ރާއްޖޭގެ ރާޅާއެޅުންތެރިންނާ ބައްދަލު ކުރެއްވުމަށްފަހު، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙުމަދު މަހުލޫފުވެސް ރާޅާ އަޅުއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު މަހުލޫފު، ރާއްޖޭގެ ރާޅާއެޅުންތެރިންނާ ބައްދަލު ކުރައްވާފައިވަނީ މިއަދުއެވެ.

ޓްވިޓަރ ގައި އާއްމުކޮށްފައިވާ ވީޑިޔޯ އަކުން، މިނިސްޓަރު މަހުލޫފު ރާޅާއަޅުއްވާ މަންޒަރު ފެންނައިރު، ވީޑިޔޯ އާއްމު ކުރި ފަރާތުން ބުނެފައިވަނީ މިއީ މަހުލޫފު ރާޅާއެޅުއްވި ފަހަރުކަމުގައެވެ.

މަހުލޫފު ރާޅާއަޅުއްވާފައިވަނީ ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައެވެ. އެސަރަޙައްދަކީ މާލޭގައި ދިރިއުޅޭ ރާޅާއެޅުންތެރިން އާއްމުކޮށް ރާޅާއެޅުމަށް ގޮސް އުޅޭ ސަރަޙައްދެވެ. މީގެ އަހަރުތަކެއް ކުރިންސުރެ އެސަރަޙައްދު އެކަމަށްޓަކައި ބޭނުންކުރަމުން އައިއިރު، ބުރިޖު އަޅަން އެސަރަޙައްދު ބަންދު ކުރިއެވެ. އެހެންނަމަވެސް، މިހާރު އެސަރަޙައްދުވަނީ ރާޅާއެޅުންތެރިންނަށް ހުޅުވާލާފައެވެ.

މަހުލޫފު ގެންދަނީ އެކި ކުޅިވަރުތަކުގައި އުޅޭ ފަރާތްތަކާ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން، މިއަދު އޭނާވަނީ ދެވަނަ ނޭޝަނަލް ވިމެންސް ޓީ-20 ކްރިކެޓް ޝީލްޑްވެސް ފައްޓަވާދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    މިސޮރުދެން މާބޮޑައް ވެފަހުންނަނީ. މެދުމިން އޯކޭ

  2. ޝަލަފު

    ރަގަޅު. ދެން ބިޑިބޯ ކުދިންނާ ބައްދަލުކޮއްފަ ބިޑިއެއް ބޯލާ. މާރާމާރީ ހިންގާ ގުންޑާއިންނާ ބައްދަލުކޮއްފަ މާރާމާރިއެއް ހިންގާލާ.

  3. ކަށި

    ރަނގަޅު. މަގުމަތިކުނިކަހާލާ، ރާޅާއަޅާލާ، ފުޓުބޯޅަކުޅެލާ، އަތިރިއަށް ގޮސް ދޫނިހިފާލާ ހަދާ. ހަރުދަނާކަމެއް ގައުމަށް ކޮށްދެވޭނީ އެފިކުރު ހުރެގެންތާ.

  4. މޮޔަސޮރެއް

    ދެއްކުންތެރި ކަމުންވެސް ހައްދު ފަހަނަ އަޅާފަ.

  5. ބޮލި މުލައް

    ތި ރާޅާ އަޅަނިއްޔެއްނޫން ރާޅާ ލައްގަނީ. ކަލޯ ޒުވާނުން ތިބީ މާލޭގަ އެކަންޏެއް ނޫން. ވުޒާރާއެއް ހިންގޭ ފާޑަކަށް ނޫން ތި އުޅެނީ