6 ވަނަ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ބަންގްލަދޭޝް ބަލިކޮށް ރާއްޖޭގެ ފިރިހެން ޓީމުން ޓީމް އިވެންޓްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއީ މިދިޔަ 21 އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ ކެރަމް މުބާރާތެއްގެ ފައިނަލުން ރާއްޖޭގެ ފިރިހެން ޓީމު ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.މި ފަހަރުގެ މުބާރާތުގެ ފިރިހެނުންގެ ޓީމް އިވެންޓްގެ ސެމީ ފައިނަލް މެޗުގައި ބަންގްލަދޭޝްގެ ޓީމު އަތުން ރާއްޖޭގެ ގައުމީ ފިރިހެން ކެރަމް ޓީމު މޮޅުވީ 2-1 އިންނެވެ.

އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް

މިއަދު ހަވީރު ކުޅުނު ޓީމް އިވެންޓްގެ ސެމީގައި ސިންގަލްސް ބައިން ރާއްޖޭގެ ހަސަން ނާޒިމް ވަނީ ބަންގްލަދޭޝްގެ ބިޕްލޮބް ރޯއީ އަތުން ސީދާ ދެ ގޭމުން މޮޅުވެފައެވެ.

ޓީމް އިވެންޓްގެ ޑަބަލްސް މެޗުގައި ރާއްޖޭގެ ޕެއާ ކަމަށްވާ އިބްރާހިމް ހުޖާން އާއި އާދަމް އަދީލް ވަނީ 2-1 އިން ބަންގްލަދޭޝްގެ ހަފީޒުއްރަހުމާން އާއި އެމްޑީ އަލީ ރޮބިންގެ ޕެއާ ބަލިކޮށް ތާރީޚީ ފައިނަލަށް ދަތުރުކޮށްފައެވެ.އެކަމަކު، ދެން ކުޅެވުނު ސިންގަލްސްގެ އަނެއް މެޗުގައި ބަންގްލަދޭޝްގެ މޮއްލާ ހެއްމަތު އަތުން ރާއްޖޭގެ އިސްމާއިލް އަޒްމީން ބަލިވީ 2-1 އިންނެވެ.

ޓީމް އިވެންޓްގެ ފައިނަލްގައި ރާއްޖޭން ނިކުންނާނީ ސަރަހައްދުގެ އިތުރުން ދުނިޔޭގެ ޗެމްޕިއަން، އިންޑިއާ އާ ދެކޮޅަށެވެ.