސް ޓްރީޓްޕުން އެއްވެސް ފަރުވާއެއް ނުދޭ." ސިމާހާ ބުންޏެވެ.

ނަސީމްއަށް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް

ބައްޕައަށް ޖެހިފައިވަނީ ފަންގަލް އިންފެކްޝަނެއްކަމަށް ޓްރީޓޮޕްގެ ޓެސްޓުތަކުން ދައްކާ ކަމަށް އައިޖީއެމްއެޗްއިން ބުނި ކަމަށް ސިމާހާ ބުންޏެވެ. ނަމަވެސް އެކަން އާއިލާ ކައިރީގައި ވެސް ނުބުނާ ކަމަށާއި އެކަމަށް އެއްވެސް ފަރުވާއެއް ޓްރީޓޮޕުން ނުދޭ ކަމަށެވެ. ބައްޕަ ސްޓޭބަލްއޭ ސްޓޭބަލްއޭ ކިޔަ ކިޔާފައި އެ މީހުން ތިބީ ކަމަށެވެ.

އައިޖީއެމްއެޗް އަށް ގޮސް ދެން ބައްޕަ ވެންޓިލޭޓަރަށް ލާންޖެހިދާނެ ކަމަށާއި އެކަމަށް އާއިލާއިން ތައްޔާރަށް ތިބުމަށް ޑޮކްޓަރުން ބުނި ކަމަށެވެ. އަދި ބައްޕައަަށް އޮކްސިޖަން ދެމުން ދިޔައީ ހައި ޕްރެޝަރުގައި ދޭ މެޝިނަކުން ކަމަށެވެ.

"12 ވަނަ ދުވަހު ހެނދުނު ޑޮކްޓަރުން ބުނީ ބައްޕަގެ ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް. އިންފެކްޝަން ހުރީ ޑަބަލްވެފައި ކަމަށް. ބައްޕައަށް ދިނުމަށް އެންޓިފަންގަލް އިންޖެކްޝަނެއް ރާއްޖެއިން ބޭރުން ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނީ. އެ ދުވަހު މެންދުރު ވަނީ އައިސީޔޫއަށް ބައްޕަ ބައްދަލުކުރުމަށް. ދޮއްތަ ބުނި އެ ދުވަހު މިއީ ބައްޕައާ ވާހަކަދައްކައި ބައްދަލުވާނެ އެންމެ ފަހު ފަހަރު ކަން ނޭންގޭ ކަމަށް. ދެން ބައްޕައާއި ވާހަކަދެއްކިއިރު ބައްޕަ ވެސް ރޮނީ . ދެން އެ ދުވަހު ހަވީރު ގުޅާފަ ހޮސްޕިޓަލުން ބުނީ އޮކްސިޖަން ވަރަށް ދަށްވެއްޖެ ކަމަށް ވެންޓިިލޭޓަރަށްލާން އުޅޭ ކަމަށް. ދެން ފެނުނީ ބައްޕަ ވެންޓިލޭޓަރަށްލާން އުޅެނިކޮށް." ސިމާހާ ބުންޏެވެ.

ނަސީމްއަށް އައިޖީއެމްއެޗްގައި ފަރުވާ ދެނިކޮށް

ވެންޓިލޭޓަރަށް ލާފައި އެރޭގައި ޑޮކްޓަރުން ބުނީ ބައްޕަގެ ހިތް ހުއްޓިގެން އުޅޭ ކަމަށެވެ. އޭރު ވެސް އާއިލާއިން ތިބީ ހޮސްޕިޓަލުގައި ކަމަށް ސިމާހާ ބުންޏެވެ. އަދި ސީޕީއާރް ދީގެން ބައްޕަ ހިތް މަސައްކަތް ކުރަން ފެށި ނަމަވެސް ހާލު ވަރަށް ކްރިޓިކަލް ކަމަށް ޑޮކްޓަރުން ބުނި ކަމަށް އޭނާ ބުންޏެވެ. ދެން ހިތް ހުއްޓިއްޖެނަމަ ސީޕީއާރް ނުދިނުމަށް ގަސްތުކުރާ ކަމަށް ޑޮކްޓަރުން ބުނި ކަމަށާއި އެ ފޯމުގައި ސޮއިކުރީ އޭނާގެ ދެ އަތުން ކަމަށް ސިމާހާ ބުންޏެެވެ.

