ރާއްޖޭގެ މަޝްހޫރު އަދި ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިޔާ އިބްރާހީމް ވަހީދު ޙުސައިން (ފޭދޫ އިއްބެ) ކައިވެނި ކޮށްފިއެވެ. ފުރަތަމަ ޑިވިޝާނާއި ޤައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިއްބެގެ ކައިވެނީގެ ޙަފްލާ ބާއްވާފައިވަނީ އިއްޔެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އިއްބެ، ކައިވެނީގެ ގޮތުން ގުޅިފައިވަނީ އދ. މާމިގިލީ އަންހެން ކުއްޖަކާއެވެ.

ފޭދޫ އިއްބެގެ ޕްރޮފެޝަނަލް ފުޓުބޯޅައިގެ ފެށުމަކީ އަދި މި ދާއިރާގައި އޭނާ އެންމެ ބޮޑަށް ވިދާލާފައިވަނީ މިނިވަން ޗެމްޕިއަންޝިޕް ސީރީޒްގެ ފުރަތަމަ މުބާރާތުން، އުފަން ރަށް، އައްޑޫ ފޭދޫ ޓީމުންނެވެ. އެޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން އެތައް ބައެއްގެ ލޯތައް އޭނާއަށް އަމާޒުވިއެވެ.

ފުރަތަމަ ޑިވިޜަނުގެ ޓީމަކުން އިއްބެ ފެނިފައިވަނީ 2017 ވަނަ އަހަރުއެވެ. އެއީ ޓީސީ ސްޕޯޓްސް ކުލަބުންނެވެ. ފުރަތަމަ ޑިވިޜަނުގައި، ޓީސީއާއެކުވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މީގެއިތުރުން، ސަރަޙައްދީ އެންމެ ބޮޑު މުބާރާތް، ސާފް ސުޒުކީ ކަޕުގައި މިދިޔަ އަހަރު ޤައުމީ ޖާޒީގައިވެސް ވަނީ އޭނާ މޮޅު ކުޅުމެއް ދައްކާފައެވެ. އެމުބާރާތުން ގިނަ ދިވެހިންގެ ލޯތައް ހުއްޓުނު އެއް ކުޅުންތެރިއަކަށް އޭނާވާއިރު، ފައިނަލް މެޗުގެ ފުރަތަމަ ލަނޑުވެސް ރާއްޖެއަށް ކާމިޔާބު ކޮށްދިނީ އޭނާއެވެ.

އޭނާ އަކީ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި، މިވީ ކުރު މުއްދަތުގެ ތެރޭގައި ފާހަގަ ކޮށްލެވޭ ނަމެކެވެ. އެގޮތުން 2017 ވަނަ އަހަރު ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދާފައިވެއެވެ. 2018 ވަނަ އަހަރު ދެވަނަ ކުޅުންތެރިޔާގެ މަޤާމު ހޯދީވެސް އޭނާއެވެ. ހަމައެހެންމެ، 2017 ވަނަ އަހަރު އޭނާވަނީ ޖޫލޭ އެވޯޑުވެސް ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އާއި

    މަރުހަބާ..

  2. ހެހެ

    މިވެސް ހަބަރު. މަރުހަބާ އިއްބެއަށް

  3. ރާއްޖެތެރެ މީހާ

    މިހާރު އަދި މާ ކުޅަދާނަ ވާނެ

  4. ގާރލް 7

    ބާއްޖަވެރި ކައިވެންޏަކަށް އެދެން،

  5. ބޯޅަ

    ތީ ވަހީދު ތަ ނޫނީ މަހުދީ ތަ؟

  6. ކަތްރެވި

    އދ.މާމިގިލި!!! ހެވެއްތަ ނޫނީ ނުބައެއްތަ؟؟؟ ވަރަށް ސުވާލު އުފެދޭޭ؟؟؟؟ އަހަރެންގެ ހިތި ތަޖުރިބާ ގުޅިފައިވަނީ މާމިގިއްޔާ!! މިފުރުސަތުގާ އެވާހަކަވެސް ބުނެލަން!!! ވަރަށް ސަލާން!!!

  7. މާރިޔާ

    އަވަހައްދަރީންގޯންޏެއް ހޯދާތި

  8. ޔާމިން

    ފަހުންދަރީންހޯދަންއުދަގޫވާނެ އަވަސްކުރޭ

  9. ރ.ޔާމިން

    މަރުހަބާ