މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި އައެ ޖީ އެފްސީ 2-1 އިން ބަލިކޮށް މުބާރާތުގެ ފެށުން ބުރު ސްޕޯޓްސް ކުލަބުން ރަނގަޅުކޮށްފި އެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްވިއެވެ. މި މެޗުގައި ބުރު ސްޕޯޓްސް ކުލަބުގެ ގޯލުތައް ޖަހައިދިނީ އަހުމަދު މަކްދޫމް އާއި އިބްރާހިމް މައިސާން އެވެ. އައެ ޖީ ޓީމަށް މި މެޗުގައި ލަނޑު ޖަހައިދިނީ އަބްދުލް ސަމީއު ހަސަން އެވެ.

އައެޖީ އަދި ބުރު ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބުރު ސްޕޯޓްސް ކުލަބުގެ ގޯލްކީޕަރު މުހައްމަދު ރާއިފުު އަބްދުﷲ އެވެ. މި މެޗުގައި ރާއިފުގެ ފަރާތުން މޮޅު ސޭވްތަކެއް ފެނިގެންދިޔަ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު ރާއިފް އަށް ޓްރޮފީ ހަވާލުކުރަނީ

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" ޕިއްޒާ އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ. އަދި އެސްޖޭ ހާޑްވެއަރ ވެސް ހިމެނެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މުބާރާތުގައި މިރޭ (2021-01-23) ކުޅޭ މެޗުތައް (މަޅި އެމްވީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ)

20:00: ކުލަބް އޯވަންއޯ- ހަލަބޮލި

21:00: އެންއެސް ރޯމާ- ޓްވިންސް ގާޑަން

22:00: ވީކޭ- ސްކޮޑްރާ ސްޕޯޓްސް ކުލަބް

23:00: ދަ ރޯޔަލްސް- ކުޑަހެންވޭރު ލަޔަންސް