ކާޑިފްސިޓީ އިން ނަންޓަސްގެ އެމިލިއާނޯ ސަލާ 15 މިލިއަން ޕައުންޑަށް ގަންނަން ނިންމާފައިވާ ނިންމުމަކީ ކޮންޓްރެކްޓެއްގެ ދަށުން ނިންމާފައި ނުވާ އެއްޗެއްކަމަށް މިހާރު އެއްބަސް ވެއްޖެއެވެ.

21 ޖެނުއަރީގައި މަރުވި ސަލާގެ ޓްރާންސްފާ ގައި ދޭންޖެހޭ އިންޓެރިމް ފައިސާ ދިނުމަށް ކާޑިފްއިން އެއްބަހެއް ނުވެއެވެ.

ކާޑިފްއިން ފީފާއަށްދޭ ބަޔާނުގައި ސަލާގެ ޓްރާނަސްފާގައި ނިންމަންޖެހޭ ލިޔުންތަށް ނަންޓަސްއިން ނުނިންމާ ކަމަށާއި ސަލާ ޕްރިމިއާލީގުގެ ކުޅުންތެރިއެއްގެ ގޮތުގައި ރެޖިސްޓްރީ ނުކުރާ ކަމަށް ބުނާނެއެވެ. ނަންޓަސްއިން ފީފާ އަށް ދީފައިވާ ބަޔާނުގައި ބުނާގޮތުން ނިންމަން ޖެހޭ ލިޔުމެއް ވެއްޖެއްޔާ އެމީހުންވާނީ ނިންމާފައެވެ. ފީފާއިން ވަނީ އޭޕްރިލް 3 ގެ ކުރިން މައްސަލައިގެ ހެކި އެޅުމަށް ކާޑިފް އަށް އަންގާފައެވެ.

އުމުރުން 28 އަހަރުގު ސަލާ ސޮއި ކުރިވާހަކަ އިއުލާން ކޮއްފައިވަނީ 19 ޖެނުއަރީ ގައެވެ. ސަލާ ވެފައިވަނީ ކާޑިފް އިން މިހާތަނަށް އެންމެ ގިނައިން ފައިސާ ދީފައި ގެނައި ކުޅުންތެރިއާ އަށެވެ.

އާޖެންޓީނާއަށް އުފަން ސަލާ މަރުވެފައި ވަނީ ކާޑިފް އާއި ގުޅެން ޕްރައިވެޓް ޖެޓެއްގައި ދަތުރުކުރަމުން ދަނިކޮށް ޖެޓް ވެއްޓިގެންނެވެ. ސަލާގެ ހަށިގަނޑު ފެނިފައި ވީނަމަވެސް ދުއްވަން އިން ޕައިލެޓް ޑޭވިޑް އިއްބެޓްސަންގެ ހަށިގަނޑު ފެނިފައެއް ނުވެއެވެ.

ކްލަބަށް ވަނީ ފުރަތަމަ އިންސްޓޯލްމަންޓް ފައިސާ 20 ފެބްރުއަރީ ގެ ކުރިން ދައްކަން މުއްދަތެއް ދީފައެވެ.

ކާޑިފްސިޓީގެ އިތުބާރު ހިފޭ ފަރާތަކުން ބުނެފައިވަނީ ޓްރާންސްފާ އެގްރީމެންޓް ވަކި ޝަރުތުތަކެއްގެ މަތިން ނަންޓަސް އިން ދީފައިވާ އެގްރީމެންޓެއްކަމަށެވެ. އޭގެ ތެރެއިން ވޭލްސް އަދި ފްރާންސްގެ އެފްއޭއިން 2 ޓީމް އަށް ރެޖިސްޓްރޭޝަން 22 ޖެނުއަރީގެ ކުރިން ޔަގީން ކުރަންޖޭހޭނެ ކަމަށެވެ. އަދި އިންޓަނޭޝަނަލް ޓްރާންސްފާއެއްވީމަ ސެޓްފިކޭޓް ވެސް ބޭނުންވާނެ ކަމަށެވެ.

ނަންޓަސް އިން ބުނެފައިވަނީ އޭޓީމުން ފީފާގެ ހުރިހާ ގަވައިދަކަށް ހުރުމަތް ތެރިކޮށް ހިތާ ކަމަށެވެ. އެގޮތުން އެޓީމް އިން ނިންމަން ޖެހޭ ހުރިހާ ލިޔެކިޔުންތަކެށް ވާނީ ފީފާއަށް ލިބި 21 ޖެނުވަރީގައި އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކޭޓް ވެސް ވަނީ ރެޖިސްޓްރީ ކޮށްފައިކަމަށެވެ.

ކާޑިފް އިން ބުނެފައިވަނީ އެ ޓީމްއިން 3 އޭޕްރިލްގެ ކުރިން ނިންމަންޖެހޭ ހުރިހާ ކަމެއް މިހާރު ދަނީ ނިންމަމުން ކަމަށެވެ.