ބޭނުމީ އެނބުރި ބާސެލޯނާއަށް ދާން ކަމުގައި ބާސެލޯނާ ދޫކޮށް ފްރާންސްގެ ރެކޯޑް އަގަކަށް ފްރާންސްގެ ޕީއެސްޖީއާއި ގުޅުނު ބްރެޒިލްގެ ފޯވާޑް ނޭމާ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅެ ޕީއެސްޖީ ބަލިވި މެޗަށްފަހު ނޭމާ ބުނެފައިވަނީ ބާސެލޯނާއަށް އެނބުރިދާން ބޭނުންކަމަށާއި އޭނާ އެނބުރި ކުރީގެ ކުލަބަށް ދާން ބޭނުންކަން ކުލަބަށް އަންގާނެ ކަމަށެވެ.

ނޭމާ އެހެން ބުނެފައިވާއިރު ނޭމާ ރެއާލް އަށް ގެންދިޔުމުގެ މަޝްވަރާތަށް ނޭމާގެ ބައްޕައާއި ރެއާލް މެޑްރިޑާއި ދެމެދު ކުރިއަށް ދާކަމަށް ސްޕެއިންގެ ނޫހަކުން ބުނެފައިވެއެވެ.

ފަޔަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި ނޭމާވަނީ މީގެ ކުރިންވެސް ޕީއެސްޖީގައި ހުންނަން ހިތްހަމަ ނުޖެހޭ ކަމަށް ބުނެފައެވެ. އެއިރު ނޭމާ އެހެން ބުނެފައިވަނީ ކަވާނީ އާއި ޖެހުނު މައްސަލައެއްގެ ސަބަބުންނެވެ. ނަމަވެސް ފަހަކަށް އައިސް ކަވާނީއާއި ނޭމާގެ ގުޅުން ރަނގަޅެވެ.

ނޭމާ ޕީއެސްޖީގައި ކުޅެމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގެ ނަޒަރު ވަނީ އޭނާއަށް ހުއްޓިފައެވެ. އެގޮތުން އޭނާގެ ކުރީގެ ކުލަބު ބާސެލޯނާއާއި އެންމެ ވާދަވެރި ކުލަބު ކަމަށްވާ ރެއާލް މެޑްރިޑުން އަންނަނީ ނޭމާ އެޓީމަށް ގެންނަން ބޭނުން ކަމުގައި ބުނަމުންނެެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރިއަލިޓީ

    ރެއާލްއަށް އަގުބޮޑުކޮށް ދާން ނިންމާފަ އޮތީ.. ދެން ބާރސާއިން އެ އަގުގަ ނުގެންދާނެކަން އެނގޭތީ ގޭސްގަނޑެއް އަނބުރާލަނީ ސަޕޯޓަރުންގެ ރުހުން ހޯދަން.ޕީއެސްޖީއަށް ވެސް ދިޔައީ ރެއާލްއިން އަޑީގަ އޮވެގެން ކުރި ޕުލޭނެއްގެ ދަށުން.. ތިޔަ ވިޔަފާރި މުދާގަނޑެއްތަ؟ ތިޔަހެން އުޅުނު މީހުން ގުއިވެ އަޅިއަށް ވީތަން ފެނިފަ އޮތީ މިހާތަނަށް.. އަނިޔާވުމުގެ ސިލްސިލާ ފެށިފަ އެއޮތީ ދެން އެއިން އަރައިގަތުމަކީ ނާދިރުކަމެއް އަނިޔާ ލިބުނުތަނުގެ ބާވަތުން