ފުޓްބޯލް އެސޯސިއޭޝަން އޮފް ސިންގަޕޯރ (އެފް.އޭ.އެސް) އިންޓަނޭޝަނަލް ވިމެންސް ކްއަޑްރެންގިއުލާ މުބާރާތުގެ ތިން ވަނަ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ހޯދައިފިއެވެ.

މުބާރާތުގެ ތިންވަނަ މަގާމު ރާއްޖެ އިން ހޯދީ، ތިންވަނަ ހޮވި މެޗުގައި މިއަދު އިންޑޮނީޝިޔާ އާއި ބައްދަލުކޮށް ޕެނަލްޓީގައި 1-2 އިން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މިއީ ރާއްޖޭގެ ގައުމީ އަންހެން ޓީމުން މިފަހުން ހޯދި އެންމެ ބޮޑު އެއް ކާމިޔާބީކަން ފާހަގަކޮށްލެވެއެވެ.

ސިންގަޕޫރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމުކުރި މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވާދަކުރިއެވެ. އެއީ ސިންގަޕޫރު އާއި ރާއްޖެ އާއި އިންޑޮނީޝިޔާގެ އިތުރުން ލަގްޒެމްބާގްއެވެ.

މުބާރާތުގެ ތިންވަނަ ރާއްޖެ އިން ހޯދިއިރު ފައިނަލް މެޗު ވެސް މިއަދު ކުޅޭނެއެވެ. ފައިނަލް މެޗުގައި ބައްދަލު ކުރާނީ މުބާރާތް ސިންގަޕޫރާއި ލަގްޒެމްބާގްއެވެ.