ރިއަލް މެޑްރިޑްގެ ޒުވާން ޑިފެންޑާރ އަޝްރަފް ހަކީމީ އިންޓަ މިލާންއަށް ގުޅެން އުޅޭކަމުގެ އަޑުތަށް ފެތުރިއްޖެ އެވެ.

ސްކައި ސްޕޯޓްސް އިން ހާމަ ކުރި ގޮތުގައި ލޯނުގެ އުސޫލުން ޑޯޓްމަންޑް އަށް 2018 ވަނަ އަހަރު ދޫކޮށް ފައިވާ ހަކީމީ ވިއްކާލުމަށް ރިއަލް އާއި އިންޓަ މިލާން އިން ވަނީ އެއްބަސް ވެފައެވެ. ދެ ކުލަންބް އިން ވަނީ 40 މިލިއަން ޔޫރޯގެ އަގަކަށް ހަކީމީ ވިއްކާލުމަށް އެއްބަސް ވުމަކަށް އާދެވިފައި ކަމަށް ރިޕޯޓުތަށް ބުނެއެވެ.

21 އަހަރުގެ ޑިފެންޑަރު ޑޯޓްމަންޑަށް އެއްކޮށް ގަތުމަށް އެކުލަބުން ތައްޔާރުވެފައި ވާކަމަށް ކުރިން ވަނީ އަޑުތައް ފެތުރިފައެވެ. މީގެ އިތުރުން ޖަރުމަނުގެ ބަޔާން މެނިކް އާއި މެންޗެސްޓާ ޔުނައިޓަޑް އިންވެސް ވަނީ ހަކީމީ ހޯދުމަށް މަސައްކަތް ކޮށްފައެވެ.

ޑޯޓްމަންޑްގައި މޮޅު ކުޅުމެއް ދައްްކަމުން އަންނަ ހަކީމީ އަށް އަންނަ ސީޒަން ގައި ރިއަލްގެ ފުރަތަަމަ އެގާރައިން ޖާގަ ނުލިބޭނޭކަމަށް އެ ޓީމުން ވަނީ ބުނެފައެވެ. ރިއަލްއިން ހާމަ ކުރިގޮތުގައި އޭނާ ބޭނުންކުރާނީ ޑެނީ ކަވަޖަލްގެ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައެވެ. ރިޕޯޓުތަށް ބުނާގޮތުގައި މިއީ ކުރިން ރިއަލްއިން އޭނާ ފޮނުވާލުމަށް ދިން އިޝާރާތެކެވެ.

ޑޯޓްމަންޑްއިން މިދިޔަ ހަފްތާގައި ވަނީ ޕީއެސްޖީގެ ޑިފެންޑާ ތޯމަސް މެނިއާ އެކުލަބަށް ގެންނާނެކަން އިއުލާން ކޮށްފައެވެ.

މެޑްރިޑަށް އުފަން ހަކީމީ ރިއަލް އާއި ފުރަތަމަ ގުޅުނީ 2006 ވަނަ އަހަރުގައި އެ ކުލަބުގެ ޔޫތު ޓީމަށެވެ. 2017 ވަނަ އަަހަރު އޮކްޓޫބަރު މަހުގައި ވަނީ އޭނާއަށް ރިއަލްގެ ފުރަތަމަ އެގާރައިން ޖާގަ ލިބި ލަލީގާގެ އޭނާގެ ފުރަތަމަ މެޗު ކުޅެފައެވެ.

ލޯނުގެ އުސޫލުން 2018 ވަނަ އަހަރު ޑޮޓްމަންޑަށް ގުޅުމަށްފަހު އޭނާ ވަނީ އެ ޓީމަށް މިހާތަނަށް 53 މެޗު ކުޅެދީ ޖަރުމަނު ލީގުގައި ހަތް ލަނޑު ކާމިޔާބު ކޮށްފައެވެ. އިންޓަގެ ކޯޗު އެންޓޮނިއޯ ކޮންޓޭ ވަނީ ހަކީމީގެ ކުޅުމަށް ތައުރީފުކޮށް އޭނާ އެޓީމަށް ވަރަށް ބޮޑަށް ގެންނަން ބޭނުންވާ ކަމަށް ބުނެފައެވެ.