އަންނަ މަހު ޖަރުމަނުގައި ފެށުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިޓަލީ ޓީމުގައި އާސެނަލްގެ ޖޯޖީނިއޯ އާއި ޓޮޓެންހަމްގެ ގޯލްކީޕަރު ގުއްލިއެލްމޯ ވިކާރިއޯ ހިމަނައިފިއެވެ.

ވިކާރިއޯ

އެންމެ ފަހުގެ ޔޫރޯ ތަށި ހޯދާފައިވާ އިޓަލީ އިން މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނިކުންނަ ޓީމުން ޖޯޖީނިއޯ އާއި ވިކާރިއޯ އަށް ފުރުސަތު ދީފައިވީނަމަވެސް، މިފަހަރުގެ ސްކޮޑުން ކިރޯ އިމޮބިލް އާއި މާކޯ ވެރާޓީ އަށް ފުރުސަތު ދީފައެއް ނުވެއެވެ. އިޓަލީގެ ކޯޗުކަމާއި ލުސިއާނޯ ސްޕަލެޓީ ހަވާލުވިފަހުން މާކޯ ވެރާޓީ އަށް އެ ޓީމުން ފުރުސަތު ދީފައެއް ނުވެއެވެ. ފްރާންސްގެ ޕީއެސްޖީ އަށް ކުޅުމަށްފަހު ވެރާޓީ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގަތަރުގެ ޓީމަކާ ގުޅިފައެވެ.

މިފަހަރުގެ ޔޫރޯ އަށް ނިކުންނަ ސްކޮޑުގައި ނިކޮލޯ ފަގިއޯލީ ހިމަނާފައިވާއިރު، އެކުއެޑޯ އަދި ވެނެޒުއޭލާ އާއެކު ކުޅުނު އެކުވެރިކަމުގެ މެޗުގައި ފުރުސަތު ނުލިބުން އެޓަލަންޓާގެ ފޯވާޑް ގިއަންލުކާ ސަމަކާ އަށްވެސް ވަނީ ފުރުސަތު ދީފައެވެ. ސަމަކާއަށް ފުރުސަތު ލިބިފައި މިވަނީ ޔޫރޯ ފައިނަލް އިން އެޓަލަންޓާ މޮޅުވުމާ ގުޅިގެންނެވެ.

އިޓަލީ ފުޓްބޯޅަ ޓީމު

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީ ހިމެނެނީ ގުރޫޕް ބީ ގައެވެ. މި ގުރޫޕުގައި އިޓަލީއާއެކު ދެން ހިމެނެނީ ސްޕެއިން އާއި ކްރޮއޭޝިއާގެ އިތުރުން އަލްބޭނިއާއެވެ. ގްރޫޕް ބީ އަކީ މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ވަރުގަދަވާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ގްރޫޕެވެ.

އަންނަ މަހު ޖަރުމަނުގައި ކުޅުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިޓަލީން އަންނަ މަހުގެ 16 ވަނަ ދުވަހު ބައްދަލު ކުރާނީ އަލްބޭނިއާއާ ދެކޮޅަށެވެ.