އޮލިމްޕިކްސް ގޭމްސް ގައި ރާއްޖޭގެ ގައުމީ ސަލާމުގެ އަޑު އިވިގެން ދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

މަރާމާތަށް ފަހު މާލެ ޓީޓީ ކޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތޮލާލް ވިދާޅުވީ، ފުރަތަމަ ފަހަރަށް ރާއްޖެއިން އޮލިމްޕިކްސް ގޭމްސް އަށް ކުޅުންތެރިއަކު ކޮލިފައިވެފައިވާ ކަމަށާއި އުއްމީދަކީ ރާއްޖޭގެ އެތައް ކުޅުންތެރިން ތަކެއް މި މުބާރާތަށް ކޮލިފައިވެ ރާއްޖޭގެ ގަައުމީ ސަލާމުގެ އަޑު އޮލިމްޕިކްސްގައި އިވުން ކަމަށް ތޮލާލް ވިދާޅުވިއެވެ.

“މި ފުރުސަތުގައި އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުން ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ކުޅުންތެރިއަކު އޮލިމްޕިކްސް އަށް މި ވަނީ ކޮލިފަައިވެފަ. މިފަދަ އިތުރު އެތައް ކުޅުންތެރިންނެއް ކުރިއަށް އޮތް ތަނުގަައި އޮލިމްޕިކްސް އިން ފެނިގެންދާނެ. އަޅުގަނޑުމެންގެ ގަައުމީ ސަލާމުގެ އަޑު އޮލިމްޕިކްސްގައި އިވިގެންދާނެ. އެކަމަށް ވަރަށް ބޮޑު އުއްމީދެއް އެބައޮތް”

ޓީޓީ ހޯލު އަލުން ހުޅުވުމުގެ ރަސްމިއްޔާތުގައި ޓީޓީ ތަރި ދީމާ އަލީ އާއި ސްޕޯޓްސް ކޮމިޝަނަރ މުހައްމަދު ތޮލާލް -- ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހު

މީގެ އިތުރުން ތޮލާލް ވިދާޅުވީ ޓީޓީ ހޯލު މަރާމާތަށް ފަހު ހުޅުވިގެންދާއިރު، ދިމާވި ފްލޯރިންގެ މައްސަލަތަކާއި ފިނި ނުވުމުގެ މައްސަލަ އާއި ޖާގަައިގެ ދަތިކަން މިހާރު ހައްލުކޮށްްފައިވާ ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން ކުޅިވަރުތައް ކުރިއެރުވުމަށް ކުރަން ޖެހޭ މިފަދަ މަރާމާތު ތަކާއި ވަސީލަތް ހޯދުމާއި ކުޅުންތެރިންނަށް ދޭންޖެހޭ ތަމްރީނުތަކާއި އެހެނިހެން ކަންކަން ވެސް ފަސްނުޖެހި ކުރާނެ ކަމަށެވެ.

މީގެ އިތުރުން ތޮލާލް ވަނީ މި ހޯލުގެ މަސައްކަތް ބައްލަވާ އަވަސް ކޮށްދެއްވި ކަމަށްޓަކާއި ކުޅިވަރާއި ބެހޭ ވަޒީރު ރާފިއު އަށާއި ކުޅިވަރާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން މިކަމުގައި އަމަލީ ގޮތުން ބަައިވެރިވެފައި ވާތީ ޝުކުރު އަދާ ކުރަައްވާފައެވެ. މީގެ އިތުރުން އެސްޓީއޯ އަދި އާރްސީސީ އަށް މި މަސައްކަތް ކުރު މުއްދަތެއްގެ ތެރޭގައި ނިންމަވައިދިނުމުން ވަނީ ޝުކުރު އަދާ ކުރަައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިރުކަކުނި

    ތިއޮތީ ވެފަތާދެން!!

  2. ގައުމު

    މިއުޅެނީ އެ އަޑު ނުއއިވިގެންތަ؟

  3. ސައިނީސް

    ތަލާލު ހެޑްލައިން އަޅާލީ ދޯ! ތި މަޤާމް ދޫކޮށް ތަންކޮޅެއް އެކްޓިކް ދިމާލަކަށް ބަދަލުވޭ ނޫނީ ސިޔާސީ ހަޔާތް ނިމިދާނެ