މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ދެވަނަބުރުގެ ޖާގައެއް އެފްސީ ޒެފިއާ ހޯދައިފިއެވެ.

މުބާރާތުގެ ގްރޫޕް އީގައި ހިމެނޭ އެފްސީ ޒެފިއާ ދެވަނަބުރުގެ ޖާގައެއް ކަށަވަރުކުރީ އެ ޓީމު ކުޅުނު ގްރޫޕުގެ ފަހު މެޗުގައި ނަމުރު އެފްސީ 5-0 އިން ބަލިކޮށްގެންނެވެ. މި ނަތީޖާއާއެކު އެ ޓީމު ދެވަނަބުރަށް ދަތުރުކުރީ ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެ ޖުމްލަ ހަތް ޕޮއިންޓާއެކު އެވެ. އެއީ ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްގެންނެވެ.

ޒެފިއާ އާއި ނަމުރު ބައްދަލުކުރި މެޗުގެ ތެރެއިން

މުބާރާތުގައި އެފްސީ ޒެފިއާ ކުޅުނު ފުރަތަމަ މެޗުން އެއްވަރުވީ މެންޗެސްޓަރ ޔުނައިޓެޑް ސަޕޯޓާސް ކުލަބް އަތުންނެވެ. ދެވަނަ މެޗު ޒެފިއާ ކާމިޔާބުކުރީ އާން ދޯ 6-4 އިން ބަލިކޮށްގެންނެވެ. މި ނަތީޖާއާއެކު ނަމުރު އެފްސީ ވަނީ މުބާރާތުން ކަޓާފައެވެ. އެއީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ބަލިވުމާއި ގުޅިގެންނެވެ.

މި މެޗުގައި އެފްސީ ޒެފިއާ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ފާރިޝް އެވެ. ދެން އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ނޫރިޝް އާއި ފަސާހު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޒެފިއާ ގެ ފާރިޝް އެވެ.

މުބާރާތުގައި މިއަދު (28 ޖެނުއަރީ 2021) ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.