ރަޝިއާ އާއި ދެކޮޅަށް ޔޫކުރޭނުން ކުރަމުންދާ ހަނގުރާމައިގައި އެ ގައުމަށް އެހީތެރިކަން ދިނުމުގެ ގޮތުން ލޭޒަރު ހަތިޔާރު ޔޫކުރޭނަށް ދިނުމަށް ވިސްނަމުންދާ ކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އިނގިރޭސިވިލާތުން ވަރަށް ފަހުން އުފެއްދި ލޭޒަރު ހަތިޔާރަކީ އަސްކަރީ ޑުރޯންތަކާއި މިސައިލްތައް ވައްޓާލުމުގެ ޤާބިލްކަން ލިބިފައިވާ މޮޅު ހަތިޔާރެކެވެ. 'ޑްރެގެން ފަޔަރ' ގެ ނަމުން ނަން ދީފައިވާ މި ހަތިޔާރު އަސްކަރިއްޔާގެ ބޭނުމަށް ނެރުމުގެ ކުރިން މިހާރު އިނގިރޭސިވިލާތުން ދަނީ މި ހަތިޔާރުގެ އެންމެ ފަހުގެ އަމަލީ ތަހުލީލުތައް ކުރަމުންނެވެ. މި ހަތިޔާރު އަސްކަރިއްޔާ އަށް ރަސްމީކޮށް ނެރުމަށް ހަމަޖެހިފައިވަނީ 2027 އަހަރުއެވެ.

އިނގިރޭސިވިލާތުގެ ޑިފެންސް ސެކެޓްރީ ގުރާންޓް ޝެޕްސް ބުނެފައިވަނީ އުންމީދަކީ މި ހަތިޔާރު އުފެއްދުމުގެ ދުވެލި ހަލުވި ކޮށް، ވީހާ ވެސް އަވަހަށް މި ލޭޒަރު ހަތިޔާރު ޔޫކުރޭނަށް ފޮނުވުން ކަމަށެވެ.

ޑްރެގެން ފަޔަރ އަކީ ރަޝިއާ އާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި ޔޫކުރޭނަށް ކުރިހޯދައިދޭނެ ހަތިޔާރަކަށް ވުން ވަރަށް ގާތް ކަމަށް ޔޫކުރޭނުގެ އިސް ސިޔާސީ ބޭފުޅެއް ކަމަށްވާ އޮލެކްސީ ގޮންޗަރެންކޯ ވަނީ ބުނެފައެވެ. އަދި މި ހަތިޔާރު ހަނގުރާމައިގެ އަމަލީ މައިދާނުގައި މިހާރު ވެސް ޓެސްޓް ކުރުމަށް ޔޫކުރޭނުން ތައްޔާރުކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ޔޫކުރޭނަށް މިހާރު އެންމެ ނުރައްކާ ބޮޑީ ރަޝިއާގެ މިސައިލް އަދި ޑުރޯން ހަމަލާތަކުންނެވެ. ޑްރެގަން ފަޔަރ ފަދަ ލޭޒަރު ހަތިޔާރެއް ޔޫކުރޭނުގެ ހަނގުރާމައިގެ މައިދާނަށް އަތުވެއްޖެ ނަމަ ރަޝިއާގެ ޑުރޯން ހަމަލާތައް ވަރަށް ބޮޑުތަނުން ޔޫކުރޭނަށް ހުއްޓުވޭނެއެވެ.

ރަޝިއާ އިން އެ ގައުމުގެ ސަރަހައްދީ ސުލްހައާއި މަސްލަހަތު ހިމާޔަތް ކުރަން ކަމަށް ބުނެ ޔޫކުރޭނަށް ހަމަލާދީފައި ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ހަނގުރާމަ އަށް 2 އަހަރު ފުރި 3 އަހަރަށް އަޅާފައިވާ އިރު ރަޝިއާ އިން ވަނީ ޔޫކުރޭނުގެ ބޮޑު ފަސް ސަރަހައްދެއް އެ ގައުމުގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މި އަހަރުގެ މާރިޗް މަހުގައި ރަޝިއާގައި ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ވޯޓުލުން ވެސް މި 5 ސަރަހައްދުގައި ރަޝިއާ އިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޭނާ

    ކަލޭމެން ޔުކުރެއިންއަށް ކޮންމެއެއްޗެއްދިނަސް ޔުކުރެއިންއަކަށް ރަޝިޔާގެމައްޗައް ކުރިއެއނުހޯދޭނެ. މަދުދުވަސްކޮޅެއްގެތެރޭގަ ޔުކްރެއިންޖެހޭނީ ރަޝިއާއަށް ސަރެންޑަރކުރަން. ނޯޗޮއިސް. ދޭހާއެއްޗެއް ރަޝިއާއިންގޮއްވާނެ. ކަލޭމެން ޕެޓްރިއެޓް އެއަރޑިފެންސް ސިސްޓަމްވެސް ލެޕާޑްޓޭންކްވެސް ބްރެޑްލީވެސް ދިނެއްނުން އެއްޗެހި އެހުރީޔުކްރެއިންގަ ކޮންމެއެއްޗެއް ބޭނުންނުކުރެވޭވަރައް ރަޝިއާއިންގޮއްވާފަ. ކަލޭމެންނައްހީވަނީއޭ. ރަޝިއާއަކީ ރިސޯސްއޮތް ރިސޯސްފުލް ޤައުމެއް.

    32
  2. ލާމު

    ހަތިޔާރު ޓެސްޓުކުރަން ފުރުސަތުގެ ބޭނުން ހިފަނީދޯ. އެމެރިކާ ވެސް ހަދަނީ ތިޔަހެން. ދުނިޔޭގައި ހަނގުރާމަތައް ގިނަވަނީ ކަލޭމެންނާހުރެ. ކަލޭން ހަތިޔާރު ވިއްކަން ހިންގާ ޖަރީމާއެއް.

    25