މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގައި އާން ދޯ ބަލިކޮށް އެފްސީ ޒެފިއާ ދެވަނަބުރުގެ އުއްމީދު އާކޮށްފިއެވެ.

މުބާރާތުގެ ގްރޫޕް އީގައި ހިމެނޭ އާން ދޯ ގެ މައްޗަށް އެފްސީ ޒެފިޔާ ކުރިހޯދީ 6-4 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު މުބާރާތުގެ ދެވަނަބުރަަށް ދިއުމަށް ޒެފިޔާއަށް ބޮޑު އުއްމީދެއް ވަނީ ލިބިފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ޒެފިޔާ ވީ އެއްވަރެވެ. އެ ޓީމު އެއްވަރުވީ މެންޗެސްޓަރ ޔުނައިޓެޑ ސަޕޯޓާސް ކުލަބު އަތުންނެވެ.

އަނެއްކޮޅުން އާން ދޯ ޓީމު ވަނީ މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވެފައެވެ. އެ ޓީމު މޮޅުވީ ނަމުރު އެފްސީއާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ. މި ބައްޔާއެކު އާން ދޯ ޓީމު ދެވަނަބުރުގެ ޖާގައެއް ކަށަވަރުކުރަން އިތުރު އިންތިޒާރެއް ކުރަން ޖެހެއެވެ .

ޒެފިޔާ އާއި އާން ދޯ ބައްދަލުކުރި މެޗުގެ ތެރެއިން

މި މެޗުގައި އެފްސީ ޒެފިޔާ ޓީމަށް ލަނޑުތައް ޖަހައިދިނީ ހެޓްރިކެއް ހެދި ސަޔަމް ސައީދު އާއި ދެ ލަނޑު ޖެހި ތިލްމީޒްގެ އިތުރުން އެއް ގޯލު ޖެހި ފާރިޝް އެވެ. އަނެއްކޮޅުން އާން ދޯ ޓީމުގެ ލަނޑުތައް ޖަހައިދިނީ ހެޓްރިކެއް ހެދި އާދަމް މަންސޫރު އާއި އަބްދުﷲ ސިމާހު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސަޔަމް ސައީދެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