" ދެން އެރޭ 12:00 ގުޅާފައި ބުނީ ބައްޕަގެ ހިތް ހުއްޓެމުންދާ ކަމަށް. ދެން ހުރިހާ ކުދިން ދިޔައީ ހޮސްޕިޓަލަށް. 13 ވަނަ ދުވަހުރޭ 12:26 ގައި ބައްޕަ ނިޔާވީ އަދި ފަތިހު ވަޅުލީ." ސިމާހާ ބުންޏެވެ.

ބައްޕަ ނިޔާވީ ޓްރީޓޮޕްގެ އިހުމާލުން، ބޭނުންވަނީ އިންސާފު

ސިމާހާ ބުނި ގޮތުގައި އޭނާގެ ބައްޕައަކީ ކެންސަރު ޕޭޝަންޓެއް ކަމުގައިވީ ނަމަވެސް ބައްޕަ ދުނިޔެއާއި ވަކިވެގެން ދިޔައީ ޓްރީޓޮޕުން ރަނގަޅު ފަރުވާ ނުދިނުމުގެ ސަބަބުން ނިއުމޯނިއާގައެވެ. މިކަމުގެ ޒިންމާ އެ ހޮސްޕިޓަލުން ނަގަންޖެހޭނެ ކަމަށާއި މިކަމަށް ޖަވާބު ދާރީ ވާންޖެހޭނެ ކަމަށެވެ.

މި މައްސަލައިގައި ޝަކުވާ ހުށަހަޅުމަށް ޓްރީޓޮޕްގެ ކައުންޓަރަށް ގުޅުމުން ޝަކުވާ ބަލާ ސެންޓަރުން ގުޅާނޭ ކަމަށް ބުނި ކަމަށެވެ. ނަމަވެސް އަދިވެސް އާއިލާއަށް އެތަނުން ނުގުޅާ ކަމަށް ސިމާހާ ބުންޏެެވެ.

ނަސީމް ނިޔާވެގެން ވަޅުލުމުގެ ކުރިން، ދަރިން އަލްވަދާއު ކިޔަނީ

ބައްޕައަށް އިންސާފު ހޯދައިދިނުމަށް ސީމާހާ އާއި އޭނާގެ އާއިލާއިން ގެންދަނީ ޓްރީޓޮޕްގެ ދޮރުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. މުޒާހަރާ ކުރި ފުރަތަމަ ދުވަހުގައި ބައްޕައަށް އިހުމާލުވި ޑޮކްޓަރު ދުރުގައި ބަލަ ބަލާ ހޭން ތިބި ކަމަށް އޭނާ ބުންޏެެވެ.

މި އިހުމާލުގެ މައްސަލަ މިހާރު އެޗްއާރްސީއެމްއަށް ހުށަހަޅާފައިވާ ކަމަށް އައިޖީއެމްއެޗްއިން ލިޔެކިއުންތައް ލިބުމުން ހެލްތް މިނިސްޓްރީއަށް ވެސް މައްސަލަ ހުށަހަޅާނެ ކަމަށް ސިމާހާ ބުންޏެވެ. އޭނާއާއި އާއިލާގެ އެދުމަކީ ބައްޕައަށް އިހުމާލި ޑޮކްޓަރުންނާއި ހޮސްޕިޓަލާއި މެދު ފިޔަވަޅު އަޅައި އެ މީހުން އެކަމަށް ޖަވާބު ދާރީ ކުރެވުމެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ޙާމް

    ޥަރަށް ދެރަ.
    މައްޔިތާއާށް ޖަންނަތުލް ފިރުދައުސް ދެއްވާށި!

