ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވުމަށް ހަމަޖެހިފައިވާ "މިސްޓަރ މޯލްޑިވްސް 2020" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 2020 ގައެވެ.

ބޮޑީ ބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ އެހެންފަހަރު ތަކާއި ހިލާފަށް، އެސޯސިއޭޝަންގެ 25 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާ އަހަރު ކަމުގައިވުމުން، މުބާރާތް ވީހާވެސް ކުލަގަދަ ގޮތެއްގައި ބޭއްވުމަށް އެސޯސިއޭޝަނުން ބޭނުންވެއެވެ. އަދި މުބާރާތުގައި ބައިވެރި ވެވޭނީ ދިވެހިފަރުދުނަށް ކަމަށެވެ.

އަދި މި އިއުލާނުގައި ބުނެފައިވަނީ ނެޝަނަލް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް، "މިސްޓަރ މޯލްޑިވްސް 2020" ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މުޅިރާއްޖެއަށް ހުޅުވާލެވިފައިކަމަށެވެ.

މި މުބާރާތުގައި އަމިއްލަ ފަރުދުންނަށާއި ޖިމް ތަކަށާއި ޖަމިއްޔާތަކަށާއި ރާއްޖޭގެ ރިސޯޓުތަކަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާފައެވެ.

މުބާރާތުގެ ރަޖިސްޓްރޭޝަން 26 މެއި 2019 (އާދިއްތަ) ދުވަހުންފެށިގެން އާންމުކޮށް ހުޅުވާލެވޭނެއެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިހަމަވާނީ 1 މާރޗް 2020 ވާ (އާދިއްތަ) ދުވަހުގެ 14:00 އެށެވެ.

މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅަންޖެހޭ، ރެޖިސްޓްރޭޝަން ފޯމް އެސޯސިއޭޝަނުން ލިބެންހުންނާނެ ކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ. އަދި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7812226 މޯބައިލް އާއި ގުޅުން އެދިލައްވައެވެ.