1960 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ޗެމްޕިއަން، ދެކުނު ކޮރެއާއަށް އެ މުބާރާތުގައި ދީފައިވާ ފޭކް ރަން މެޑަލްތަކެއް ބަދަލުކޮށްދީފިއެވެ.

ދެކުނު ކޮރެއާއިން ވަނީ އެ މުބާރާތް ކުޅުނު ކުޅުންތެރިންގެ ތެރެއިން، މިހާރު ދުނިޔޭގައި ނެތް ކުޅުންތެރިންގެ މެޑަލްތައްވެސް ބަދަލުކޮށްދީފައެވެ. އެ ކުޅުންތެރިންނަށް ދިން އަސްލު މެޑަލްތައް ދީފައި ވަނީ ދަރިންނަށެވެ.

އެޓީމަށް ކުޅުނު ކުޅުންތެރިޔެއް ކަމަށްވާ، ޔުންގް ވާ ބުނެފައި ވަނީ އެ މުބާރާތުގައި ދިން މެޑަލްތަކަކީ އަގުހެޔޮ ރަން ޕްލޭޓްގެ، އެންމެ ދަށް ކޮލެޓީގައި ހަދާފައިވާ މެޑަލްތަކެއް ކަމަށެވެ. ގެއަށް ގެންގޮސް ބެހެއްޓުމާއެކު ކުޑަ ދުވަސްތަކޮޅެއްގެ ތެރޭގައި މެޑަލްގެ ކުލަ ދިޔަކަށްވެސް ޔުންގް ވާ ބުނެފައިވެއެވެ.

މީގެ ކުރިން، 2014 ވަނަ އަހަރުވެސް ދެކުނު ކޮރެއާގެ ފޭކް މެޑަލްތައް ލިބުނު ބައެއް ކުޅުންތެރިންގެ މެޑަލްތައް އެގައުމުގެ އިދާރާއިން ވަނީ ބަދަލުކޮށްދީފައެވެ. 2015 ވަނަ އަހަރުގެ އޭޝިއަން ކަޕް ފައިނަލްގައި ދެކުނު ކޮރެއާއިން އޮސްޓްރޭލިއާ އަތުން ބަލިވި އިރު، އެ އަހަރުވެސް ކުރީގެ ބައެއް ކުޅުންތެރިންގެ މެޑަލްތައް ބަދަލުކޮށްފައިވެއެވެ.

ދެކުނު ކޮރެއާއިން އޭޝިއަން ކަަޕް އެއްމެފަހުން ހޯދާފައި ވަނީވެސް އެއަހަރުގައެވެ. އެ އަހަރުގެ މުބާރާތް ބާއްވާފައި ވަނީ އެގައުމުގައެވެ. ދެކުނު ކޮރެއާއިން މިއަހަރު އޭޝިއަން ކަޕްގައި ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗު މާދަމާ އޮންނާނެއެވެ.

މާދަމާގެ މެޗުގައި ކޮރެއާއިން ޗައިނާއާ ދެކޮޅަށް ނުކުންނަ އިރު، އެ މެޗުގައި ޓީމުގެ އެންމެ ހުނަވެރި ފޯވަޑް ސޮން ކުޅޭނެއެވެ. ސޮން ސްކޮޑާ ގުޅިފައި ވަނީ މިދިޔަ ހަފްތާ ޕްރިމިއާ ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ނިންމާލުމަށްފަހުއެވެ.