އޭޝިއަން ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވި އެތުލީޓުން ބައި ތިއްބަން ކ. މާފުށީގެ ބޮޑެތި ގެސްޓްހައުސްތަކުން ކޮޓަރި ނަގާފައި 1.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މުބާރާތް ބޭއްވުމަށް އެތުލީޓުންނާއި، އޮފިޝަލުންނަށް ޖުމްލަ 250 ކޮޓަރި މާފުށިން ނަގާފައިވެއެވެ. އެއީ ކާނި ހޮޓެލްސް، އެރީނާ އަދި ޓްރިޓޮން އިން ނެގި ކޮޓަރިތަކެވެ.

އެ ކޮޓަރިތަކަށް ފައިސާ ދައްކާ ގޮތަށް ބުކް ކުރީ ރާއްޖޭގެ ބޮޑީ ބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް) އިންނެވެ.

އެނގިފައިވާ ގޮތުގައި ކާނި ހޮޓެލްސް އަށް 42،000 ޑޮލަރު (647،640ރ.) ދައްކަން ޖެހެއެވެ. އެރީނާ ހޮޓެލްސް އަށް 55،000 ޑޮލަރު (848،100ރ.) ދައްކަން ޖެހޭ އިރު، ޓްރިޓޮން އަށް 20،000 ޑޮލަރު (308،400ރ.) އަރައެވެ. އެއާއެކު ޖުމްލަ 117،000 ޑޮލަރު (1.8 މިލިއަން ރުފިޔާ) ދައްކަން ޖެހެއެވެ.

އޭޝިއަން ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް މުބާރާތް ހުޅުވުމަށް މާފުށީގައި ބޭއްވި ރަސްމިއްޔާތު. --- ފޮޓޯ: ރައީސް އޮފީސް

މައުލޫމާތު އެނގޭ މީހަކު ކިޔައި ދިން ގޮތުގައި އެސޯސިއޭޝަނުން ހޮޓެލްތަކަށް އެޑްވާންސަށް ފައިސާ ދިނެވެ. އަދި ބާކީ ފައިސާ، ދޭނެ ކަމަށް ބުނީ އެތުލީޓުން ފުރުމުގެ ކުރިންނެވެ.

އެކަމަކު، އެސޯސިއޭޝަނުން ހޮޓެލްތަކަށް އަންގާފައި ވަނީ މިވަގުތު ފައިސާ ދެއްކެން ނެތް ކަމަށެވެ.

އެއާއެކު، މާފުށިން އެތުލީޓުންގެ ފުރަތަމަ ގްރޫޕް މިއަދު 11 ޖެހިއިރު ފުރަން ހަމަޖެހިފައި އޮއްވައި އެތުލީޓުން ފުރައިގެން ދިއުން ގެސްޓް ހައުސްޓުތަކުން ވަނީ ހުއްޓުވައިފައެވެ. އެނގިފައިވާ ގޮތުގައި އެންމެ ފުރަތަމަ ފުރައިގެން ދިއުމަށް ހަމަޖެހިފައި އޮތީ އިންޑިއާގެ އެތުލީޓުންނެވެ.

އޭޝިއަން ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް މުބާރާތް ހުޅުވުމަށް މާފުށީގައި ބޭއްވި ރަސްމިއްޔާތު. --- ފޮޓޯ: ރައީސް އޮފީސް

މައުލޫމާތު އެނގޭ މީހަކު ކިޔައި ދިން ގޮތުގައި އެތުލީޓުން ފުރުމަށް ކާނި ހޮޓެލްސްގެ ލޯންޗުތައް ހަމަޖައްސާފައި އޮތް ނަމަވެސް އެ ހޮޓަލުން ވަނީ ލޯންޗުތަކުގައި އެމީހުން ފުރުވާލަން ދެކޮޅު ހަދައިފައެވެ.

ނަމަވެސް ޔޫތު މިނިސްޓްރީން ވަނީ އޭގެ ގަޑިއިރެއްހާ އިރު ފަހުން އެތުލީޓުން ފުރުވުމުގެ ކަންކަމާ ހަވާލުވެފައެވެ. އެގޮތުން އައިކޮމްގެ ލޯންޗުތައް ކުއްޔަށް ނަގައިގެން މިހާތަނަށް އައިއިރު 102 އެތުލީޓުން މާފުށިން ފުރުވާލާފައިވެއެވެ.

