އެފްއޭއެމް ވެޓެރަންސް ލީގުގައި މިއަދު ހަވީރު ސްޓެލްކޯ އަދި އެމްއެސް މޭޓްސް ބައްދަލު ކުރި މެޗު 4-0 އިން އެމްއެސް މޭޓްސްއިން ކާމިޔާބުކޮށްފިއެވެ.

އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ރަމަޟާން މަހު ބާއްވަމުން އަންނަ މި މުބާރާތުގެ މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި އެމްއެސްމޭޓްސް އިން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ހާފުގައިވެސް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

އެމްއެސް މޭޓްސްގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ޖާޒީ ނަމްބަރު 8 އަހުމަދު އަޝްހަމެވެ. އޭގެ 5 މިނެޓު ފަހުން އެ ޓީމަށް ލީޑު ނަގައިދިނީ އަހުމަދު ނިޝާނެވެ. އަހުމަދު ނިޝާނު ވަނީ މި މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ދެވަނަ ހާފުގެ 21 ވަނަ މިނެޓުގައި އަހުމަދު ނިޝާނުގެ ދެވަނަ ލަނޑާއި އެކީ ވަނީ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ. އޭގެ 6 މިނެޓު ފަހުން ގައުމީ ޓީމުގެ ރަން ކެޕްޓަން އައްސަދު އަބްދުލް ގަނީ ވަނީ މެޗުގެ ނަތީޖާ 4-0 އަށް ބަދަލު ކޮށްލާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކށް ހޮވުނީ އެ ޓިމަށް ދެ ލަނޑު ކާމިޔާބުކުރި އަހުމަދު ނިޝާނެވެ.

މި މުބާރާތުގެ އިތުރު މެޗެއް މާދަމާ ވެސް ކުޅޭނެއެވެ. މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޮލިސް ކުލަބާއި އެޗްވީސީއެވެ. މި މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:30 ގައި ހެންވޭރު ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު