މާލޭގައި ހަރަކާތްތެރިވާ ރާޅާއެޅުންތެރިންނާ ބައްދަލުކުރެއްވުމަށްފަހު، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހުލޫފު ވަނީ ރާޅާ އަޅުއްވާފައެވެ. ރާޅުގަނޑުގައި، ތަޖުރިބާކާރު ރާޅާއެޅުންތެރިންނާއެކު މަހުލޫފު އެކަން ކުރެއްވިއިރު، އެއީ އޭނާ އެކަން ކުރެއްވި ފުރަތަމަ ފަހަރުކަމަށް ވިދާޅުވިއެވެ.

ރާޅާ އެޅުމަށްފަހު، އަނެއްކާވެސް މިނިސްޓަރު މަހުލޫފު ވަނީ އެހެން ވޯޓަރ ސްޕޯޓްސް އެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ. އެއީ ކައިޓްބޯޑިންގ އެވެ.

ރާއްޖޭގައި ކުޅެ އުޅޭ މޫދު ކުޅިވަރުގެ ތެރެއިން ކައިޓް ބޯޑިން އަކީވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަމެކެވެ.

މިކަން ކުރިއެރުވުމަށްޓަކައި ފުޅާދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ "ރާޅު ގުޑި" އިން ބުނެފައިވާ ގޮތުގައި މިނިސްޓަރު މަހުލޫފު، ކައިޓު ބޯޑު އެރުވުމަށް ބައިވެރިވެވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. އަދި، މިނިސްޓަރުގެ ކައިޓު ބޯޑު ސެޝަނުގެ ބައެއް ފޮޓޯތައް ރާޅު ގުޑިން އާއްމުކޮށްފައިވެސްވެއެވެ.

މީގެއިތުރުން، މިނިސްޓަރުވަނީ ރާއްޖޭގައި ކައިޓު ބޯޑު އެރުވުމުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ބައެއް ފަރާތްތަކާ ބައްދަލުވެސް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާލޭ ތޮލް

    ދެއްކުންތެރިކަންނޫއިތުރުކަމެއް ކުރާމީހެއްނޫތީކީ ނޫސްވެރިންވެސްތިބޭނީ މޮޔަވެފަ ދެއްކުންތެރިކަމަކީ އިސްލާމްދީނުގަ ހަރާންކަމެއް

  2. ހަލި

    ތިފުދުނި 200 ވައުދު ފޮނި ދެއްކުމާ ކަން ދެއްކުމަށް ކިތައްމެހާވެސް މޮޅު

  3. ޚިއުން

    މަހުލަުފު ގަބޫލު ކުރަނި އަދި ހީކުރަނީ އޭނަ އަކީ އެންމެ މޮޅުމީހަަ ކަމަށް

  4. ޚިއުން

    ޥަރަށް ފޮނި ފޮނިކަޑާ މީހެއް މަހުލޫފު އަކީ . މީހަކު ޖެހީމަަ ތެދުވެ ބަޑުން ވެލި ފޮޅާލަން ވެސްނޭގޭ އެކަމަކު މަވަރެއް ނެތިގެން މި ބޮޑުކަޑަނީ

  5. ޓަސްޅޮ

    ރައީސް ޔާމިން ހަލާކު ރާޅުތައް ވެސް ހަލާކު ކޮއްލާފަ އަވަހައް އުޅޭ ތިކަން ބަލަން ކޮމެޓީ އެއް އުފައްދަން

  6. ހ

    މިވަރުގެ މީހެއްނެއްކަން ދައްކަން ވެގެން އުޅޭ ކެޔޮޅެއް..

  7. އިނޫ

    އަހަރެމެން ޒުވާނުން ބޭނުންވަނީ މިފަދަ މީހުން ކައިޓް ސާފަރުން ނަށް ވާއުންދަގުލާ ހުރި ގޮންޖެހުން އިންގޭނީ ގްރައުންޑަގަ ހުރެގެން ސާބަހޭ މިނިސްޓަރ ތިހަމަ މޭން އެއް