އެނގިފައިވާ ގޮތުގައި ބޮޑީ ބިލްޑިން އެސޯސިއޭޝަނުން ވަނީ 500 އެތުލީޓުންގެ އަތުން ފައިސާ ވެސް އަތުލައިފައެވެ.

"ކާނި ހޮޓެލްސް އިން ފައިސާ ދޭން އެންގީމަ އެތަނުގެ ވެރިންނާ ދިމާލަށް އަވަގުރާނަ ގޮވީ ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ މީހުން." މައުލޫމާތު އެނގޭ މީހާ ކިޔައި ދިނެވެ.

މުބާރާތުގައި ވާދަކުރި ދިވެހި އެތުލީޓުން -- ފޮޓޯ: މިހާރު

އޭނާ ބުނި ގޮތުގައި ބޮޑީ ބިލްޑިން މުބާރާތާ އެކުގައި މާފުށި ރައްޔިތުންނާއި ހޮޓެލްތަކުގެ ވެރިން ތިބީ އެމީހުންނަށް ބޮޑު ފައިދާއެއް ވާނެތީ އުފަލުންނެވެ. އެކަމަކު، އާހިރުގައި ހޮޓެލްތަކުގެ ވެރިން ކުރިމަތިލާން ޖެހިފައި މިވަނީ ބޮޑު ގެއްލުމަކާ ކަމަށް ވެސް އެމީހާ ބުންޏެވެ.

މިކަމާ ގުޅިގެން ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ބަހެއް ނުލިބެއެވެ.

ނިމިދިޔަ މުބާރާތުން ރާއްޖެއަށް ތިން ރަން މެޑަލްގެ އިތުރުން ރިހި މެޑަލް އަކާއި، ލޯ މެޑަލްއެއް ވަނީ ލިބިފައެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް އިންޑިއާ ހޮވުނުއިރު، މިސްޓަ އޭޝިއާގެ މަގާމުވެސް ހޯދާފައި ވަނީ އިންޑިއާއަށް ނިސްބަތްވާ ޔަތިންދްރަ ސިންހްއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޙަނދުކޭތަ

    ލޮލް ލަދުންބޯހަލާކު ނުވާވަރުގެ ކަންތަކާ މިވެރިން ފައިވިދިލާފަ މުބާރަތްތައް ބާއްވަން މިއުޅެނީ ލަދެއްވެސްނުގަނެޔޭ ހޮޔޮކޮންވިއްޔާ ތިޔަ ލާރިގަނޑު އޮންނާނީ މިހާރު ވެރިންގެ ޖީބުގަ ކޮބާތަ ޑޮލަރު މަހޭ ވަރައްކަންތައް ވާކަމައްހެދިގެން ސަޅިބައިސާ ކަނޑަމުންދުވާ އެއްޗެއް ތިޔައި ކަމެއްއޮތިއްޔާ ސޯލިހުގެންދޭ އިފްތިތާހުކުރަން ބެރުދުންމާރި ޖަހާފަ މަ މިހަބަރު ކިޔާފަ ލަދުންވެސް ދެފައި ކައިރިނުވެފަ މީނި މުޅި ދުނިޔެއައް ބަދުނާމު ހާވާހަޑި ޕަކާސް

    54
    2
    • ޒިއުކް

      ކަލޯ އަދި އިއްޔެ ތި މުބާރާތް ނިމުނީ.. ސަރުކާރުގެ ޕޮލިސީތައް ހުންނަ ގޮތުން ބިލްކުރާތާ މަހެއްވާއިރު ކިރިޔާ ޕޭމަންޓުތައް ކުލިއަރވާނީ.. އެއީ އަބަދުވެސް އެކަން އޮންނަ ގޮތް ބައެއް ފަހަރު 6 މަސްފަހުންވެސް ކްލިއަރވޭ.. އަދި ލަސްވެގެން ހޭބަލިވެގެން ތެޅޭވަރެއް ނުވެއެއްނު.. ލިބުނު ލިބުނު ހެން ދަހިވެތިކަން ވެސް އިތުރުދޯ މިވަނީ މާފުށީ ގެސްޓު ހައުސް އޯނަރުންގެ.. ނިޢުމަތަށް ޝުކުރުވެރި ނުވުނަކީ ނުޢުމަތް އަނބުރާ ގެންދަވާކަމެއް..

