މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޯޖާ ފެޑެރާ މިއަހަރުގައި ދެން އޭނާ ނުކުޅޭނެ ކަމަށް ބުނެއްޖެއެވެެ. މިދިޔަ ބުދަ ދުވަހުގައި އޭނާ ހާމަކުރި ގޮތުގައި އޭނާގެ ކަނާއަތުފައި ކަކުލުގެ ދެވަނަ ސާޖަރީއެއް ދާދި ފަހުން އޭނާ ވަނީ ހަދާފައެެވެ.

އެހެން ކަމުން މިއަހަރު ދެން އޭނާ ދަނޑު މަތިން ފެނިގެން ނުދާނޭ ކަމަށް އޭނާ ބުނެފައި ވެއެވެ. 38 އަހަރުގެ ފެޑެރާ ވަނީ މިދިޔަ ފެބްރުއަރީ މަހުގައި އޮސްޓްރޭލިއަން އޯޕަންގެ ސެމީފައިނަލްގައި އެފްރިކާގެ ކޭޕް ޓައުންގައި ކުޅުނު މެޗަށްފަހު އޭނާގެ ކަކުލުގެ ފުރަތަމަ ސާޖަރީ ހަދާފައެވެ.

މިހާތަނަށް މެންސް ގުރޭންޑް ސްލެމް ސިންގަލްސް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ފެޑެރާ ބުނެފައިވަނީ މިހާ ދުވަހު އެއް ފެންވަރެއްގައި އޭނާއަށް ކުޅެވިފައިވަނީ ސަޕޯޓަރުންގެ ފަރާތުން ލިބޭ ތަރުހީބުގެ ސަބަބުން ކަމަށެވެ. ފެޑެރާ އަކީ ގިނަ ބަޔެއްގެ އެންމެ މަގުބޫލު ޓެނިސް ކުޅުން ތެރިޔާއެވެ.

" އަހަރެންގެ ސަޕޯޓަރުން މަތިން މި ދުވަސްކޮޅުގައި ވަރަށް ހަދާން ވާނެ ، އުއްމީދު ކުރަން އެންމެނާއިވެސް ވަރަށް އަވަހަށް ދިމާވާނެ ކަމަށް ، 2021 ވަނަ އަހަރުގެ ސީޒަން ފެށެން ވާއިރަށް އަހަރެން އެބުރި އަންނާނަން " ފެޑެރާ އޭނާގެ ސޯސަލް މީޑިއާގައި ބުނެފައި ވެއެވެ.

ފެޑެރާ ވަނީ މިހާތަނަށް މެންސް ގުރޭންޑް ސްލެމް ސިންގަލްސް 20 ފަހަރަށް ކާމިޔާބުކޮށް ފައެވެ. އޭނާއާއި އެންމެ ގާތުން 34 އަހަރުގެ ވާދަވެރި ނަޑާލް ވަނީ 19 ތަށި ކާމިޔާބު ކޮށްފައެވެ. އެޔާއި ޖެހިގެން އެންމެ ވާދަކުރަނީ 33 އަހަރުގެ ޑިޖޮވިކް 17 ތަށި ކާމިޔާބުކޮށްގެނެވެ. މި އަހަރުގައި ކުޅޭ މުބާރާތް ތަކުގައި ކާމިޔާބު ހޯދައިގެން ރަފެއިލް ނަޑާލް އާއި ޑިޖޮވިކް އަަށް ފެޑެރާ އަށްވުރެން ގިނައިން މެންސް ސިންގަލްސްގެ ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮއްކޮ

    މަވެސް މިއަހަރު ދެން ކުޅޭ ހިތެއް ނެތް މިހެން ގޭގަ އޮވެ އޮވެ އަބަދު ތަނެއްގަ އޮށޯވެގެން އޮންނަ ހިތްވަނީ

  2. ފޮޓޯ ގަނޑު

    އޭނަ ކުޅުނަސް ދަނޑުމަތިން ނުފެއްނާނެ ޓެނިސް ކުޅެނީ ދަނޑުމަތީގައިތަ ؟