    176
    2
  2. ސސސސ

    ސިމާހާ ބައްޕައަށް ފަރުވާ ކުރި ޑޮކްޓަރަކީ އިޒްރޭލުމުގެ ބޮޑުވަޒީރުގެ ދަރިއަކަށްވާނީ. އިންސާނިއްޔަތުގެ ކަންފުޅެއް ނެތީމާ ސިމާހާމެނަށް މަލާމާތްކޮށް ހޭނީ. ޔަހޫދީންވެސް މިހާރު އައްޒާގައި އެހަދަނީ ހަމަ ތި ސޭމްއެތި. ކުށެއްނެތް މައުސޫމު ތުއްތުކުދިން މަރާލާފަ ދުރުގައި ތިބެނީ ހޭން. ސިމާހާ މިދުނިޔެއިން އިންސާފެއް ނުލިބޭނެ. އިންސާފުލިބޭނެ ކަމަށް ދެކުމަކީ ޔަހޫދީންނާއެކު އެެއްބަސްވުން ކަހަލަ ކަމެއް. ޔަހޫދީންވެސް ކަންކަމާއި ވަރަށް ފަސޭހައިން އެއްބަސްވާނެ ހަމަ ހިނދުކޮޅެއްގެ ތެރޭގައި އެއްބަސްވުން ބޮލާލާޖަހާނެ.

    71
    9
  3. ސޮފޫރާ

    ޓްރީޓޮޕްގެ ޚިދުމަތް މިހާރު ވަރަށް ފެންވަރު ދަށް ވެއްޖެކަން ޔަގީން. ކުރިން ކައުންޓަރުން ލިބެ ޚިދުމަތްތައް ވެސް މިހާރު ވަރަށް ފެންވަރުދަށް. ޚަރަދު ކުޑަކުރަން އަގުހެޔޮ ނަރުހުންތަކެއް ލައިގެން އުޅެނީ ވެސް. ކުރިން އުޅުނު ނަރުހުންނާ އުޑާ ބިމާހާ ތަފާތު. ޚަރަދު ކުޑަކުރަން ފެންވަރު ދަށްކުރަންޏާ ޚިދުމަތުގެ އަގު ވެސް ތިރިކުރަން ޖެހޭ. އަގުތައް ހުންނަނީ މައުންޓު އެލިޒަބަތު ނޫނީ ބޮންބްރަންގްރާޑަށް ވުރެ މަތީގަ.

    90
    4
  4. ޙދުެޖިއ

    ޢިނގިލީގެ ކުޑަ ކުޑަ ސާރޖަރީއަކަށް ފަހު 43 ހާސް ރުފިޔާ 4 ދުވަހަށް ޕެއިކުރިން.
    މެޑިކަލް ސެޓްފިކެޓް ހޯދަން ގުޅި އަދަދެއްވެސް ނޭނގޭ. ޢެއްމެ ފަހުން 35 ދުވަސްް ފަހހުން މެޑިކަލް ސެޓްފިކެޓް އިޝޫކޮށްދެވުނީ.
    އޮފީހުން އެތައް މައްސަަލއެއް ދިމާވި.
    ޔޫރަޕް މީހުންނަށް ވަރަށް އޯގާތެރި ތަނެއް.

    89
    1
  5. ހާލުމ

    ޢިނގިލީގެ ކުޑަ ކުޑަ ސާރޖަރީއަކަށް ފަހު 43 ހާސް ރުފިޔާ 4 ދުވަހަށް ޕެއިކުރިން.
    މެޑިކަލް ސެޓްފިކެޓް ހޯދަން ގުޅި އަދަދެއްވެސް ނޭނގޭ. ޢެއްމެ ފަހުން 35 ދުވަސްް ފަހހުން މެޑިކަލް ސެޓްފިކެޓް އިޝޫކޮށްދެވުނީ.
    އޮފީހުން އެތައް މައްސަަލއެއް ދިމާވި.
    ޔޫރަޕް މީހުންނަށް ވަރަށް އޯގާތެރި ތަނެއް.

    36
    2
  6. ޢަލިފްަަަ

    އިންސާފު ހޯދައިދީ...

    49
  7. ސޭކް

    ތި ޓްރީ ޓްޕް ވެއްޖެއްނުން ނައްތާލަން ވަރަށް ފަރުވާ ކުޑަ ބައެއް އުޅޭތަނެއް އެއީ.. ރައްޔި

