އަންނަ މަހު ރަޝިއާގައި ފަށާ ވޯލްޑްކަޕަށް ހާއްސަކޮށްގެން "ވަގުތު" އިން ނެރުނު މެގަޒިން އއ.ހިމަންދޫގައި ވިއްކަން ފަށައިފިއެވެ.
ހިމަންދޫ އިން މި މެގަޒިން ގަންނަން ލިބޭނީ "ކޯނާ ހަޓް ކެފޭ" އިންނެވެ. މެގަޒިން އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން "ކޯނާ ހަޓް ކެފޭ" އަށް ގުޅައިގެން އިންތިޒާމު ހަމަޖެއްސޭނެއެވެ. އޯޑަރު ކުރުމަށް ގުޅުއްވާނީ 9884312 ނަމްބަރު ފޯނަށެވެ.
ހިމަންދޫގެ އިތުރުން މާލެ އާއި ނ.އަތޮޅު ހޮޅުދޫ އަދި އއ.މަތިވެރި އާއި ކ.ދިއްފުށިން ވެސް މިހާރު މެގަޒިން ލިބިވަޑައިގަންނަވާނެއެވެ.
މާލެ އިން މެގަޒިން ލިބިވަޑައިގަންނަވާނީ ނާސަރީ ބުކްޝޮޕުންނާއި ސްޕޯޓްސް ޕްލަސް އިންނެވެ. ވޯލްޑް ކަޕް މެގަޒިން މާލޭގެ ކޮންމެ ތަނަކަށް ވެސް އޯޑަރު ކުރެއްވުމުން އިތުރު ފީއެއް ނެގުމެއް ނެތި ޑެލިވަރީ ކޮށްދޭނެއެވެ. އޯޑަރު ކުރެއްވުމަށް ގުޅުއްވާނީ 9798785 އަދި 7660630 ނަމްބަރު ފޯނަށެވެ.
ނ.އަތޮޅު ހޮޅުދޫ އިން މެގަޒިން ގަންނަން ލިބޭނީ އަރޫސް ޕްރިންޓް ބުކްޝޮޕުންނެވެ. މެގަޒިން އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން އަރޫސް ޕްރިންޓް ބުކްޝޮޕްގެ 7444118 ނުވަތަ 7220871 ނަމްބަރު ފޯނަށް ގުޅުމުން މެގަޒިން ގަތުމުގެ އިންތިޒާމް ހަމަޖެހޭނެއެވެ.
އަދި އއ.މަތިވެރި އާއި ކ.ދިއްފުށިން ވެސް މެގަޒިން ލިބިވަޑައިގަންނަވާނެއެވެ. މަތިވެރިން މެގަޒިން ގަންނަން ބޭނުންވާ ފަރާތްތަކުން 7556696 ނަމްބަރު ފޯނަށް ގުޅުމުން މެގަޒިން ލިބޭނެއެވެ. އަދި ދިއްފުށިން މެގަޒިން ގަންނަން ބޭނުންވާ ފަރާތްތަކުން 9195455 ނަމްބަރު ފޯނަށް ގުޅުމުން މެގަޒިން ލިބޭނެއެވެ.
ވޯލްޑްކަޕަށް ހާއްސަކޮށްގެން "ވަގުތު" އިން ނެރުނު މެގަޒިން ބައްލަވައި ގަންނަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅާފައެވެ. އެއްވަނަ އަށް ހޮވޭ ފަރާތަކަށް ޔޫރަޕްގެ ހަ ޤައުމަކަށް ދަތުރުކޮށްލުމުގެ ފުރުސަތު ލިބިގެންދާއިރު، ދެވަނަ އިނާމަކަށް އަލްމަނާސިކްގެ ފަރާތުން ދޭ އުމްރާ ދަތުރެއް އަދި ތިންވަނަ އިނާމަކަށް އެވިޑް ކޮލެޖްގެ ފަރާތުން ހިލޭ ކޯހެއް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިމެގަޒިން ވިއްކުމަށް ހަމަޖެހިފައި ވަނީ 200 ރުފިޔާ އަށެވެ.
"ވަގުތު" އިން ނެރެފައިވާ މެގަޒިންގައި ވޯލްޑްކަޕްގައި ކުޅޭ ޓީމްތަކާއި މުހިންމު ކުޅުންތެރިންގެ މައުލޫމާތު ހިމަނާފައި ވާނެއެވެ.