3-1 އިން ލިވަޕޫލް ބަލިކުރުމަށްފަހު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

ޔުކްރޭންގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ކުރީކޮޅު ލިވަޕޫލް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 31 ވަނަ މިނެޓްގައި އެޓީމުގެ މުހައްމަދު ސަލާހު އަށް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. ސަލާހު އަށް އަނިޔާވެފައިވަނީ ރެއާލްގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ކުރި ފައުލަކާއި ގުޅިގެންނެވެ.

ސަލާހު ބަދަލުކުރުމާ އެކު ލިވަޕޫލްގެ ކުޅުމަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާއިރު މި ހާފުގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުން ކުރެ ޓީމަކަށް ލިބިފައެއް ނުވެއެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ރެއާލްގެ އިސްކޯ ވަނީ ލިވަޕޫލްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

މި ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 51 ވަނަ މިނެޓްގައި ރެއާލް އިން ވަނީ ލީޑު ނަގާފައެވެ. މި ގޯލު ރެއާލް އަށް ކާމިޔާބުކޮށްދިނީ ކަރީމް ބެންޒެމާ ކަމަށްވާއިރު މިއީ ލިވަޕޫލްގެ ކީޕަރު ކަރިއުސް އަތުން ހެދުނު ގޯހަކުން ވަތް ގޯލެއްކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް މި ގޯލު ކާމިޔާބުކުރިތާ ހަތަރު މިނެޓްފަހުން ސަޑިއޯ މާނޭ ވަނީ ލިވަޕޫލް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ލިވަޕޫލްގެ މި ގޯލާއެކު ރެއާލް އިން ވަނީ އިސްކޯ ބޭލުމަށްފަހު ގެރެތް ބޭލް ކުޅެން އަރުވާފައެވެ.

ބޭލް ކުޅެން އެރިތާ ތިން މިނެޓްތެރޭ އޭނާ ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ ރެއާލް އަށް ދެވަނަ ފަހަރަށް ލީޑު ނަގާދީފައެވެ. މި ގޯލު ބޭލް ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބައިސްކަލް ކިކަކުންނެވެ. މި ގޯލަށްފަހު ރެއާލް އިން ރަނގަޅަށް ކުޅެމުންދިޔައިރު މެޗުގެ 70 ވަނަ މިނެޓްގައި މާނޭ ފޮނުވާލި ހަމަލާއެއް ވަނީ ރެއާލްގެ ގޯލުގެ ދަނޑި އަށް އަމާޒުވެފައެވެ.

މި މެޗުގައި ރެއާލް އިން ކާމިޔާބުކުރި ތިންވަނަ ގޯލު މެޗުގެ 83 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް މޮޅު ކުޅުމެއް ދެއްކި ބޭލްއެވެ. ބޭލްގެ މި ގޯލުގައި ވެސް ލިވަޕޫލްގެ ކީޕަރު ކަރިއުސް އަށް ގޯސްތަކެއް ހެދިފައިވާކަން ފާހަގަކޮށްލެވެއެވެ.

މިއީ ޗެމްޕިއަންސް ލީގު ރެއާލް އިން ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ ފަހަރު ކަމަށްވާއިރު މިއީ މި މުބާރާތުގެ މުޅިން އާ ރެކޯޑެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. 3ނިރު

    ބާސާކުދިން ދެންރޯލާ

    • ޣދނދނދނދނދނދނނ

      ބާސާތަ މިރޭކުޅުނީ؟

      • ބާކަލޯނަންސް

        ލިވަރޕޫލް އަށްވުރެ ބޮޑަށް ރުޅިގަދަވީ ބާސާ ކުދިން. އެހެންމަ ބާސާ އެއްނު ކުޅުނީ

  2. ޫުފޖވފހ

    ޔުއެެފާ މެޑްރިޑް

  3. ވަށަފަރު

    ބަލަގަ ބާާސާ ކުދިން ރޯކަށް ނުޖެހޭނެ. މިސީޒަންގަ 2 ތަށި ހޯދައިފި. އުފާވަނީ. ދެން އަތް ޖަހާ

    • ޕިސް ޕިސް

      ބާސާ ކުދިން ހަމަ ރޯންޖެހޭނީ..

  4. ސަލާހް

    މީ ވެސް ދެން ހަމަ ބްރޭކިން ނިއުަސް އެއް ތަ؟

  5. ރަށްދު

    ބާސާގެ ސަޕޯޓަރުން ހީވަނީ ލިވަޕޫލަށް ސަޕޯޓް ކުރާވަރުން އެހެންކަމެއްހެން ރެއާލްމެޑުރިޑް ސަޕޯޓަރުން ދެރަކުރަންވެގެން ދެންބުނެވޭނީ ބާސާގެ ސަޕޯޓަރުން ރޯލާލާށޭ މިހާރު ތިބޭނެ ބިއްޖެހިފަ ތަންތާގަ ޗެމްޕިއަންސްލީގުގެ ތަށި ސަރަފުވެރިވާ ސުޕެއިން ލީގުގެ 4 ތަށްޓަށްވުރެ ރޮނާޑޯ އެހަދާލީ ޗެންޕިއަންސް ލީގުގެ ތަށިން ރެކޯޑް މެސީ ކީކުރާނ

