ފީފާ ވޯލްޑް ކަޕުގައި އުރުގުއޭ ޓީމަށް ލިބުނު ނާކާމިޔާބީ އާއިއެކު، ޗުއްޓީ ހޭދަކޮށްލުމަށް އެޓީމުގެ ތަރި ސުއިސް ސުއަރޭޒް ރާއްޖެ އަތުވެއްޖެއެވެ.

ސުއަރޭޒް ރާއްޖެއަައީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ. އޭނާ އާއިއެކު ތިން ދަރިންނާއި އަނބިމީހާ ސޯފިއާ ވެސް ރާއްޖެ އައިކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ސުއަރޭޒް ޗުއްޓީ ހޭދަކުރަމުން ދާނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ސުއަރޭޒް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނާއިއެކު މިއަދު ފޮޓޯ ވެސް ނަގާފައެވެ.

ވޯލްޑް ކަޕުގެ ގްރޫޕް އެޗްގެ ފަހު މެޗުގައި ގާނާ އަތުން 2-0 އިން އުރުގުއޭ މޮޅުވި ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް އަތުން 2-1 އިން ދެކުނު ކޮރެއާ މޮޅުވުމާ އެކު، އުރުގުއޭ ކަޓައި ކޮރެއާ ދެ ވަނަ ބުރަށް ދަތުރުކޮށްފި އެވެ.

މި މެޗުގެ ކުރިން ވެސް ދެ ވަނަ ބުރު ކަށަވަރުކޮށްފައި އޮތް ޕޯޗުގަލް މެޗުން ބަލިވި ނަމަވެސް ހަ ޕޮއިންޓާ އެކު ވަނީ ގްރޫޕުގެ އެއް ވަނަ ހޯދައިފަ އެވެ. ކޮރެއާ ދެ ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދިޔައީ އުރުގުއޭއާ އެއްވަރަށް ހަތަރު ޕޮއިންޓް ލިބުނު ނަމަވެސް ޖެހި ގޯލު ގިނަވުމުންނެވެ. ދެ ޓީމުގެ ގޯލް ފަރަގު އެއްވަރެވެ. ގާނާ ފުލަށް ދިޔައީ ތިން ޕޮއިންޓާ އެކު އެވެ.

ސުއަރޭޒްގެ އިތުރުން ވޯލްޑްކަޕްގައި ކުޅުނު އެހެން ބައެއް ކުޅުންތެރިން ވެސް މިހާރު ވަނީ ޗުއްޓީއަށް ރާއްޖެ އައިސްފައެވެ. އޭގެތެރޭގައި ކެމަރޫން ޓީމްގެ ޓޮކޯ އެކަމްބީ އާއި ޖަރުމަން ޓީމްގެ ނިކްލަސް ފުލްކްރަގް ހިމެނެއެވެ.

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ލީގްތަކުގެ ކުޅުން ދެން ފަށާނީ ވޯލްޑްކަޕް ނިމި، ކްރިސްމަސް ޗުއްޓީއަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ބުނަންތަ. ދިވެއްސެއްގެ ގައިގައި ދަތްއެޅިއްޔާ ސަންތިމަރިޔަނބު ފޮނުވައިގެން ދަތްކޮޅު އުފުރާލާނަން

    6
    1
  2. ނަސީ

    ހުރިހާ ޓީމުތަކެއް އަވަހަށް ކެޓިވަރެއްނު ރާއްޖެއަށް ރަނގަޅީ. ހުރިހާއެންމެން އަންނާނެ.

    6
    1
  3. ޙަނދުކޭތަ

    ތިޔަ އެއާރޕޯަޓެއްގަ ތިބޭ މީކަކު އަންނައިރައް ސެލްފީއާ ފޮޓޯނަގަން ބައިތިއްބާފަ ތިބޭ އަންހެނުންނާ ފިރެހެނުން ތަކެއް

    8
    1
    • މީކަކު؟؟

      އޯކޭތަ ބުރޯ!!!!!؟

  4. ސަންތި މަރިޔަނބު

    ދަތްޕިލަ ގެނައިތަ؟

    6
    3
  5. ކިޔު

    މަރުހަބާ ރާއްޖެއަށް! ހުރިހާ އެއްމެންވެސް އާދޭ ނިންމާފަ!