ދެކުނު އޭޝިއާ ސަރަހައްދުގެ 12 ވަނަ ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުން އަނެއްކާވެސް ރާއްޖެއިން ދެ ރަން މެޑަލް ހޯދައިފިއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ކުރިއަށްދިޔަ އިވެންޓްތަކުގެ ތެރެއިން ޖޫނިއާ ކެޓަގަރީން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ ޒުވާން ބޮޑީ ބިލްޑަރު އަހުމަދު މާހިލް ސައީދެވެ. އޭގެ އިތުރުން 170 ސެންޓިމީޓަރުގެ ކެޓަގަރީން ރާއްޖެއަށް ރަން މެޑަލް ހޯދައިދިނީ އަޒްނީން ރަޝީދެވެ. ފިރިހެން ފިޒީކް އޯޕަން ކެޓަގަރީން އަހުމަދު ފަޒީލް ބްރޯންޒް މެޑަލްވެސް ރާއްޖެއަށް ހޯދައިދިން އިރު، ރާއްޖޭގެ އެތުލީޓުން ވަނީ މިހާތަނަށް މުބާރާތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ.

ފޮޓޯ/ ހާފް ކޯޓް މޯލްޑިވްސް

ސައުތު އޭޝިއަން ބޮޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕުގައި އިއްޔެ ކުރިއަށްދިޔަ 55 ކިލޯ ކެޓަގަރީން ރާއްޖޭގެ އެތުލީޓް މުޙައްމަދު މޫސާ ވަނީ ރަން މެޑަލް ހޯދާފައެވެ. އަދި އުމުރުން 19 އަހަރުގެ މާހިލް ވަނީ ސީނިއާ ކެޓަގަރީއެއް ކަމަށްވާ 65 ކިލޯގެ ކެޓަގަރީން ހަތަރު ވަނަ ހޯދައިފައެވެ.

އިންޑިއާގެ އިތުރުން އަފްގާނިސްތާާއި ނޭޕާލް ފަދަ ގައުމުތަކުން މުބާރާތުގައި ވާދަކުރާ އިރު، އެފަދަ ވަރުގަދަ ގައުމުތަކާ ވާދަކޮށް، ރާއްޖެއިން ހޯދަމުން ދަނީ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ ހަތް އެތުލީޓުން ވާދަކުރާ އިރު، މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ އަފްޣާނިސްތާން، ބޫޓާން، ބަންގަލްދޭޝް، އިންޑިޔާ، ނޭޕާލް އަދި ޕާކިސްތާންގެ އިތުރުން ސްރީލަންކާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވޮނާސޭ

    މީ ސަރުކާރުން ކުޅިވަރު ތެރެއަށް ނުވަންނަން ޖެހޭނެ ގޮތަކީ ޕްރައިވެޓް ކުންފުނި ތަކަށް ރާއްޖޭގެ ހުރިހާ ކުޅި ވަރުތައް ކުޅެން ދޫކޮށްލަންވީ ވިޔަފާރި އުސޫލުން ވިޔަފާރި އުސޫލުން މާލެ ސަރަހައްދުގައި ހުރި އަމިއްލަ ކުންފުނި ތަކަށް ދޫކޮށްލަންވީއޭ ހުރިހާ ކުޅިވަރު ކުޅޭ ބިންތައް ވެސް އެއިރަށް ރަންމެޑަލް ގެންނާނަން ފެލާލާފައި ވެސް އެއީ ޔަގީން ކަމެކޭ ސަރުކާރުން މީގެތެރެއަށް ބޭނުން ނުވާނެއޭ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯންޓް ރިއަލީ ކެއަރ އެބައުޓް އަސް...

  2. އިސްލާހް

    އަޒްނީންއަކީ ގއ.ވިލިނގިއްޔަށް އުފަން ފަޚުރުވެރި ދަރިއެއް. ރާއްޖެއަށް ތި ހޯދައިދެއްވި ރީތި ނަމާއި ފަޚުރަށް އައްސަރިބަހާ ސާބަސް ދަންނަވައި ދެ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ.

    12
  3. އ. ޖ. އ

    ކޮބާ ޝޭހުން

    2
    3