    62
    2
  8. އައްމަޑޭ

    އެންޓިފަންގަލް އިންޖެކްޝަނެއްރާއްޖެއިން ލިބެން ނެތުން. ދެރަދޯ

    62
    1
  9. އެޑްމުންޑޯ

    ޓްރީޓޮޕްގެ ނަރުހުން އަދި ޑަކްޓަރގެ އިހުމާލެއް އޮވެދާނެ ، އަދި އެމީހުން ކަންތައްކުރިގޮތް ރަގަޅޭނުބުނާނަން ، ތިކިޔާދިންވާހަކަތަށް ބަލާފައި ، ނަމަވެސް ބުނަލަން އޮތީ ، ކެންސަރ ބަލީގެ 4 ވަނަސދްޓޭޖްގައި ހުންނަ މީހާ އާއްމުކޮށް މަރުވަނީ ރަގަޅަށް ހުރެފައި ކުއްލިއަކަށް ދިމާވާ ތިފަދަ ކަމަކުންނޭ ، ޚާއްސަކޮށް ފުއްޕާމޭގެ ކެންސަރ 4 ވަނަސްޓޭޖް ގައި ނިއުމޯނިޔާ ޖެހި އެންމެ ހައިކޮލެޓީގެ ފަރުވާ ހޯދަމުންދާއިރުވެސް ވަގުތީގޮތުން ސަލާ،މަތްވަނީ ވެސް ވަރަށް މަދުމީހެކޭ ، މަރުހޫމާ އަށް ޜަހްމަތްލައްވާ ސުވަރުގެ މިންވަރުކޮށްދެއްވާށި !

    81
    16
    • ޖޯސަފް

      ދޮގު ވާހަކަ ނުފަތުރާ. 4 ވަނަ ސްޓޭޖް ގައިވެސް ސަލާމަތް-ވޭ.

      27
      14
  10. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އިބޫ ވިދާޅުވެފައި ވަނީ އޭނާގެ ޢާއިލާ ގެ އެއްވެސް މީހަކަށް މަޤާމެއް ނުދެމޭ. ކެރަފާ ނަސީމް އަކީ ފަޒުނާ އަށް ބޮޑުބޭބެ ކިޔާ މީހެއް! ޢާއިލާ މީހުންނަށް މިނިސްޓަރު-ކަން ދިނީމާ ހެލްތު މިނިސްޓްރީ އާއި ގުޅުންހުރި މައްސަލަތައް ބެލޭކަށް ނޯވޭ! ކޮރޯނާ ގެ ޒަމާނު ގައި އެމްބިއުލޭންސް ނުފޮނުވިގެން މަރުވި ކުޑަކުޑަ މިޝްކާ ގެ މައްސަލަ ވެސް ވީތަނެއް ނޭންގޭ! ކެރަފާ ނަސީމް އަކީ ކެތިބޯ ދަށުން ލާފަ-ހުރި މުސްކުޅި އެއް! ކެތިބޯ ދަށުން ލުމަކީ މުސްކުޅި ބުއްޑާ ކަމުން ވިސްނުން ނުފޯރާ ވާހަކަ! ޔާމީން ގެނެސްގެން ނޫނީ މިކަން ވާކަށް ނެތް!

    45
    13
    • އިސްލާޙް

      ކެރަފާ ނަސީމް އަކީ ފަޒުނާ ގެ ބޮޑުބޭބެ.

      30
      4
    • ހަހަހަަަ

      ކެރަފާ ނަސީިމްއަކީ ފަޒްނާއަަށް ބޮޑުބޭބެ ކިޔާ މީހެކޭ �� ހަހަހާ

      28
      2
      • ޔައުގޫބު

        ހަހަ

        9
        1
      • ޑރ. ރާމީ ޙަސަން މަނިކު

        އިންސާނުން-ނަށް ކުށް ބަސް ލިޔެވޭނެ. އެއީ ލިޔުމުގެ ކުށެއްކަން ކިޔާލީމާ ވެސް އެނގޭނެ، ބުއްދި-ޔޭ ކިޔާ އެއްޗެއް ހުރިއްޔާ. ފަޒުނާ އަކީ ކެރަފާ ނަސީމް އަށް ބޮޑުބޭބެ ކިޔާ މީހެއް!

        26
        2
        • ސުކުން

          ކެރެފާ ނަސީމާ ފަޒުނާއާ، ފަޒުނާގެ މަންމަގެ ފަރާތުން ތިމާގެ ވެދާނެ. އެކަމަކު ނަސީމަކީ ފަޒުނާގެ ބޮޑުބޭބެއެއް ނޫން.

