ރާއްޖޭގައި ތިބި އިނގިރޭސިވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ހާއްސަކޮށް އުފައްދާފައިވާ ކްލަބް މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓަރސް ކްލަބް މޯލްޑިވްސް (އެމް.ޔޫ.އެސް.ސީ.އެމްވީ)ގެ މެމްބަޝިޕް ކާޑު އިފްތިތާހުކޮށްފިއެވެ.
އޮލިވް ގާޑަން ރެސްޓޯރެންޓްގައި މިކަމަށް ހާއްސަކޮށްގެން ބޭއްވި ހަފްލާއެއްގައި ކާޑު އިފްތިތާހުކޮށްދެއްވީ ގައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ސެކަންޑް އެސިސްޓެންޓް ކޯޗް އަލީ ސުޒެއިންއެވެ. ސުޒެއިން އަކީ އެމް.ޔޫ.އެސް.ސީ.އެމްވީގެ އެންމެ ފުރަތަމަ މެމްބަރެވެ. އަދި އިފްތިހާހްކުރެވުނު ކާޑު އެންމެ ފުރަތަމަ ލިބުނު މެމްބަރުވެސްމެއެވެ.
ނިމުނު ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ޖަމްޢިއްޔާތަކާއި ބެހޭ ޤާނޫނުގެ ދަށުން އެމް.ޔޫ.އެސް.ސީ.އެމްވީ ރަޖިސްޓަރ ކުރެވުނުއިރު 5500 އަށް ވުރެ ގިނަ މެމްބަރުންނާއި އެކު ހިންގާ ފޭސްބުކް ޕޭޖެއްގެ އިތުރުން 600 އަށްވުރެ ގިނަ މެމްބަރުންނާއި އެކު ހިންގާ ވައިބާ ކޮމިއުނިޓީ ގްރޫޕެއްވެސް މިޖަމިއްޔާއިން ހިންގައެވެ.
ޔުނައިޓެޑަށް ސަޕޯޓުކުރާ ކޮންމެ މީހަކަށްވެސް މި ޖަމްއިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުސަތު ލިބިގެންދާއިރު މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވާ ކޮންމެ ފަރާތަކަށް މެމްބަޝިޕް ކާޑު ލިބޭނެއެވެ. މެމްބަރޝިޕް ކާޑު އޮންނަ ފަރާތްތަކަށް އެ މެމްބަޝިޕް ކުލަބާއި ގުޅިފައިވާ ކެފޭ، ރެސްޓޯރެންޓުތަކުން ހާއްސަ ޑިސްކައުންޓެއް ލިބިގެންދެއެވެ.
އެގޮތުން ދަ ޑެކް، ކްލަބް 360، ކެފޭ ސްޓެންޑް، ރޮޒެއިން ކެފޭ، ސަސް ކޮފީ ކްލަބްގެ އިތުރުން ޖަމިއްޔާގެ މެއިން ސްޕޮންސަރ އޮލިވް ގާޑަން އިން މިކާޑު އޮންނަ ފަރާތްތަކަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. މީގެ އިތުރުން ކުޅިވަރުގެ އެކި ސާމާނުތައް ވިއްކާ ވައިޓް ރެބިޓް ސްޕޯޓްސް ފިހާރައިން ވެސް މި ކާޑު ބޭނުންކޮށްގެން ޑިސްކައުންޓް ހޯދޭނެއެވެ.
ކާޑު އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި މެއިން ސްޕޮންސަރ އޮލިވް ގާޑަންއަށް ވަނީ ޖަމިއްޔާގެ ފަރާތުން ހާއްސަ ސުވެނިއަރ އެއް ދީފައެވެ. އޮލިވް ގާޑަންގެ ފަރާތުން އެއާ ހަވާލުވީ އެ ރެސްޓޯރަންޓުގެ ވެރިޔާ އަބްދުﷲ ޝަހީރުއެވެ.
މެންޗެސްޓަރ ޔުނައިޓެޑުގެ ސަޕޯޓާރސް ކުލަބުގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ކުލަބުތަކެއް ދަނީ އެ ކުލަބުގެ ރަސްމީ ފޭން ކުލަބުގައި ރަޖިސްޓްރީވެގެން ހަރަކާތްތެރިވަމުންނެވެ.
މި ޖަމްއިއްޔާގެ ދެން އެންމެބޮޑު އަމާޒަކީ ޔުނައިޓެޑުގެ ރާއްޖޭގެ ރަސްމީ ފޭން ކުލަބެއްގެ ގޮތުގައި އެ ކުލަބުގައި ރަޖިސްޓްރީވުމެވެ.
މަ ބޭނުން ޖޮއިން ވާން.. ބުޅި ކަންވާރު ހުންނާނެތަ؟
ކޮންގުރާ..!!!! މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓަރސް ކްލަބް މޯލްޑިވްސް (އެމް.ޔޫ.އެސް.ސީ.އެމްވީ)
އަލިބެއްޔާ ބުޅިކަންވާރު އެކަންޏެއްނޫން މަހައްދާންބޭނުމިއްޔާ ދޯނި ނޫނީ ލޯންޗް ވެސްލިބިދާނެ އަވަހަށް ގުޅިވަޑައިގަންނަވާ
6-1
މަ ބޭނުން ޖޮއިން ވާން..