ތައިލެންޑުގައި ކުރިއަށްދިޔަ ޗޮމްބޫރީ ޕީއޭއޯ އޯޕަން 2020 ޓޭބަލް ޓެނިސް މުބާރާތުގެ 15 އަހަރުން ދަށުގެ ސިންގަލްސް ބައިން ރާއްޖޭގެ އުއްމީދީ އަންހެން ޓީޓީ ކުޅުންތެރިޔާ 12 އަހަރުގެ ފާތިމަތު ދީމާ އަލީ ރިހި މެޑަލް ހޯދައިފި އެވެ.

ދީމާ އަށް މި މުބާރާތުން ރިހި މެޑަލް ލިބުނީ މިއަދު މެންދުރު ކުޅުނު 15 އަހަރުން ދަށުގެ އުމުރު ފުރައިގެ ފައިނަލުގައި ތައިލެންޑުގެ އެއް ވަނަ ކުޅުންތެރިޔާއާ ވާދަކޮށް ބަލިވުމުންނެވެ. ދީމާއާ ވާދަކޮށް ތައިލޭންޑް ކުޅުންތެރިއާ ސެޓުތައް ގެންދިޔައީ 11-04، 11-06 އަދި 11-03 އިންނެވެ.

މުބާރާތުން ދީމާ ފުރުސަތު ހޯދީ ކޮލިފައިންގެ ހުރިހާ މެޗެއް ވެސް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. ކުއާޓާ ފައިނަލް މެޗުން 3-1 އިން ދީމާ މޮޅުވިއިރު ސެމީ ފައިނަލުގައި ތައިލެންޑުގެ ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެ ދީމާ މެޗު ކާމިޔާބުކުރީ 3-2 އިންނެވެ. ސެމީ ފައިނަލުގައި ވެސް ދީމާ ވާދަކޮށްފައިވަނީ ތައިލޭންޑް ކުޅުންތެރިޔަކާ އެވެ. ތައިލެންޑުގެ 15 އަހަރުން ދަށުން ދެ ވަނަ އަށް ރޭންކުކޮށްފައިވާ ކުޅުންތެރިޔާ ދެ ސެޓު ކާމިޔާބުކޮށްފައިވަނިކޮށް ދީމާ މި މެޗުން މޮޅުވީ ފަހަތުން އަރައި 3-2 އިންނެވެ.

ގައުމީ ޓީޓީ ޗެމްޕިއަން ދީމާ އަންނަނީ ފަހަކަށް އައިސް ގައުމީ ފެންވަރުގައި އާއި ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުންނެވެ.

ދީމާ ވަނީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދިނުމުގެ އިތުރުން ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ ޓީމު އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ. ސާފް ގޭމްސްގައި ހޯދި މެޑެއްޔަކީ މި ކުޅިވަރުން ރާއްޖޭން މިހާތަނަށް ހޯދި ފުރަތަމަ މެޑަލް ކަން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް، އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ދީމާ ވަނީ ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފައެވެ. އަދި ގައުމީ ޓީޓީ ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ އަހަރު ހޯދައި މި އަހަރު ތަށި މިލްކުކުރުމުގެ ފުރުސަތު ދީމާ އަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޢަލީ76

  މަރުހަބާ

 2. ގެމަ

  ކުޅިވަރަށް ދޭ އަހައްމިއްޔަތު ކިޔެވުމަށްވެސް ދޭނަމަ. ސަރުކާރުން ޤުރްއާން ކިޔަވައިގެން ކާމިޔާބު ހޯދީމަ އެކަމެއް ފާހަގައެއް ނުކުރާނެ. ލާދީނީ ސަރުކާރު!

  23
  12
 3. ނިކަމެތި

  ދެން މަހުލޫފޫ ދީ އެމަންޖެއަށް ދެމިލިޔަން ރުފިޔާ.

  20
  11
  • ޢަޒީމް

   މަހުލޫފު ލާރިދީގެންތަ އެ ކުއްޖާ އެހިސާބަށް އައީ..

   7
   1
 4. ދިއްޕަތް

  ނިކަމެތި ޢެމަންޖެއަށް ދެމިލިއަންވެސް މަދު އެމަންޖެ އާއި މައިން ބަފައިން ބުރަމަސައްކަތް ތަކެއް ކޮށްގެން ރާއްޖެއަށް ހާދަ ގިނަ ރީތިނަމެކޭ އެހޯދަ ދެނީ ! ޢަހަރެންގެ ދަރިން ލައްވާ މަސައްކަތް ކޮށްގެން ރަގަޅު ކާމިޔާބު ހޯދަންވީ އޭރުން އަހަރެމެންނަށް ވެސް ލިބޭނެ މިލިއަނުން
  ޢަހަރެމެންނަށް ނުކެރޭ ޚަމެއްކުރާކަށް ވަރަށް ބާރުލާފަ ކުޅިވަރު ކުޅެން ފަށާނެ ދެ ދުވަހު ވަރަށް ބާރުލާފަ ކުޅުވާނެ އަނެއް ދުވަހު ހުއްޓާލާނެ ! ކާމިޔާބު ހޯދީމާ ހަސަދަ ނުވެ ދަރިން ލައްވާ މަސައްކަތްކޮށް ރަގަޅު އިނާމު ހޯދަބަލަ! މިއަދު އެމަންޖެ އެހޯދީ ކިހާ ލާރިއެއް ފޮޓޯއިން ފެނޭ ފައިސާގެ އިނާމު ވެސް؟

  13
  11
 5. ނިކަމެތި

  ދިއްޕަތް ލާރި ހުރެގެންނޭ ކަމެއް ވާނީވެސް ތިމަންނަ އަކީވެސް ކުޑައިރުންފެށިގެން މޮޅައް ފުޓުބޯޅަ ކުޅެމުން އައި ސޮރެއް ކަކުލައް ލިބުނު ގެއްލުމެއް މާލެއިން ދެއްކި އެއްވެސް ޑޮކުޓަރަކައް ނޭގުން، މައިންބަފައިން އަތުގަ ލާރި ހުރިނަމަ ރާޖެއިން ބޭރުންވެސްް ފަރުވާއެއް ހޯދުނިސް ކަންނޭގެ، އެމަންޖެ މޮޅުވުމަކުން ހަސަދަ ވަނީކީނޫންމި، އެކަމް މަހުލޫފު އެބަހާނަގަނީ ދިވެހި ހުރިހާ ނިކަމެތިންގެ ލާރި.

  5
  5
  • ޢަލީ

   މި ކުއްޖާ އަށް އެކަނިތަ ސަ ރުކާ ރުން ލާ ރިދިނީ؟ ބަލަ މެޑެލް ހޯދި އެހެން ކުދިންނަށްވެސްދިނޭ...

   8
   3