ކ. މާފުށިން ގޯތި ލިބޭ 308 މީހުންގެ ވަގުތީ ލިސްޓު ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފިއެވެ.

މާފުށީ ކައުންސިލުން ރޭ ނެރުނު އިއުލާނެއްގައި ބުނީ މާފުށިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާ ބެހޭ އުސޫލުގެ ދަށުން މާފުށިން ބަންޑާރަ ގޯތި ހޯދުމަށް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށް، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ލިސްޓާ މެދުގައި އެއްވެސް ޝަކުވާއެއް އޮތް ނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށް ބަޔާނުގައިވެއެވެ. ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް މެއިލްކޮށްގެންނެވެ.

މާފުށިން ގޯއްޗަށް ހުޅުވާލާފައި ވަނީ މިދިޔަ މާޗް މަހުގެ ފަހުކޮޅެވެ. ލިސްޓު ނެރުނު އިރު، އެ ލިސްޓުގައި މުޅިން ހެން ތިބީ މާފުށީގެ ރަޖިސްޓްރީގައި ހިމެނޭ ރައްޔިތުންނެވެ.

މާފުށިން ގޯތި ދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ވެސް އެ ރަށުގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓް ގިނަ އިން ލިބޭ ގޮތަށެވެ. މާފުށީގެ ހިއްކި ބިމުން ދިރިއުޅުމަށް 2،000 އަކަފޫޓު ކަނޑައަޅާފައިވެއެވެ. އުސޫލު އޮތީ މާފުށީގެ ރަށްވެއްސަކަށް ނުވާ ނަމަ، އެ ރަށު ހިއްކި ބިމުން ގޯތި ލިބުމުގެ ފުރުސަތު ހަނިވާ ގޮތަށެވެ.

މީގެއިތުރުން ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް ނުވުމާއި އެފަދަ ގޯއްޗަކުން 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ލިބިފައިވާ ނަމަ، އެ ބިން ދޫކޮށްލުން ޝަރުތުކޮށްފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަމަލު

    ރޮޒޭނާ އާދަމް ގޮތަށް ދެމަފިރިން ނަށް ގޯއްޗަށް އެދި ހުށައެޅޭތޯ
    މިއީ ސީރިއަސް ސުވާލެއް. ހައްގު ވަނީ ހައްގަށް. ތަފާތު ކުރުން ނިންމަންޖެހޭ

    2
    1
  2. ލަންސިމޫ

    ރައިއްޔަތުން ގެ ފައިސާ ހަރަދުކޮށްގެން ހިއްކި ބިމަކުން މާފުށީ މީހުނަށް ހިލޭ ބިން ބަހާއިރު....
    މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމެއް ދޭތީ ހިތަށް ކެތް ނުވާ ރަހުމް ކުޑަ ގޮތެއްފޮތެއް ލަދެއް ހަޔާތެއް ނެތް އަމިއްލަ އެދުމުން ފޯވެފަ ތިބި މާލޭމީހުންގެ ހައްގުތަށް ފޭރިގަންނަ މީހުންތަށް ކޮބާ.... މިބައިމީހުން ބުނެދީބަލަ މާލޭ މީހުންނަށް ބޯހިޔާވަހިކަން ދޭންވީ ތަނެއް
    ކަނޑު އަޑިންތަ ބިމުއަޑިންތަ ޖައްވުންތަ. މާލޭމީހުންގެ ހައްގުތަކުން ބައެއް (ފްލެޓްތަށް) ލިބުނީމަ ކޮބާ މިބައިމީހުންތަށް

    8
    1
    • ޢަބްދުﷲ

      މާލޭ މީހުނަށްވެސް ބިން ދޭންވީ. އެކަމަކު ސަރުކާރުގެ ތަރައްޤީގެ މިސްރާބަށް ބަލާއިރު، މާލެއިންވެސް އަދި މާފުށިންވެސް ދޭން އެންމެ ރަނގަޅީ ފުލެޓް. ދިގު މުއްދަތުން ދައްކާ ޚަލާސްކުރާގޮތަށް. ރައްޔިތުންނަށް އަތް ފޯރާ ފަށުގައި. ގޯތި ދިނުމުންވެސް، އެގޯތީގައި އިމާރާތެއް ކުރެވޭނީ އަތުގައި ފައިސާހުރި މީހުނަށް. ދެން ތިބި މީހުން ލޯނު ނަގައިގެން، އުމުރު ދުވަހު އެ ނުދެއްކިގެން.

    • ޜައްޒާގުބެ

      މަލެ މީހުންނަށް ވެސް ބޯހިޔާވަހިކަން ދޭންޖެހޭނެ. އެކަމު ގޯތޮ ދިނީމަ ހައްލަވާނެތަ؟ ދެން ގޯތި ލިބޭމީހާ ދަރިން ނުހޯދަން ވީތަ. 10 އަހަރު 20 އަހހަރު ފަހުން ގޮވަން ފަށާނެ ތިމަންނަ،ެންގެ ދަރިންނަށް ގޯއްޗެއް ބޭނުންވާނޭ... މީ ހައްލު އޮޓީ ހައުސިން ފްލެޓް އަޅާގެން

    • ޟެން

      މާލޭގެ ރައްޔިތުންނަށް އެކަނި ގޯތި ބެހެމަކުން މައްސަލައެއްނެތް މާލޭގެ ފަޅުން ކަމަށް ވަންޔާ. އެކަމަކު މާލެ ވަށައިގެން މިވާ ހުރިހާ ދިވެހި ރައްޔިތުންގެ ފަޅުތަކާއި ގިރިތަށް ހިއްކައިގެން ގޯތި މާލޭ މީހުނަށް އެކަނި ދޭކަށް ނުޖެހޭނެ. މާލޭގައި ގިނަދުވަސްތަކެއް ވަންދެން އުޅޭ ރައްޔިތުނަށް ވެސް ދޭން ޖެހޭނެ.

  3. ހަސަނު

    ދެންމާފުށީނ ގޯތި ލިބުނު މީހުންގެ ތެރެއިން ކިތަން މީހުންތޯ މެލޭޝިޔާ ޔޫކޭގަ ދިިރި އުޅެން ބަދަލް ކުރީ ޗެކްކޮއްލާތި

    1
    1
  4. މާފުށި މީީހޭާާ

    މާާފުށި ވަރުގެ 5 މާާފުށި ހިޢްކޭވަރަައް އަހަރަކު މާާފުށިން ޓެކްސް ގެގޮތުގައި ސަރުކާރައްދައްކާ