އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އަދި އެސްޓަން ވިލާ ބައްދަލު ކުރި މެޗުން އާސެނަލް ބަލިވެ ލިވަޕޫލާއި ކްރިސްޓަލް ޕެލެސް ބައްދަލު ކުރި މެޗުން ލިވަޕޫލުވެސް ބަލިވެއްޖެއެވެ.

ލިވަޕޫލާއި އާސެނަލް ބަލިވި އިރު މެންޗެސްޓަރ ސިޓީ އަދި ލޫޓަން ޓައުން ބައްދަލު ކުރި މެޗު ސިޓީން ވަނީ ކާމިޔާބުމޮށް ތާވަލުގެ އެއްވަނަ އަށް އަރާފައެވެ.

އާސެނަލް އަދި އެސްޓަން ވިލާ ބައްދަލު ކުރި މެޗުގެ ތެރެއިން

ރޭ އާސެނަލްގެ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވީ 2-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ވިލާ އިން ކާމިޔާބު ކުރި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ މެޗިގެ ފަހު 10 މިނެޓިގެ ތެރޭގައެވެ. ވިލާގެ ލަނޑުތަށް ކާމިޔާބުކުރީ ބެއިލީ އަދި ވަޓްކިންސެވެ.

މީގެ އިތުރުން ލިވަޕޫލް އަދި ކްރިސްޓަލް ޕެލެސް ބައްދަލު ކުރި މެޗުން ލިވަޕޫލް ބަލިވީ 1-0 އިންނެވެ. މި މެޗުގެ ވަރަށް ކުރީ ކޮޅު ޕެލެސް އިން ވަނީ ގޯލު ޖަހާފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ޕެލެސް އަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެޒީއެވެ.

ލިވަޕޫލް އަދި ޕެލެސް ބައްދަލު ކުރި މެޗުގެ ތެރެއިން

މިރޭގެ މެޗުތަކަށް ފަހު ލީގު ތާވަލުގެ އެއް ވަނައިގައި މެންޗެސްޓަރ ސިޓީ ކުޅުނު 32 މެޗުން ލިބުނު 73 ޕޮއިންޓާއި އެކީ އޮތް އިރު ދެވަނައިގައި އޮތް އާސެނަލް އަދި ތިން ވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުނަ 71 ޕޮއިންޓު ލިބެެއެވެ. އާސެނަލް އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

މި ސީޒަނުގެ ލީގު ނިމެން ކޮންމެ ޓީމަކަށްވެސް ބާކީ ހަ މެޗު އޮތް އިރު ލީގުގެ އެންމެ މަތީ އޮތް ތިން ޓީމުގެ ޕޮއިންޓުތައް ކައިރީ އޮރުމުން ކޮންމެ ޓީމަކަށްވެސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އަދި އެބަ އޮތެވެ. އެހެން ކަމުން ކޮންމެ ޓީމަކަށް ވެސް ކުރިއަށް އޮތް ހަ މެޗުން މޮޅުވާން މަޖުބޫރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދިރާގްސިމް

    ޓީވީ ސިލްސިލާ އަކަށް ވެއްޖެ އާރސެނަލް އައް ސަޕޯޓް ކުރުން ލީގު ލިބޭތޯ އެއް ސީޒަން އަނެއް ސީޒަން އިންތިޒާރު ކުރުން ވާނީ ސިލްސިލާ އަކަށް

    • އުރީދޫސިމް

      ހެދިފައިވާާ ފަޅޯގަހެއްގެެ ކުރިއަށްް އެތަކަށްް އެރުންް ވާނީީ ވަރަށްް ބޮޑުު އަޖައިބަކަށްް. ހެހެހެެ. ބަޔަކުު މާމޮޅުު ޓީމަކަށްް ހަދައިގެންް ރަންތައްޓޭޭ އިންވިންސިބްލްް އޭެ ކިޔަސްް އާސެނަލްް އަކީި ހަމަަ ސުމެއްގެެ ޓީމެއްް. ބެޔާންް ލެވަކޫސަންް އެެ ހޯދަނީީ އަސްލުު ރަންތަށިި.

      1
      0
    • މެސީ

      ޔޫލް ނެވާ ބޮޓަލް އެލޯން