އެފްއޭއެމް ވެޓެރަންސް ލީގުގައި މިއަދު ހަވީރު ދިވެހި ސިފައިންގެ ކުލަބު އަދި ވިލިމާލެ ޔުނައިޓްޑް ބައްދަލު ކުރި މެޗު 6-0 އިން ދިވެހި ސިފައިންގެ ކުލަބު ކާމިޔާބުކޮށްފިއެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް މި ހާފު ޑޮމިނޭޓުކޮށް މޮޅަށް ކުޅެފައިވަނީ ސިފައިންގެ ކުލަބުންނެވެ. ގޯލާއި އަމާޒުކޮށް ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ފުރަތަމަ މެޗުގައި ތަފާތު ދައްކާ ދިވެހި ސިފައިންގެ ކުލަބުން ވިލިމާލެ ބަލިކޮށްފި

ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ސިފައިންގެ ކުލަބުން ވަނީ ގޯލެއް ޖަހާފައެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންް މި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މުހައްމަދެވެ. އޭގެ ދެ މިނެޓު ފަހުން އެ ޓީމުގެ އަލީ ހިޝާމް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދީފައެވެ. ހިޝާމްގެ ގޯލަށް ފަހު އެ ޓީމުގެ އަހުމަދު ޝާމިން ވަނީ އޭގެ މިނެޓެއް ފަހުން ލަނޑެއް ކާމިޔާބުކޮށްފައެވެ.

އޭގެ އިތުރުން ސިފައިންގެ ކުލަބުގެ އަހުމަދު ރަޝީދު ވަނީ އެ ޓީމަށް ދެ ލަނޑު ކައިރި ކައިރީ ކާމިޔާބުކޮށްދީފައެވެ. މެޗުގެ 51 ވަނަ މިނެޓުގައި އޭނާ ވާނީ ފުލުފުލުގައި ދެ ގޯލު ކާމިޔާބުކޮށްދީފައެވެ. އެޓީމުގެ ފަހު ގޯލު މެޗުގެ ފަހު މިނެޓުގައި ކާމިޔާބު ކުރީ ތިން ވަނަ ލަނޑުވެސް ކާމިޔާބުކުރި އަހުމަދު ޝާމިނެވެ.

ފުރަތަމަ މެޗުގައި ތަފާތު ދައްކާ ދިވެހި ސިފައިންގެ ކުލަބުން ވިލިމާލެ ބަލިކޮށްފި

ސިފައިންގެ ކުލަބު އަދި ވިލިމާލެ ޔުނައިޓަޑް ބައްދަލު ކުރި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ކުލަބުގެ ޖާޒީ ނަންބަރު 41 އިބުރާހިމް މުހައްމަދުއެވެ.

މާދަމާ ވެސް މި މުބާރާތުގެ މެޗެއް ކުޅޭނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ އެމްއެސްމޭޓްސް އަދި ސްޓެލްކޯއެވެ. މިމެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:30 ގައި ހެންވޭރު ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު