މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި ވަރުގަދަ ކުޑަހެންވޭރު ޔުނައިޓެޑުން ޒެފަރސް އަތްދަށުކޮށްފިއެވެ.

މުބާރާތުގެ ފެށުން ކުޑަހެންވޭރު ޔުނައިޓެޑުން ރަނގަޅުކުރީ ޒެފަރސް އާއި ވާދަކޮށް 7-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ކުޑަހެންވޭރު ޔުނައިޓެޑުންނެވެ. އަދި ޒެފަރސް ވެސް ވަނީ ލިބުނު ފުރުސަތުތަކުގައި ކުޑަހެންވޭރު ކޮޅަށް ބާރުބޮޑުކޮށްފައެވެ.

މި މެޗުގައި ވާދަކުރި ކުޑަހެންވޭރު ޔުނައިޓެޑު ޓީމުގައި ފުޓްސަލްގައި ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ތިއްބެވެ. އެގޮތުން އައްޑޫގައި އެންމެފަހުން ބޭއްވި ވަގުތު ފުޓްސަލް ޗެލެންޖުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އިސްމާއީލް ވިފާގު ގެ އިތުރުން ފުޓުބޯޅައިން ފާހަގަކޮށްލެވޭ ކުޅުންތެރިން ކަމަށްވާ އިސްމާއީލް އީސަ (މެސީ) އާއި ހަސަން އަދުހަމް (ސަޑޭ) އާއި ޓީސީގެ ކުރީގެ ކެޕްޓަން ޔާމިން އިބްރާހިމް (ޔާމްބެ) އާއި ސަލާސް ގެ އިތުރުން ފުޓުބޯޅަ ދަނޑުތަކުން ވިދާލި އަބްދުﷲ މުއާޒް (އޮޓޯ) ފާހަގަކޮށްލެވެއެވެ.

މެޗު ދެ ޓީމުންވެސް ފެށީ ވަރުގަދަކޮށެވެ. މެޗު ފަށައިގެން ކުޑަހެންވޭރު ޔުނައިޓެޑުން ގިނަވަގުތު ބޯޅަ ހިފަހައްޓަައިގެން ކުޅުނެވެ. ފުލުފުލުގައި ގިނަ ހަމަލާތައް ފޮނުވާލަން މަސައްކަތްކުރި ނަމަވެސް ޒެފަރސް ޓީމުގެ ކުޅުންތެރިން ފަހަތަށް ޖެހިގެން ވަރަށް ރަނގަޅަށް ބޯޅަތައް ހޯދިއެވެ. ނަމަވެސް އެ ޓީމަށް މާގިނައިރަކު ވަރުގަދަ ކުޑަހެންވޭރު ޔުނައިޓެޑު ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ. މި ހާފުގެ ފަހުކޮޅު ކުޑަހެންވޭރު ޔުނައިޓެޑުގެ މުހައްމަދު ނާފިއު އަހުމަދު ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ.

މި ލަނޑަށްފަހު ވެސް ޒެފަރސް ޓީމުން ކުރިޔަށްޖެހި ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތްކުރި އެވެ. ނަމަވެސް ކުޑަހެންވޭރު ޔުނައިޓެޑުގެ ތަޖުރިބާކާރު ކުޅުންތެރިން އޭގެ ބޭނުންހިފައި އިދިކޮޅު ޓީމަށް ބާރުބޮޑުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ކުޑަހެންވޭރު ޔުނައިޓެޑުގެ ދެވަނަ ގޯލު ޖަހައި ، އިސްމާއީލް އީސަ (މެސީ) ވަނީ އެ ޓީމަށް ނަތީޖާ ފުޅާކޮށްދީފައެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ކުޑަހެންވޭރުން ވަރުގަދަކޮށް ފެށިއެވެ. ފުރަތަމަ ހާފާއި ހިލާފަށް މި ހާފުގައި އެ ޓީމުން ބޯޅަ ގެންގުޅުނު ވަގުތު ގިނައެވެ. ނަތީޖާއެއްގެ ގޮތުން އަބްދުﷲ މުއާޒް (އޮޓޯ) ތަނަވަސްކޮށްދިން ބޯޅައަކުން ކުޑަހެންވޭރުގެ ތިންވަނަ ލަނޑު ސަލާސް ކާމިިޔާބުކޮށްދިނެވެ.

މެޗުގެ ދެވަނަ ހާފުގައި މުއާޒް ތަނަވަސްކޮށްދިން ބޯޅައަކުން ކުޑަހެންވޭރުގެ ތިންވަނަ ލަނޑު ކާމިިޔާބުކޮށްދިނީ ސަލާސް އެވެ. އެއަށްފަހު އިސްމާއީލް ވިފާގު ގެ މޮޅު ކުޅުމާއެކު އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހިއެވެ. މި ލަނޑަށްފަހު އިދިކޮޅު ޓީމު ގާތްގަނޑަކަށް ހުއްޓުން އެރިއެވެ. އިސްމާއީލް އީސަ (މެސީ) ފުލުފުލުގައި ކާމިޔާބުކުރި ތިން ލަނޑާއެކު ޒެފަރސް ޓީމަށް ގޮތްހުސްވި އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޑަހެންވޭރު ޔުނައިޓެޑުގެ އިސްމާއީލް އީސަ (މެސީ) އެވެ. އޭނާއަށް އިނާމު ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު ޓްރިޕަލް އޭއެޗް ގެ އެމްޑީ އިބްރާހިމް މުހައްމަދު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ހަވާލުކޮށްދެނީ

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" ޕިއްޒާ އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ. އަދި އެސްޖޭ ހާޑްވެއަރ ވެސް ހިމެނެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މުބާރާތުގައި މިރޭ ކުޅޭފަހު މެޗުގައި ބައްދަލުކުރާނީ މަސްއޮޑި ސްޕޯޓްސް ކުލަބާއި ޗިކަން ސްޕޯޓްސް ކުލަބެވެ