އިޓަލީގެ އިންޓަ މިލާނުން ބާސެލޯނާއަށް ކުޅެމުން އަންނަ އަރުޓޫރޯ ވިދާލް ހޯދުމާއި ގާތަށް ޖެހިލައިފިއެވެ.

ރިޕޯޓުތަށް ބުނާ ގޮތުގައި މިހާރު އޭނާ ވަނީ އިންޓަ އާއި އެކު މެޑިކަލް ހަދާފައެވެ. ބައެއް މީޑިއާ ތަކުން ބުނާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވިދާލް އިންޓާ އަށް ސޮއި ކުރާނެއެވެ. ބާސާގެ ކޯޗުކަމާއި ނެދަލެންޑުގެ ކޫމަން ހަވާލުވެ ގިނަ ބަދަލުތަކެއް ގެންނަމުން ދާއިރު އޭނާގެ ޕްލޭންގައި ވިޑާލް ނުހިމެނޭކަމަށް ކުރިން ވަނީ ބުނެފައެވެ. މިއީ މި ސީޒަންގައި ބާސާދޫކޮށް އެހެން ކުލަބަކަށް ބަދަލުވާ އެޓީމުގެ ތިން ވަނަ މިޑްފީލްޑަރެވެ. މީގެ ކުރިން އާތޫރޯ މެލޯ އަދި ރަކިޓިޗް ވަނީ ބާސާ ދޫކޮށްލާފައެވެ.

ކުރިން ޔުވެންޓަސްގައި ވެސް ކުޅުނު ވިދާލް އޭރު އޭނާއަށް ކޯޗުކަން ކޮށްދިން އެންޓޯނިއޯ ކޮންޓޭއާ އެކު އަބުރާ ގުޅޭއިރު ޔުވެންޓަސްގައި ވިދާލް ކުރިން ވަނީ ތިން ފަހަރު އިޓާލިއަން ލީގު ކާމިޔާބު ކޮށްފައެވެ. ރިޕޯޓުތަކުން ހާމަކުރި ގޮތުގައި ވިދަލް އިންޓާ އާއި ގުޅޭނެ ކަމަށް ބެލެވެނީ ވަނީ އެއް މިލިއަން ޕައުންޑްގެ އަގަކަށެވެ. ބާސެލޯނާ އާއި އެކު ވިދާލް ހަދާފައިވާ 3 އަހަރު ދުވަހުގެ އެއްބަސްވުން އަދި ހަމައެއް ނުވެއެވެ. ދާދި ފަހުން ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އިއުލާން ކުރި އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއާއި ލުއިސް ސުއަރޭޒްގެ އިތުރުން އެހެން ބައެއް ކުޅުންތެރިން ވެސް އަންނަނީ ވިދާލްއަށް ހެޔޮއެދި މެސެޖުތައް މީސްމީޑިއާގައި ދެމުންނެވެ.

ބާސާއަށް މިހާތަނަށް 43 މެޗު ވިދާލް ކުޅެދީފައި ވާއިރު ބާސާގެ ސްޓްރައިކާ ސުއަރޭޒްވެސް އެ ޓީމު ދޫކޮށް ވާދަވެރި އެތްލެޓިކޯއާއި ގުޅޭނެކަމަށް ބައެއް މީޑިއާތަކުން ރޭ ވަނީ ރިޕޯޓުކޮށްފައެވެ.