      22
      35
  2. ކާބަފއިންގެ ބޮސް

    ތިކަހަލަ ކަންކަމުގައި ކާބަފައިން ބުނެ އުޅެނީ "ނުފޯރާފޮތިން ފޫގެޅުން" އެއީ ކަމެއް ނުވާވަރުންވެސް ކުރުން . ނޫނީ ކުރަން ގާބިލް ކަމެއް ނެތި ކުރުން ، k

    51
    2
  3. އަމީން

    އަދި ދެން ތިވަރުވާކަށް ނުވެޭދޯ، އަދި މީހުން އެއުޅެނީ ކަނޑިންމާއިން ނުނިކުމެ

    25
    27
    • ރައްޔިތު އަހުމަދު

      ޒިޔުކް ކަލޯ ފުަރަތަމަ ޚަބަރު ކިޔާފަ ކޮމެންޓް ކުރޭ. ކޮޓަރިތައް ނެގީ ސަރުކާރަކުން ނޫން. އަދި ބިލް ކުރާ ގޮތަކަށް ވެސް ނޫން. ޚަބަރުން އެނގޭގޮތުގައި އެޑްވާންސް ދައްކާފަ ބެލެންސް ދައްކަން އޮތީ ފުރުމުގެ ކުރިން. އެހެންވީމަ ފުރުމުގެ ކުރިން ޖެހޭނީ ދައްކަން. އެއްމަސް ފަހުން ދައްކަން އެއްބަސްވިނަމަ ހޮޓާތަކުން އެހެން ނުހަދާނެ ކަލޯ. ނުފޯރާފޮތިން ފޫގެޅީމަ ފެންނާނީ ި ު

      1
      1
    • ރައްޔިތު އަހުމަދު

      އެއްބަސްވެފަ އޮތީ ފުރުމުގެ ކުރިން ބެލެންސް ދައްކަން. އެހެންވީމަ ދައްކާފަ ބޭރު ވެވެންޖެހޭނީ. ނެތް ފެންވަރުން ކަންކަން ކުރަން އުޅުނީމަ ދެންވާނެ ގޮތް ތިވަނީ

  4. ހޫނޮ

    ޕިސް ޕިސް . . ފުކެއް ބޮޑުވަރުތި ދެން . . ދަހިވެތިކަން އިންތިހާ

    17
    19
  5. Garuwa

    އެ ވެސް މަހޭ ކާލީ

    34
    3
    • ނުބުނަން

      މަ އަދި ނުބުނަން ތިހެނެއް. ކޮންމެ މީހަކުވެސް އެބަ އަހާ "މަހޭ ދެން އެ ކާލީ؟"

      19
      1
  6. ހުސޭނުބޭ

    ބަލަގަ ކަލޭމެން އެންމެ މުހިންމު ބައި ހަދާންނެތުނީ. މައުލޫފަށް ކަޓު ލިބޭގޮތަށް ތިކަން ކުރިނަމަ މިހާރު ދައްކަން ޖެހޭ މިންވަރަށްވުރެ އިތުރަށްވެސް ހުރީ ދައްކާ ނިމިފައި.

