އޭޝިއަން ގޭމްސް: ރަފާ-މުންސިފްގެ ޕެއާ މިކްސް ޑަބަލްސް ގަދަ 16 އަށް

19 ވަނަ އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް މިކްސް ޑަބަލްސްގައި މިއަދު ކުޅުނު މެޗުން މޮޅުވެ، ރާއްޖޭގެ މޫސާ މުންސިފް އަހުމަދު އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ، އެ އިވެންޓްގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދައިފިއެވެ.

ޗައިނާގެ ހަންގްޖޯގައި އަންނަ އޮކްޓޫބަރު މަހުގެ 8 ގެ ނިޔަލަށް ކުރިއަށްދާ މި ފަހަރުގެ ގޭމްސްގައި ޓޭބަލް ޓެނިހުގެ މިކްސް ޑަބަލްސް ގަދަ 32 ގެ ބުރުގައި މުންސިފް އާއި ރަފާގެ ޕެއާ ވަނީ ޕާކިސްތާންގެ މުޙައްމަދު ޝާހް ޚާން އާއި ޙާއިޤާ ހަސަންގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުން ރަފާ އާއި މުންސިފްގެ ޕެއާ މޮޅުވީ 3-2 ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ރަފާ-މުންސިފްގެ ޕެއާ ގެންދިޔައީ، 11-5، 7-11، 14-16، އާއި 11-7، އަދި 11-9 އިންނެވެ.

މިއީ މި ފަހަރުގެ ގޭމްސްގައި ޓީޓީ އިން ރާއްޖެ އަށް ލިބުނު ދެވަނަ މޮޅެވެ. މީގެކުރިން، މިއަދު ކުޅުނު ސިންގަލްސް މެޗުގައި ނޭޕަލްގެ ކުޅުންތެރިއަކު ބަލިކުރުމަށްފަހު ރާއްޖޭގެ މުޙައްމަދު ޝައްފާން އިސްމާއިލް ވަނީ އެ އިވެންޓްގެ ގަދަ 32 ގެ ބުރުން ޖާގަ ހޯދާފައެވެ. މިއަހަރުގެ ގޭމްސްގެ ޓީޓީގެ ޓީމް އިވެންޓްގައި ރާއްޖެ އަށް ކުރިމަތިވީ ނާކާމިޔާބީއެވެ.

މިފަހަރުގެ ގޭމްސްގައި ޓޭބަލް ޓެނިސް ހިމެނޭ ގޮތަށް ރާއްޖޭން ނުވަ ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ، އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، ބީޗް ވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން އަދި ސްވިމިންގ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަޅިއޭ

    މަރުހަބާ!! އުފާވެރި ދުވަހެއް!

  2. ސަޅިއޭ

    މަރުހަބާ!! އުފާވެރި ދުވަހެއް!

  3. އުފާ

    ސާބަހޭ