2014 އިން ފެށިގެން 2020 އާއި ހަމައަށް ވިދާލި ތަރި ލުއިސް ސުއަރޭޒް މި އަހަރު ގުޅުނު ގްރެމިއޯ އާއި އޮތް ކޮންޓްރެކްޓްގެ މުއްދަތު ކުރުކުރުމަށް ފަހު ޑިސެމްބަރުގައި ސީޒަން ނިމުމުން އެ ކްލަބު ދޫކޮށްލަން ނިންމައިފި އެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއް ސުއަރޭޒްގެ އެދުމުގެ މަތިން އެ ކްލަބް އާއި އެކު އޮތް ނަމަވެސް އެ ކޮންޓޮރެކްޓްގެ މުައްދަތު ވަނީ ކުރުކޮށްފަ އެވެ. އެއީ ސީޒަން ނިމެންދެން ބްރެޒިލްގައި މަޑުކުރާ ގޮތަށް ޝަރުތުކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސުއަރޭޒް އަށް އެހެން ކްލަބް އަކާ ގުޅެން ވެސް ފަސޭހަވާނެއެވެ.

ހުނަރުވެރި ސުއަރޭޒް އެންމެ ވިދާލި ދުވަސްވަރު ކުޅެމުން އައީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ ކަމަށް ގިނަމީހުން ބުނާ ލިއޮނަލް މެސީއާއި އެކުއެވެ. ނަމަވެސް 2020 ވަނަ އަހަރު ސުއަރޭޒް ބާސެލޯނާ ދޫކޮށް އެޓްލެޓިކޯ މެޑްރިޑާއި ގުޅުނު ހިސާބުން މިދެ ކުޅުންތެރިން ވަކީވީއެވެ. ޖެހިގެން އައި އަހަރު މެސީ ވެސް ވަނީ ބާސެލޯނާ ދޫކޮށް ފްރާންސުގެ ޕީއެސްޖީއާއި ގުޅިފައެވެ.

އަންނަ ޑިސެންބަރަށް ސުއަރޭޒްގެ ކޮންޓްރެކްޓް ނިމޭ މުއްދަތު އަވަސްކޮށްފައި ވާއިރު ސުއަރޭޒްގެ ވިސްނުން އިންޓަރ މިއާމީ ގުޅެން ހުރެއްޖެނަމަ އޭނާގެ އެކުވެރި މެސީއާއި އެކު ކުޅުމުން އަނެށްކާވެސް ފެނުމުގެ ފުރުސަތު އެބައޮތެވެ. ސުއަރޭޒްގެ ޓްރާންސްފާ އިންޓަރ މިއާމީން ނަގައިފިނަމަ ސުއަރޭޒް މިހާރު ކުޅެމުން އަންނަ ގްރެމިއޯއަށް އެއްވެސް ޓްރާންސްފާ ފީއެށް ނުލިބޭނެއެވެ.

ގްރެމިއޯއިން ސުއަރޭޒް ދޫކޮށްލަން ބޭނުން ނޫންކަމަށާއި ސުއަރޭޒް ކްލަބް ދޫކޮށްލަނީ އަމިއްލައަށް ބޭނުންވެގެންކަން ގްރެމިއޯއިން ވަނީ ފާހަގަކޮށްއެވެ. ސުއަރޭޒްގެ ގިނަ އިންޖަރީ ތަކަކާއިއެކުވެސް އޭނާ ވަނީ އެ ލީގުގައި އެންމެ ގިނައިން ގޯލްޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. ސުއަރޭޒް ވަނީ 32 މެޗްގައި 16 ގޯލް ޖަހާ 9 އެސިސްޓް ކޮށްފައެވެ.

ނަމަވެސް މި ސީޒަން ނިމުމަށް ފަހު ސުއަރޭޒްއަށް ކްލަބް ދޫކޮށް ފުރުމުގެ ފުރުސަތު ވަނީ ގްރެމިއޯއިން އޭނައަށް ދީފައެވެ.