ފްރާންސްގެ ފުޓުބޯޅަ ލެޖެންޑް، ޒައިނުއްދީން ޒިދާން، އެނބުރި ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވާން ތައްޔާރުވެފައިވާ ކަމަށް، ސްޕެއިންގެ އެންމެ އިތުބާރު ހުރި ނޫސް މަރްކާ އަދި ބީބީސީންވެސް ރިޕޯޓުކޮށްފިއެވެ.

ރެއާލް މެޑްރިޑަށް އުނދަގޫ ސީޒަނަކާ ކުރިމަތިލާ ޖެހިފައިވާ އިރު، އެޓީމަށް ސީޒަން ހުސްއަތާ ނިންމާލަން ޖެހުން ގާތެވެ. ލީގުގެވެސް އުންމީދު ގެއްލިފައިވާ އިރު، ޗެމްޕިއަންސް ލީގުން ކެޓީ ހިތްދަތިކޮށެވެ. ފުރަތަމަ ލެގު، އަވޭގައި 2-1އިން މޮޅުވެފައި އޮތް ނަމަވެސް، މިދިޔަ ހަފްތާގައި ކުޅުނ ދެވަނަ ލެގަސް ނުކުމެ އަޔެކްސް ވަނީ 4-1ގެ ނަތީޖާއަކުން ރެއާލް ބަލިކޮށް، ލަދުގަންނަވާލާފައެވެ.

މިހާރު ރެއާލްގައި ހުރި ކޯޗު، ސަންތިއާގޯ ސޮލާރީ ކޯޗުކަމާ ހަވާލުވިތާ އަދި މިވީ އެންމެ ފަސް މަހެވެ. ޒިދާން މިދިޔަ ސީޒަންގައި އެ ކްލަބާ ހަވާލުވެ ހުރުމަށްފަހު ސީޒަން ނިމުމަށްފަހު ކްލަބު ދޫކޮށްލީ، ޖެހިޖެހިގެން ތިން ފަހަރަށް އެޓީމާއެކު ޗެމްޕިއަންސް ލީގު އުފުލާލުމަށްފަހުއެވެ.

ޒިދާންގެ ފަހުން ރެއާލްގެ ކޯޗުކަމާ ހަވާލުވީ ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުކަމުގައިި ހުރި ހުލެން ލޮޕެޓެގީއެވެ. ފަސް މަސްވެސް ނުވަނީސް އޭނާ މަގާމުން ބޭރުކޮށްލި އިރު، ސޮލާރީ މަގާމައަށް އައީ ރިޒާވް ޓީމުގައި ހުރުމަށްފަހުއެވެ.