          7
          3
        • މީހުންނާ ފޮށެންޏާ ވާނީ ތިހެން

          މައިތިރިވެގެން ހުރިނަމަކާ ކުށްބަހެއް ނުލިޔެވުނީހެވެ! ހިސާބަށްވުރެ ޒާތީ ވަންޏާ ފޮށާ ބޭލޭ ފަހަރު އަންނާނެ އެވެ.( ލޮލް( ކިތަންމެ ބޭނުންވިޔަސް
          ރ. ޔާމީންގެ ޒަމާން ގޮސްފި އެވެ. އެއީ މާޒީ އެވެ. ކުރީގެ ރައީސް އެވެ. މުސްތަޤްބަލް ވަނީ ޑރ. މުޢިއްޒާއި އެކުގަ އެވެ.

          18
          5
          • ޝަފްނާ

            މަތީގަ އޮތް ކުށުގެ އިސްލާޙު ކިޔާލާ. ބުނަން އުޅެފަ އެއޮތީ ކޯޗެއް-ކަން ނޭންގި ތޯ ތިޔަ ފަސާދަ ކުރަނީ؟ އެހެނެއް ނޫން. ތިހިރީ ރީނދޫ ހުން ޖެހިފަ.

            10
            6
          • ޑރ. ރާމީ

            މުޢިއްޒު އަށް-ލީ ވޯޓަކީ ޔާމީން އަށް-ލީ ވޯޓެއް. ދެކެވަޑައި-ނުގައްނަވަން ތޯ ޔާމީންގެ ފޮޓޯފުޅު ޖަހާފަ ހުއްޓާ ހުރިހާ ފޮޓޯ އެއްގައި ވެސް؟ މުޢިއްޒު ވެސް ވިދާޅުވި މިއީ ޔާމީން އަށް ބައިވެރިނުވެވޭތީ ގެނައި ވެރިކަމެކޭ!

            9
            7
      • ނަވާޒު

        އެއޮތީ ކުށުގެ އިސްލާޙް މަތީގަ.

        13
        1
  11. އާޒިނާ

    މި ޓްރީޓޮޕަށް ދާން ބިރުގަނޭ މިހާރު އަހަރެންވެސް ވިހަން ނިންމައިގެން މި އިނީ މިތަނުން ހުވާ ވ ބިތުގަނެއްޖެ:'(

    31
    1
  12. ޢަލީ

    ޢަސްލު ތިގޮތައް ވެދާނެކަމައް އަޅުގަނޑު ގަބޫލް ކުރަން ! ޢަޅުގަނޑަކީ ވެސް ތިތަނުން ތިފަދަ ކަމެއް ތަޖުރިބާ ކޮށްފަ ހުރި މީހެއް އަޅުގަނޑު ގެ ދަރިފުޅު ވަރަށް ވޭނުގަ އުޅުމައްފަހު ﷲ ގެ ރަހުމަތުން ވަނީ ސިފާދެއްވާފަ .

    37
    1
  13. ްަގަވަރުނަރު

    ޓްރީޓޮޕް ގެ ފަރުވާ ކުޑަ ކަމުގެ ވާހަކަ އަކީ މަޝްހޫރު ވާހަކަ އަކަށް ވެއްޖެ = އެކަމަކު މެލްގެނެންސީ (ކެންސަރު) ބަލީގައި ނިޔާވި ވާހަކަ އަކަށް ކުޑަވާހަކައެއް ބުނެލަން ހަމަ ބޭނުންވީއެވެ. މިގޮތުން ފާހަގަ ކުރެވޭ ކަމަކީ
    - ސްޓޭޖް 4 ގައި ފަރުވާގައި އަހަރެއް ވެފައިވުން
    - ކީމޯތެރަޕީ އަދި ރޭޑިއޭޝަންގެ ސައިޑް އެފެކްޓަކީ ކުއްލި މަރުކަމުގައިވުން
    - ލަންގްސް ފެއިލް ވުމުގެ ހާލަތަށް ބަލާއިރު އެއީ އިހްމާލަށް ވުރެ ބޮޑަށް ކުރިމަތިވެދާނެ ހާލަތެއް ކަމުގައިވުން
    - ހޮސޮޕިޓަލުން އުންމީދު ކަނޑާލާފައި ވޭތޯ ކުރެވޭ ސުވާލު ؟
    - ބަލިމީހާގެ ހާލަތަށް ބަލާފައި ފަރުވާދެވޭ ގޮތް އާންމުން ވިސްނާ މިންގަޑާއި މެޑިކަލީ ވިސްނާގޮތް ހާސްބައި ތަފާތުކަން - މިސާލަކަށް އޮކްސިޖަންދޭން ޖެހޭ މީހަކު އެކިމް މެޝިނަށްލައިގެން އޮކްޝިޖަން ފޯރު ކޮށްދީގެން ދުނިޔޭގައި ބޭއްވުމަކީ މަޤްސަދު ކަމުގައި މެޑިކަލީ ނުވާ ހާލަތެއް އަތުވެދާނެ- އެހެނީ ކޯމާގައި މީހަކު އެގޮތަށް ބާއްވާނަމަ 10-15 އަހަރުވެސް ކޯމާގައި އޮވެދާނެ -
    ފުރަތަމަ ކަމަކީ މެޑިކަލީ ދެވޭ ފަރުވާ އާއި ފަރުވާގެ މިންގަޑު ދެވެމުންދާ ގޮތްތަކަށ އާއްމުން ހޭލުންތެރިވުމެވެ. މެޑިކަލް އެރާގެ ސަބަބުން އެތައްބައެއްގެ ފުރާނައަށް ނުރައްކާ ވެގެން ދެއެވެ، މިކަމުގައި ބޮޑު ބައެއް އަދާކުރަނީ އިހްމާލާއި ދޭންވާ ފަރުވާ އެކަށީގެންވާ ގޮތުގައި ނުދެވުމެވެ.

    މައްޔިތާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާ އާއިލާ އަށް ކެތްތެރިކަން ދެއްވާށި - އާމީން

    38
    4
  14. ޒާ

    ފައިސާ ގިނަމީހުން އެފައިސާ ހޭދަކޮށްލަން ޓްެރީޓޮޕް ރިސޯޓަށްދާނެ. ބައެއް ދިވެހިންނަށް އެތަނެއް މޮޅުވަނީ ގިނަފައިސާ ނެގިވަރެއް.

    29
    • ސޭކުބޭ

      ނުވިސްނޭ އޭޑީކޭ އިންދާ އެންމެން ޓުޓީޓޮފް އައް ދާންވި ސަބަބެއް

      16
      3
  15. އަަނަސް

    މެޑިކާ ހޮސްޕިޓަލް އަކީވެސް ރައްޔިތުންނަށް ޖެއްސުންު ކުރާ ތަނެއް

    12
  16. ޙިނާ

    ޓްރީޓްޕް އިން ހަދާ އެމްއާރްއައި ނަތީޖާ އަންނަނީ ނުބައިކޮށް.އެމްއާރްއައި ރިޕޯޓްގަ ބުނާ އެއްޗެއް ސިޑީގައިވާ އެއްޗަކަށް ދިމާނުވޭ.އިތުބާރުކުރެވޭ ތަނެއް ނޫނަ ޓްރީޓްޕް ހޮސްޕިޓަލަކީ.

    18
  17. އަހްމަދު

    މައްސަލައަކީ ބަލިމީހާ އާ ބެހޭ ފުރިހަމަ މައުލޫމާތު ނުދީ ރަނގަޅުކަމަށްބުނެ އޮޅުވަލާތީ. އެއީ ޓްރީޓޮޕް ގައި އޮންނަ ގަޑްލައިނެއްކަމަށްހީވޭ. ނަރުހުންނާ ޑޮކްޓަރުންވެސް މީގައި ހަމަ އެއްގޮތް. ދެން ކޮންމެތާކަށް މައްސަލަ ލީކަމުގައި ވިއަސް އެއްވެސް މުއައްސަސާއެއްގެ އިހްމާލެއް މިރާއްޖޭގެ އިދާރާ އަކުންކުރާ ތަހްގީގަކުން ނުފެންނާނެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކަސް ސިފައިންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވިއަސް އެތަންތަނުގެ އިހްމާލެއް ތަހުގީގަކުން ފެނިފައެއްނެތް. ނޯންނާނެ. އިހްމާލުވެފައި އޮތިއްޔާ އޮންނާނީ ބަލިމީހާ ނުވަތަ މަރުވި މީހާ.

