ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި ފިޔަޖަހާ ތަރިން ކަމުގައިވާ، ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ކަރު ބުރިކޮށް މަރާލާނެކަމުގެ އިންޒާރު، ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިއެސް) އިން ދީފިއެވެ.

މެދުއިރުމަތީގެ ޤައުމުތަކުގައި ޙަރަކާތްތެރިވާ އައިއެސް ޖަމާޢަތުން މިކަން ހާމަކޮށްފައިވަނީ، އެ ޖަމާޢަތުން އިއްޔެ ޢާންމުކުރި ޕޯސްޓަރުތަކެއްގައެވެ. އެ ޕޯސްޓަރުތަކުން އެ ޖަމާޢަތުގެ ހަނގުރާމަވެރިންތަކެއް ފުޓުބޯޅަ ދަނޑެއްގެގައި ދެ ކުޅުންތެރިންގެ ކަރުބުރިކުރާ މަންޒަރު ދައްކުވާފައިވާއިރު، އިތުރު ޕޯސްޓަރަކުން، ދަނޑެއްގައި ބޮން ގޮއްވާލާ މަންޒަރު ފެނިގެންދެއެވެ.

އައިއެސް އިން ޢާންމުކޮށްފައިވާ ޕޯސްޓަރެއް

ރަޝިޔާގައި މިއަހަރު ކުޅޭ ވޯލްޑްކަޕް މުބާރާތަށް އަމާޒުކޮށް ޙަމަލާދޭނެކަން ހާމަކޮށް އައިސްއެސް އިން ޢާންމުކުރި މި ޕޯސްޓަރުތަކުގައި ލިޔެފައިވަނީ، "ފީފާ ވޯލްޑްކަޕް ރަޝިޔާ 2018 - ކާމިޔާބު ލިބޭނީ އަހަރެމެންނަށް" ކަމަށެވެ.

ވޯލްޑްކަޕާއި ދިމާކޮށް އައިސްއެސް އިން ފުޓުބޯޅަ ކުޅުންތެރިންނަށް މަރުގެ އިންޒާރު ދީފައިވާއިރު، މީގެ ކުރިންވެސް ބާސެލޯނާގެ ތަރި، މެސީއަށް އެ ޖަމާޢަތުން ވަނީ އިންޒާރު ދީފައެވެ. އެގޮތުން މިދިޔަ އަހަރުވެސް ޢެ ޖަމާއަތުން ވަނީ މެސީގެ ކަރު ބުރިކޮށްލާ މަންޒަރު ފެންނަ ޕޯސްޓަރެއް ޢަންމު ކޮށްފައެވެ.

އައިއެސް އިން ޢާންމުކޮށްފައިވާ ޕޯސްޓަރެއް

ރަޝިޔާގައި މިއަހަރު ބާއްވާ ވޯލޑްކަޕަށް އަމާޒުކޮށްގެން ޙަމަލާ ދޭނެކަމުގެ އިންޒާރު ކުރިންވެސް އައިއެސް ޖަމާޢަތުން ދެމުންދިޔައިރު، އެ ޖަމާޢަތުން ވަނީ ހަނގުރާމަވެރިން އެ މުބާރާތް ކުޅޭ ސްޓޭޑިއަމްއަށް ޔަޤީނުންވެސް ޙަމަލާދީ "އެންމެން" އަންދާލާނެ ކަމަށް ބުނެފައެވެ.

އަންނަ ޖޫން މަހުގެ 14 ވަނަ ދުވަހު ފެށޭ މިފަހަރުގެ ވޯލްޑްކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ، ރަޝިޔާގެ ވެރިކަން ކުރާ މޮސްކޯގެ ސްޓޭޑިއަމެއްގައެވެ. މި މުބާރާތަށް ރަޝިޔާއަށް އެތައް ހާސް ބަޔަކު ދަތުރުކުރާނެ ކަމަށް ވެއެވެ.

