އުފަން ދުވަސް ފާހަގަކުރުމަށް އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރު ސުރްބީ ޖޯތީ ރާއްޖެއަށް އައިސްފި އެވެ.

ސުރްބީ ވަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ އެކި މަންޒަރުތަކުގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ސުރްބީ ހާމަކޮށްފައިވާ ގޮތުގައި އޭނާ ރާއްޖޭގައި މަޑުކޮށްގެން ހުރީ ކޮކޯ ޕާމް ބޮޑު ހިތި މޯލްޑިވްސް ރިސޯޓްގަ އެވެ.

ސުރްބީއަށް 35 އަހަރު ފުރިފައިވަނީ އިއްޔެ އެވެ. ކޮކޯ ޕާމް ރިސޯޓުން ވަނީ އޭނާގެ އުފަން ދުވަހުގެ ހަދިޔާއަކަށް ކޭންޑަލް ލައިޓްގެ ޑިނާއެއް ދީފަ އެވެ.

އިންސްޓަގްރާމްގައި ސުރުބީ ވަނީ އޭނާ ރަހުމަތްތެރިންނާއިއެކު އިއްޔެ ނަގާފައިވާ ފޮޓޯތައް ވެސް ހިއްސާކޮށްފަ އެވެ. އެ ފޮޓޯތަކުން ރިތްވިކް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

ސުރްބީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް

ސުރުބީ ވަނީ އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވި ހުރިހާ އެންމެނަށް ހިތުގެ އަޑިން ޝުކުރު އަދާކޮށްފަ އެވެ.

ސުރްބީ އާންމުގެ ތެރެއަށް މަޝްހޫރުވެގެން ދިޔައީ ޒީޓީއިން ގެނެސްދިން ގަބޫލްހޭ ސީރީޒް އިން ނެވެ. އޭގެ ފަހުން ސުރުބީ ވަނީ ކޮއި ލޯޓް ކޭ އާޔާ ހޭ އަދި ކަލާސް ޓީވީގެ މަޝްހޫރު ސީރީޒް ނާގިން އިން ވެސް ފެނިފަ އެވެ. ހިންގީ ޑްރާމާތަކުގައި އިތުރުން ޕަންޖާބުގެ ފިލްމުތަކުގައި ވެސް ސުރުބީ ވަނީ މަސައްކަތް ކޮށްފަ އެވެ.

ސުރުބީ ވަނީ ޗުއްޓީ ހޭދަކުރުމަށް މީގެ ކުރިން ވެސް ރިތިވިކް އާއި އެކުގައި ރާއްޖެއަށް އައިސްފަ އެވެ. އެ ދެ ތަރިން ރައްޓެހިވެގެން އުޅޭ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް އެކަމަށް އެ ތަރިންނެއް އެއްބަހެއް ނުވެ އެވެ.