    11
  18. ކުރަނޑި

    ރާއްޖޭގަ ޑޮކުޓަރުންނާއި ނަރުހުން ބަލިމީހުންނަށް ވަރަށް އިހާނެތިކޮށްހިތަނީ މިއީ ވަކި ޓުރީޓޮޕުން އެކަނި ކުރާކަމެއްނޫން ރާއްޖޭގެ ކުލިިނިކުތަކުން ފެށިގެންގޮސް ހޮސްޕިޓަލް ތަކާއިހަމައަށް އެކަންކުރޭ ބަލިމީހާޑޮކުޓަރަށްދަށްކަން އެތަކެއްވަގުތެއް ހޭދަވާއިރު ނަމްބަރުނުޖެހިގެން އަހާލީމަ ބުނަނީ ދަރިފުޅުބަލާ ސުކޫލުދޮށައް ގޮސްފިއޭ މިހުންނަނީ މިރާއްޖޭގެ ޑޮކުޓަރުންނާއި ނަރުހުންގެ ސުލޫކީމިންގަނޑު ހުންނަގޮތް އެމީހުންމިއަދު ތިބެނީ ވަރަށްފަހުރުވެރިވެފަ ހަމައެގޮތަށް ރާއްޖެއިން ބޭރުންގެންނަ ޑޮކުޓަރުންނާއި ނަރުހުން ހަފުތާއެއްވަންދެން ބަލިމީހާއަށް ވަރަށްހެޔޮވާނެ ފަހުން އެމީހުންވެސް ދިވެހި ޑޮކުޓަރުންގެ ކައިރިންދަރިވަރުވެ ދިވެހިޑޮކުޓަރުންކުރާ ފަރުވާކުޑަކަންތަށް އެމީހުންދަސްކުރޭ ފަހުން ބަލިމީހާ ކުކުރޭއިރުވެސް ހާލުބަލާނުލާނެ ފޭސްބުކުގައާއި ޓިކުޓޮކުގަ އަވަދިނެތިތިބެނީ މިއީ ބަލިމީހާއަށް ދެވޭ ބޮޑު އަނިޔާއެއް މާތްﷲ ތިބާގެ ބައްޕައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލަށްވާށިއެވެ އާމީން.

    16
    0
  19. މުހަންމާ

    2013 ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ރާއްޖޭގައި ދެވޭ ސިއްޙީ ފަރުވާއަކީ އެންމެ ޒަމާނީ ހައި ކޮލިޓީ ފަރުވާއަށް ހަދަން، ވަރަށްގިނަގުނަ މަސައްކަތްތަކެއް ކުރެއްވި...ޓްރީޓޮޕް އަޅަން ބޭންކް އޮފް މޯލްޑިވްސް އިން ބޮޑުލޯނެއް ހަމަޖައްސައިދެއްވާ، އޭ.ޑީކޭ އަށް ސަރުކާރުމެދުވެރިވެ ބޮޑު ލޯނެއް ހަމަޖައްސާ އެތަނުގައިވެސް އެންމެ ޒަމާނީ ތަނަކަށް ހައްދަވައި ދެއްވި ވާހަކަ ތަނުގެ އޯނަރު އަދި އޭރު އެމް.ޑީ.ޕީ މެމްބަރަކަށް ހުންނެވި ނާޝިދު ވިދާޅުވި...ދެން އައި.ޖީ.އެމް.އެޗަށް ވެސް އިންުލާބީ ބަދަލެއް ގެންނަވާ، 17ބުރީގެ ޒަމާނީ ހިދުމަތް ތަކާއި އެކު ދަރުމަވަންތަ ހޮސްޕިޓަލް ބިނާ ކުރެއްވި..އެކަމަކު ޔާމީނު ސަރުކާރު ވައްޓާލާ އެ ސިއްޙީ ޚިދުމަތް ތަކުގަ ކޮޅުފައިން ޖެހީ އެމް.ޑީ.ޕީ...ދަރުމަވަންތައިގައި ހުރި އެންމެ ޒަމާނީ ހައިބުރައިޑު ތިއޭޓަރު ވެސް ހަލާކުކޮށްލާފައި އޮތީ..ހުރިހާ ދެރައެއް ނިކަމެތި ރައްޔިތުންނަށް....ތި ސިހާމާ އަކީ ރާއްޖެ ޓީ.ވީ ގައި ޔާމީނުގެ ޚިދުމަތަށް ހަޖޫޖެހުމުގައި އުޅުނު އެކަކު...އެޚިދްމަތް ތަކާއި ދޭތެރޭގައި ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދަން ރާއްޖެ ޓީ.ވީ ގައި އެންމެ އަރާހުރި ލަދު ޙަޔާތުގެ ކަންފުޅެއްވެސް ނެތް އަންހެނެއް....އަޅުގަނޑު އޭރު ހިތަށް އެރި އޭނާ ބުއްދި ހުރީ ސަލާާމަތުން ބާއޭ...ސިހާމާ ބައްޕައަށް ސިއްހީ ދާއިރާ ތިލިބުނު ބަދަލަކީ ރައީސް ޔާމީނުގެ އަގުބޮޑު ޚިދުމަތް ތަކަށް ކުރި މަލާމާތުގެ ދެރަ...އަދިވެސް ވިސްނާލާ...އިބުރަތް ހާސިލްކުރޭ....