ރަޝިޔާއަކީ، ސީރިޔާގެ ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން އެޤައުމުގެ ސަރުކާރާއި ގުޅިގެން ހަނގުރާމަވެރިންނާއި ދެކޮޅަށް ޙަމަލާ ދިނުމުގައި ބައިވެރިވަމުންދާ ޤައުމެކެވެ. މި ޙަމަލާތަކުގައި އައިއެސް ޖަމާޢަތުގެ ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން މަރުވެ، އެ ޖަމާޢަތަށް ނިސްބަތްވާ ގިނަ ތަންތަން ބިމާއި ހަމަވެ، ހަނގުރާމަވެރިން ބަލިކަށިވެ ފަހަތަށް ޖެހެމުންދާއިރު، ބަދަލުގައި ރަޝިޔާއަށް އެކި ގޮތްގޮތުން ޙަމަލާ ދޭނެކަމުގެ އިންޒާރު އައިއެސް އިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. އަސްލުހާލަތު

    ތިޔަ ވެސް އިސްލާމު ދީނުގެ ނަން ހުތުރުކޮށް ހަރުކަށި ދީނެއް ގޮތުގަ ދައްކުވައިދޭން އުޅޭބައެއް..އަޑީ ގަތިބީ އިޒްރޭލާ އެމެރިކާ.. ސަބަބަކީ ޔޫރަޕާއެމެރިކާގައި އިސްލާމްދީން ހަލުވިކަމާ އެކު ފެތުރޭތީ އިސްލާމު ދީނަކީ ބިރުވެރި ޓެރަރިޒަމަށް ހިތްވަރުދޭ ދީނެއްކަން ދައްކުވައި ދީނަށް ވަންނަ މީހުން މަދުކުރުވާ އެކަން ހުއްޓުވުން. މި ބައިގަނޑު މަރާ މީހުންގެ 95 ޕަސެންޓަކީ މުސްލިމުން. އިޒުރޭލު އެމެރިކާއަށް ދުވަހަކު ވެސް ގެއްލުމެއް ނުދޭ ދޭކަށް މަސައްކަތެއްވެސް ނުކުރޭ. މުސްލިމުން އެވާހަކަ ދައްކާލާއިރަށް އުޒުރޭލުފެ މީހުން ނޫޅޭ ފަޅު ހިސާބަކަށް 3 ތިން ރޮކެޓެއް ފޮނުވާލާނެ.. ޅަ ޒުވާނުނަށް ވާނުވާނޭގި ޖިހާދު ކުރާހިތުން ގުޅެނީ މިމީހުންނާ އޭގެ ބޮޑުން އެމެރިކާ އިޒުރޭލުގެ ނިޔަދުރު ދިޔަ ބައްލަވަނީ

    • ޙަޤީޤަތް

      ފަރުޟު 5 ނަމާދު ވަގުތުން ވަގުތަށް އަދާ ކުރުމަށް ވުރެ މުހިއްމީ "ވޯލްޑްކަޕް ތެރެއިން ރޮނާލްޑޯ އާއި މެސީގެ ކަރު ބުރިކޮށްލުން" ކަމަށް ވީމާ،
      މި ޖަމާޢަތާއި އިސްލާމް ދީނާއި އެއްވެސް ގުޅުމެއް ނެތްކަން އެބަ އެނގޭ،
      އެމެރިކާ އެމްބަސީ ގުދުސަށް ބަދަލު ކުރަން ނިންމުމުން މި ޖަމާޢަތުން ވަނީ ޙަމާސް އާއި ހަނގުަރާމަ އިޢުލާން ކޮއްފަ، ޙަމާސް ވިއްޔަ ޢަސްކަރީ ގޮތުން އިޒްރޭލާ ކުރިމަތިލާނެ ބަޔަކީ.

      • މެސީ

        އަސްލުވެސް ދޯ

  2. އަލީ މާލެ

    ބަލަގަ މެދުއިރުމަތީ ގޮފިން ނަތަންޔާހޫ ކަރު ބުރިކުރަން ނޫޅެ ޔޫރަޕްގެ ކުރާ މުސްލިމުންނަށް ގެއްލުމެއްނެތް ކަމެއްގެ ތެރެއަށް ބޯކޮށްޕަނީޔޯ؟؟ ތިއީ ހަމަ މުސްލިމުންގެ ނަމުގަ އުޅޭ ކާފަރުންތަކެއް ނޫންތަ؟؟

    • މޯޑޭ

      ތިބުނީ ސައްތައިން ސައްތަ ތެދު ވާހަކައެއް

  3. ގަންޖާ

    ކަމެއް ކުރަން ކެރޭނަމަ ދުރުގަ ތިބެެގެންް ނުފެލޭނެ

  4. ކެކެކެކެ

    ތިހެން ޕޯސްޓަރެއް އެޑިޓް ކުރެވިދާނެ ކޮންމެބަޔަކަށް ވެސް.....