    • ހުވަދޫ މީހާ

      ރޮނާލްޑޯ އޭ؟؟؟ އެ ކާކު؟؟؟ އޭނާ ކުޅުނުތަ؟؟؟ބުއައްހައްހައްހާ.ލަދުން ބޯ ހަލާކު

  6. ޕޮފުބާ

    ޗެމްޕިއަންސްލީގުން ކުރިސްޓިއަން ރޮނާޑޯ ތަށިން ހެޓްރިކު ހަދައިފި ވިދިވިދިގެން ތިންފަހަރު ޗެމްފިއަންސް ލީގުގެ ތަށި އުފުލާލުމުގެ ސަރަފް ހަމައެކަނި ރެއާލްމެޑްރިޑުގެ ހުރިހާ ކުޅުންތެރިން ހޯދައިފި ބަސާއަކަށް މިކަމެއް ނުވާނެ ދުނިޔޭގައޮތް އެންމެމޮޅު ފުޓްބޯޅަ ކުލަބް ޗެމްޕިއަނުންގެ ޗެމްޕިއަންސް ރެއާލް މެޑުރިޑް ހަޖަމް

  7. Anonymous

    ތި ރޯމަސް އަކީ ކުޅޭކޮންމެ މެޗެއް ގައި އޭނަގެ އަތުން ގަސްތުގައި ކުޅުންތެރިޔާ ނުކުޅެދޭ ވަރު ކޮށްފައިވާ ޖިސްމާނީ އަނިޔާ ދިނުމުގައި ހައްދުފަހަނަޅާފަިވާ ކުޅުންތެރިޔެއް. ރޭގަ މުސްލިމު ކުޅުންތެރިއެއްނޫން މީހަކަށް އެ ފައުލް ކުރި ނަމަ ރަތްކާޑަކާއެކު ތި ލޭބޯރާޯމޮސް ދަނޑުން ފައިބާ ތަން ފައިބާ ތަން ފެނުނީސް... ރޯމަސް...

    • ޕަކާސް

      ރާމޯސްއަކީ ހުރިހާ ޓެކްޓިކަކަށް ލޯހުޅުވޭ ކުޅުންތެރިއެއް. ގެރިކޮށް ކުޅެންފެށިއްޔާ އެއްވުރެ ނުބާވާނެ. މަކަރު ހަދަންޏާ އޭނާ މާގިނަ މަކަރު ހަދާނެ. ރީއްޗަށް ކުޅުނިއްޔާ ވަރަށް ސަޅިކޮށް މާކުކޮށް ބަލަހައްޓާނެ. ރޭ މެޗް ފިޒިލަލްކޮށް ޖެއްސީވެސް ލިވަރޕޫލުން. އެލަނޑު ލިބުނީ ޞަލާހަށް. އެމީހުން އެވަރުކުރާތީ ރެއާލުން ރޭގައި ކޯނަރުތައްވެސް ގިނަފަހަރު ކޮށްޓާލަނީ.

  8. Anonymous

    ރެފްރީދިނީމަ ލިބޭނެ ދޮހ. ކޮބާރޯމޯސް އަށް ދަށްކަންހެހޭ ރަތްކާޑު!!!! ރަތްކާޑުބެ ދަނޑުމަށްޗަށް އަރާފިއްޔާ މީހަކު ހަލާކު ކޮށްލާނެ!! ރެފްރީއަށް ނުފެނިއްޖެއްޔާ ސަލާމަތް ވާނެ އެހެންނޫނީ ރަތެއް ބައްލަވައިގަންނާނެ..

    • ހުސޭނުބޭ

      އާއެކޭ ރެފްރީ ހަމަ ދިނިއްޔޭ! ބޭލް ބުރަކަށީގައި ފިރުމާލާފައި ބުންޏޭ ކޮއްކޯއޭ މާސެލޯ އެއޮއް ހުރަސް ނަގަނީއޭ އަވަހަށް ބައިސްކަލް ކިކެއް ޖަހާށޭ! ބޭލް ޝޯޓް ނެގިވަގުތުވެސް ލިވަރޕޫލް ކީޕަރާ ދިމާލަށް ބުންޏޭ ބޯޅާގައި އަތްލިއްޔާ ރަތްކާޑު ދައްކާނަމޭ!

  9. ރަށްދު

    ޑިފެންޑަރުންގެ ޒިންމާ އެގޭތަ؟ ބައިކޮޅަށް ނުރަށްކާ ވާންއުޅޭ ކިޮންމެ ފަހަރަކު އިދިކޮޅު ކުޅުންތެރިޔާ ފައުލް ކޮއްގެންވެސް ހުއްޓުވަންޖެހޭނެ ރާމޯސް އަކީ އޭގެ މިސާލެއް ނަމްބަރ 1

    • ޜެފްރިީ

      ދެން ލަލަލާަ. ބާސާ ކުދިން ހަޖަމް ޕުލީސް

  10. ާަްއާންތު

    އަލްހަމްދު ލިއްލާހި

    ބާސާ ކުދިން ދެން ޖެހޭނީ ތިހެން ކިޔަ ކިޔާ

    ތިބެން ރެފްރީ ދިނީޔޭ. ދެން ލަލަލާލާ