    42
    3
  7. ޙަަަހަ

    ޔާރައްބީ ، އަޅެ މިޤައުމު ދަރާވިކި ރައްޔިތުން އަޅާ ފިޔަވަޅަށްވެސް ދަރަމުންދާއިރު މިވަރު ޚަރަދެއްކޮށްލަން ކެރެނީ މަހްލޫފުމެން ހާދަ ހަޔާތްކުޑަވީމައަދޯ ،

  8. ރައްޔިތު އަހުމަދު

    ޒިޔުކް ކަލޯ ފުަރަތަމަ ޚަބަރު ކިޔާފަ ކޮމެންޓް ކުރޭ. ކޮޓަރިތައް ނެގީ ސަރުކާރަކުން ނޫން. އަދި ބިލް ކުރާ ގޮތަކަށް ވެސް ނޫން. ޚަބަރުން އެނގޭގޮތުގައި އެޑްވާންސް ދައްކާފަ ބެލެންސް ދައްކަން އޮތީ ފުރުމުގެ ކުރިން. އެހެންވީމަ ފުރުމުގެ ކުރިން ޖެހޭނީ ދައްކަން. އެއްމަސް ފަހުން ދައްކަން އެއްބަސްވިނަމަ ހޮޓާތަކުން އެހެން ނުހަދާނެ ކަލޯ. ނުފޯރާފޮތިން ފޫގެޅީމަ ފެންނާނީ ި ު

  9. ކޮޓަރި

    ހާދަ އަގުބޮޑު ކޮޓަރިތަކެއް؟

  10. ޒާ

    ފައިސާ އަށް އިންތިހާއަށް ދަހިވެތިވުމުގެ ކެހި

  11. ދަރަނި ދަންތުރަ

    ތިއޮތީ މާފުށީގަ ޑޮލަރ ތިޔާގިވެފައި ސޯލިބޭ ކެމްޕޭނަށް ދިޔައީމަ ބޯ މަތިން ޑޮލަރ އުކާތި އަދި ރައްޔިތުން ބާރަށް އަތްޖަހާ ކޮނޑުހުޅުން އަތް ވަކިވަންދެން ، ލަނޑަޔާ ވާނީ ލަނޑަޔާ ، މޯކުޅި 19 ތަފާތުވާނެ

  12. ދފދފދފދފދޒ

    ކަލޯ އަދި އިއްޔެ ތި މުބާރާތް ނިމުނީ.

    1
    1
  13. އަހްމަދު

    ބަލަ އެޑޮލަރުކޮޅު މާރުކޮށްލާފަ ދިވެހިރުފިޔާއިންފައިސާދައްކަންވެގެން އެއުޅެނީ ކެތްކޮށްބަލަ =/17ރުފިޔާގެރޭޓުން މާރުކޮށްފަ 15/42 ގެރޭޓުން ގެސްޓްހައުސްތަކަށް ލާރިދިނީމަދޯ ޖީބައްއެއްޗެއްލެވޭނީ ކޮންމެހެން ޑޮލަރުން ގެސްޓުހައުސްތަކަށް ލާރިދޭކަށްނުޖެހޭނެދޯ އެކަންކުރާމީހުންނައްވެސް އެއްޗެއް އޮންނައްވާނެދޯ

  14. ކަލޯ ބެއްޔާ

    ޑޮލަރު މާރު ނުވެގެން އުޅޭތީވެ

  15. މަހޫމާ

    ބަލަ މަޑުންތިބެބަލަ އިންޑިޔާއިން ލޯނެއްނަގާފައި ތިޔަ ފައިސާ ދައްކާނަން މަހުލޫފު ފޮނިބޮޑުވެގެން ނުފޯރާފޮތިން ފޫގަޅަން އުޅުންތަން ނުދެކެންތަ

  16. ސެބެއްޅި

    އަދި ދެން ތިފައިސާ ނުދައްކައިގެން އުޅޭވަރެއްނުވޭދޯ އަދި މިއުޅެނީ ހަފްތާއެއްވެސް ނުވެ

    2
    2
  17. ޖާބެ

    ކޮބާ މިއެސޯސިޢޭޝަންގެ ރައީސް ހަނުހުރީތޯ ޖަވާނުދާރީނުވެ މިއީ ވ.ޒިންމާދާރުކަންކުޑަ ކަމެއް ރާއްޖޭގެ ނަންހުތުރުވާފަދަ އަމަލުތައް ކުއްވެރިކުރަން އިންތިޒާމުތައް ރަނގަޅައްނުގެންދެވުން އެއީ ނާޤާބިލްކަން މިވަރުން މިކަން ސާބިތުވެސްވޭ