  5. ޖުޑީ

    ތީީ ފަލަސްތީނު ރައީތުންނަށް އަނިޔާވެރި ޓެރަރިސްޓް ޔަހޫދީން އެމީހުން މިހާރު ފަލަސްތީނު ރައީތުންމަށްދޭ އަނިޔާއަށް މީހުންދޭ ސަމާލުކަން ގެއްލުވާލަން އެމީހުން އުފައްދައިގެން އުޅޭ ބަޔަކުލައްވާ ފަތުރާ ޕްރޮޕެގެންޑާ.

  6. އިހަވަންދޫ

    މެސީއާއި ރޮނާލްޑޯގެ ކަރުބުރި ކޮންލައްވީ ކީއްވެބާ؟؟؟؟؟ އެދެމީހުން އިސްލާމްދީނަައި ދެކޮޅަށް ހަނގުރާމަ ކުރަށް ނުކުތީ ކޮންއިރަކް

  7. ޙަހަހަ

    ބަލާނަން.

  8. މަ

    ان شاء الله ވާނެ

    • ބަޑި އެދުރު

      ކަލޭ ހަމަތަ!

  9. ސާފުވެއްޖެ

    މިހިރަ މިހިރަ ކަންކަމުން ސާފުވާކަމަކީ މި އައިއެސް ޖަމާތަކީ ޙައްޤުގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނާއި އިސްލާމްދީނުގެ ނަން ކިލަނބުކުރަން ދީނުގެ ޢަދުއްވުން ރާވައިގެން ގެންގުޅޭ ބައެއްކަން.. އިރާޤުގައި އައިއެސް ބަލިކުރީމޭ ބުނެ.. އެމީހުން ވަށާލާފަވަނިކޮށް އެމީހުންގެ މީހުން ސަލާމަތްވާން ދިޔުމުގެ ކަންތައްތައް ވަނީ އެމެރިކާއިން އިންތިޒާމުކޮށްދީފަ.. މިޚަބަރުތަކަށް އެބަޖެހޭ ވަގުތުންވެސަ އަލިއަޅުވާލަން...

  10. ސަން

    ހެހެހެހެެ މާސަޅިވީސް އެމެރިކާއަށް ހަމަލަދޭނަމޭ ކީޔާ! ބީ ޕްރެކްޓިކަލް ގޯވިތް އެމެރިކާ އެޖެންޑާ

  11. ނަން

    ރަޝިޔާ އަކީ އެެމެރިކާއާއި ޒައިނިސްޓުންގެ އެއްމެބޮޑު ދުޝްމަނުން..

    • ހެޔޮނުވާނެ

      ރަސޫލާ ހަދީޘް ކުރައްވާފައިވެއެއްނު. އެމީހުން އެއްމެން ކިތަންމެ ދުޝްމިނަސް ކުފުރަކީ އެއްމިއަލަތެކޭ. މުސްލިމުނާ ތޮޅެން ވެއްޖިއްޔާ އެމީހުން އެއީ އެކަތިގަނޑެކޭ

  12. ޖޯންއިކޫ

    ރަޝިއާ، އިރާޤް، އީރާނުން އައިއެސްގެ ލީޑަރު ހޯދަން އެބައުޅޭ.. ހަހަހަ.. އެހެންވީމަ އެމެރިކާ ބިރުން ތެޅިއަރުވަނީ. ސީއައިއޭ، މޮސާޑްއަށް މިކަން އެނގޭނެ ވަރަށް ރަގަޅަށް!

  13. ÷ޕ

    މި އައިއެސް އަކީ މާ ބަރަކާތްތެރި ބަޔަކީތާ؟؟??? ފޮނި މި ވަނީ މި

  14. ÷ޕ

    މި އައިއެސް އަކީ މާ ބަރަކާތްތެރި ބަޔަކީތާ؟؟ ފޮނި މި ވަނީ މި