    14
    4
  20. ެައަބްދޫ

    ކެންސަރު ސްޓޭޖް 4 އަށް ދިޔައީ ކީއްވޭ.ފުއްޕާމޭގެ ކެންސަރު ނޭވާލުމުގެ ނިޒާމް ހަލާކުވީ ޕުއްޕާމޭގަ އޮކްސިޖަން ނުހިފަހައްޓާނަމަޑޮކްޓަރިން ނަށް ކުރެވޭނީ ކޮންކަމެއް.

    5
    1
  21. އެމީހާ

    ކެންސަރުގައި ސްޓޭޖް ފޯގައި ހުންނަ މީހަކު ސަލާމަތްވުމަކީ ވަރަށް މަދުންނޫނީ ނުވާނެކަމެއް. އެކަމަކު މިލިޔުން ކިޔާލުމުން އާއިލާގެ ފަރުވާކުޑަކަންވެސް ފާހަގަވި. ސުވާލަކީ އެފަދަ ބަލިމީހަކު ނަރުހުން އެޓެންޑްވާން އެކަނި ދޫކޮށްލާފައި އާއިލާއިން ނިންމީ ކީއްވެގެންތޯ. ރިޕޯރޓްތައް އާއިލާއިން އަމިއްލަޔަށް ޗެކްނުކުރީ ކީއްވެތޯ. ގޫގަލްއިންގައިމު ބައެއް އެއްޗެހި ސާރޗްކުރެވޭނެ.
    މިކަން މިހެންހުއްޓަސް މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުމަށް އެދި ދަންނަވަން.

  22. އެސޮރު

    މި ހަބަރު ގެ ކޮމަންޓް ކިޔަމުން ދިޔައިރު ފުރަތަމަ ކޮމަންޓް ތަކުން މުލިންހެން ކިތުނީ ، އިހުމާލުގެ ވާހަކަ ، ވަކި ހިސާބަކައް ދިޔުމުން ދެންމުޅިންވެސް ސިޔާސީ ވާހަކަ ، މިއުޅެނީ ބައެއްގެ އިހުމާލުން އާއިލާގެ ދަރިން ލޯބިވާ ބައްޕަ ނިޔާވެން އެކަމުގެ ވާހަކަ ދައްކަމުން ދިޔަ ވާހަކަ، މަތްޔިތާއައް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި ، އާމީން .

  23. ސަބަބު

    ބަލަގަ މަރުއައިސް ޖެހުނީމަ ކޮންމެ މީހެއްވެސް މަރުވާނެ. މިބުނަނީ އިމާރާތުން ފުންމާށެކޭނޫން. އެކަމަކު ކޮންމެ މީހެއް މަރުވުމުގަވެސް ކޮންމެވެސް ސަބަބުތަކެއް ހުންނާނެ.

  24. ޚަމަނަ

    މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ސްޓްރޯ ކެއް ޖެހިގެން އައިޖީއެމް އެޗަށް ގެންދިޔަ ކުއްޖަކަށް އެތަނުގެ ފަރުވާ ކުޑަކަމުން ފަރުވާ ނުދެވިގެން މަރުވީ ކަމަށްްވެސް ލިޔެފައޮތް އެއީހަމަ ރަގަޅަށް ހުރިކުއްޖެއް ތިބުނަނީ ކެންސަރގެ ހަތަރުވަނަ ސްޓޭޖް ގެ ޕޭޝަންޓެއްގެ ވާހަކަ. ޓްރީޓޮޕުން ފަރުވާ ނުލިބުނު ވާހަކަ