ލިވަޕޫލަށް މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ދެ ކުޅުންތެރިން ކުގައިވާ ލުއިސް ޑިއާޒް އާއި ޖޯ ގޮމޭޒް ގެންދިއުމަށް ސައުދީ އަރަބިއްޔާގެ ޕްރޯ ލީގުގެ ކުލަބުތަކުން މަސައްކަތްކޮށްފާނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޕޯޓޯގައި ހުރެފައި ލިވަޕޫލަށް ބަދަލުވި ޑިއާޒް 27، ދަނީ ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. ހަމަ އެގޮތަށް ޖޯ ގޮމޭޒްގެ ފަރާތުން ވެސް މި ފަހަކަށް އައިސް މޮޅެތި މޮޅު ކުޅުމެއް ދަނީ ފެންނަމުންނެވެ. ލިވަޕޫލަށް މި ފަހުން ލިބުނު ކާމިޔާބީތަކުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރާނެ ދެ ކުޅުންތެރިންނަކީ ވެސް ޑިއާޒް އާއި ގޮމޭޒްއެވެ.

ލިވަޕޫލްގެ ކޯޗު ކަމުގެ މަގާމުގައި ހުރި ޔާގެން ކްލޮޕް މިދިޔަ ސީޒަނަށް ފަހު އެ ކުލަބުން ވަކިވެފައިވާތީ އާއި ލިވަޕޫލްގެ ކޯޗު ކަމާ އާން ސްލޮޓް ހަވާލުވެފައިވާތީ ލިވަޕޫލްގެ ސްކޮޑަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ. އެހެންވެ، ސައުދީ ޕްރޯ ލީގުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މި ފުރުސަތުގެ ބޭނުން ހިފާނެ ކަމަށްވެއެވެ.

ސައުދީ ޕްރޯ ލީގުގެ ޗީފް އެގްޒެކްޓިވް މައިކަލް އެމެނާލޯ ވިދާޅުވީ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްޕާގައި ސައުދީ ލީގަށް މޮޅު ކުޅުންތެރިންތަކެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ސައުދީ ޕްރޯ ލީގަށް ބަދަލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވާ ކުޅުންތެރިއަކީ ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހެވެ. އެކަމަކު، މިހާތަނަށް އައިއިރު، ސައުދީ ޕްރޯ ލީގުގެ އެއްވެސް ކުލަބަކުން ސަލާހް ގެންދަން ބިޑެއް ހުށަހަޅާފައެއް ނުވެއެވެ.

ޑިއާޒް ގެންދިއުމަށް ފްރާންސްގެ ގަދަބާރު ޕީއެސްޖީން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ޑިއާޒް ގެންދިއުމަށް ޕީއެސްޖީން މަސައްކަތް ކުރަނީ އެ ކުލަބުގައި ހުރި މޮޅު ފޯވާޑް ކިލިއަން އެމްބާޕޭ އެ ކުލަބުން ވަކިވެ، ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ފަހުގެ މަރުހަލާ ފެށިފައިވާތީއެވެ.

މީގެއިތުރުން ޕީއެސްޖީން އެ ޓީމުގެ ޑިފެންސް ލައިން ވަރުގަދަ ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު، ލިވަޕޫލަށް ކުޅެމުން އަންނަ އިބްރާހިމަ ކޮނާޓޭ ގެންދިއުމަށް ވެސް ޝައުގުވެރިވެއެވެ.