ބާސެލޯނާއިން ގިނަ ގޯސްތަކެއް ހަދާފައިވާ ކަމަށާއި އެންމެފަހުން އެ ކުލަބުން ދޫކޮށްލި އިތުބާރު ފޯވާޑް ލުއިޒް ސުއަރޭޒްގެ ބަދަލުގައި ފޯވާޑެއް ނެތުމަކީ ޓީމުން ހެދި ބޮޑު ގޯހެއް ކަމަށް އެ ކުލަބަށް ކުރިން ކުޅުނު ބްރެޒިލްގެ ކުޅުންތެރިޔާ ރިވާލްޑޯ ބުނެފިއެވެ.

ބާސާގެ މިހާރުގެ ރައީސް ބާޓަމައޮ އަށް އެންމެބޮޑަށް ފާޑުކިޔާ ކުޅުންތެރިންގެ ތެރޭގައި ރިވާލްޑޯ ހިމެނެއެވެ. އަދި ކުލަބުގެ ހިންގުން ހަރުދަނާކުރުމަށް އެންމެ ގިނައިން މީޑިއާތަކުގައި ވާހަކަދައްކާ ބާސާއަށް ކުރިން ކުޅުނު ކުޅުންތެރިންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ.

ސްޕެއިންގެ ބާސެލޯނާއިން، އުރުގުއޭގެ ފޯވަޑް ލުއިސް ސުއަރޭޒްގެ ބަދަލުގައި މި ސީޒަނަށް ފޯވަޑެއް ނުގެންދިޔުމަކީ ހެދި ބޮޑު ގޯހެއް ކަމަށް ކްލަބު ލެޖެންޑް ރިވާލްޑޯ ބުނެފިއެވެ.

ރިވާލްޑޯ ބުނީ ސުއަރޭޒް ދޫކޮށްލިއިރު ކުޑަމިނުން ކުލަބުން އޭނާގެ ބަދަލުގައި ގެންނާނެ ކުޅުންތެރިއެއް ވިސްނާފައި ނެތުމަކީ ދެރައެއް ކަމަށެވެ. އަދި އިތުރު ގޮތްތަކެއް ހޯދަން ދެން ވަގުތު ފާއިތުވެއްޖެ ކަމަށާއި ކުލަބަށް ބަދަލުތަކެއް އަންނަން ޖެހޭކަމަށްވެސް ރިވާލްޑޯ ބުންޏެވެ.

ސުއަރޭޒް ނެތްތަން ލީގު މެޗެއްގައި ނުދައްކަފާނެ ކަމަށާއި ނަމަވެސް ޗެމްޕިއަންސް ލީގު ފަދަ ބޮޑު މުބާރާތެއްގައި އެފަދަ ކުޅުންތެރިއެއްގެ ބޭނުން ބާސާއަށް ޖެހޭނެކަމަށެވެ.

އެ ޒަމާނުގައި ދުނިޔޭގައި ހުރި އެންމެ ކުޅަދާނަ އެޓޭކިން މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ރިވާލްޑޯ ވަނީ ބާސާއަށް ކުޅެދިން ދުވަސްވަރު 157 މެޗު ކުޅެ، 86 ގޯލު ޖަހާފައެވެ.