ށ. ފުނަދޫ ޔުނިޓީ ކަޕުގެ ވެޓްރަންސް ފުޓްސަލް މުބާރާތުގެ އަންހެން ބައިގެ ތަށި "ތޭރަ ތިރީސް" ޓީމު އުފުލާލައިފިއެވެ.

ތޭރަ ތިރީސް ޗެމްޕިއަންކަން ހޯދީ އަންހެން ބައިގެ ފައިނަލުގައި އަންމޯ އައްޕޯ ޓީމާއި ވާދަކޮށް 4-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ހަތަރު ޓީމު ވާދަކުރި އަންހެން ބައިގެ ފައިނަލް މެޗުގައި ތޭރަ ތިރީސް ޓީމުގެ އާމިނަތު ނަޖުމާ ވަނީ ތިން ގޯލު ޖަހާފައެވެ. ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ޒުލޭހާ މުހައްމަދެވެ.އެވެ. އަންމޯ އައްޕޯ ޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ ޝެހެރީޒާ އެވެ.

މުޅި މުބާރާތުގެ އަންހެން ބައިގެ އެންމެ މޮޅު ކުޅުންތެރިއާގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ސުވެއިދާ ހުސެއިން އެވެ. ފެއާޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ތޭރަތިރީސް ޓީމުގެ ޝަޒްނާ އެވެ.

އަންހެން ބައިގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އާމިނަތު ނަޖުމާ، ސުވެއިދާ ހުސެއިން، ލީލާ ހާމިދު، ޒުލޭހާ މުހައްމަދު އަދި ޝިރުމީނާ ހުސެއިން އެވެ.

އެންމެ މޮޅު 5 ކުޅުންތެރިން

މުބާރާތުގެ ފިރިހެން ބައިގެ ފައިނަލުގައި ބައްދަލުކުރާނީ ޓިއާމޯ އާއި ޑެޑީޒް ފުޓްބޯލް ކުލަބެވެ. ޖުމްލަ 9 ޓީމަކާއެކު ކުރިޔަށްދިޔަ ފިރިހެން ޑިވިޝަނުގައި 9 ޓީމު ވަނީ ވާދަކޮށްފައެވެ. މި 9 ޓީމާއެކު މުބާރާތް ކުރިޔަށްދިޔައީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ.