މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިއަށް ގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ވާދަކުރާ ދެ ޓީމަކަށް މަސްއޮޑި ޓައިޓަންސް އާއި ކުލަބް ކާސިންޖީ (ސީކޭ) ވެއްޖެއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ސީކޭ ހޯދާފައިވަނީ ދެ ވަނަބުރުގައި އާން ދޯ 3-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަދި މަސްއޮޑި ޓައިޓަންސް ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ދެ ވަނަބުރުގައި ޗިކަންސް ސްޕޯޓްސް ކުލަބް 5-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މަސްއޮޑި ޓައިޓަންސް އާއި ޗިކަން ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު މަސްއޮޑި ޓައިޓަންސް ކާމިޔާބުކުރި މި މެޗުގައި މަސްއޮޑި ޓީމަށް ލަނޑުތައް ޖަހައިދިނީ ނާއިހް މުފީދާއި އިބްރާހިމް ރިމާހުގެ އިތުރުން އިބްރާޙިމް ސިމާހު އާއި އަހުނަފް ރަޝީދެވެ.

މީގެއިތުރުން އަހުނަފު ރަޝީދު ވަނީ ދެ ގޯލު ޖަހާފައެވެ. މެޗުގައި ޗިކަންސް ސްޕޯޓްސް ކުލަބުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އިބްރާހިމް ނަދާދްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަސްއޮޑި ޓައިޓަންސްގެ އަހުނަފު ރަޝީދެވެ.

މަސްއޮޑި ޓައިޓަންސް އާިއ ޗިކަން ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ދެނީ

އާން ދޯ އަތުން ސީކޭ މޮޅުވި މެޗުގައި ސީކޭ ޓީމަށް ލަނޑުތައް ޖަހައިދިނީ އަހުމަދު ޝިޒާން އާއި އަބްދުﷲ ފައުޒާންގެ އިތުރުން އަހުމަދު ނަސީމުއެވެ. މެޗުގައި އާން ދޯ ޓީމުގެ ދެ ލަނޑު ޖަހައިދިނީ އާދަމް މަންސޫރާއި މޫސާ ނާޖިހު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީކޭ ޓީމުގެ އަހުމަދު ޝިޒާން އެވެ.

އާން ދޯ އަދި ސީކޭ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ދެނީ

މުބާރާތުގެ ކުއާޓާފައިނަލުގެ ފަހު މެޗުގައި މަސްއޮޑި ޓައިޓަންސް އާއި ކުލަބް ކާސިންޖީ (ސީކޭ) ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ 23:00 ގައެވެ. މި މެޗު "މަޅި އެމްވީ" ފޭސްބުކް ޕޭޖުން ވަގުތުން ފެންނާނެ އެވެ.

މުބާރާތުގެ ކުއާޓާފައިނަލްގެ މެޗުތައް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭގަނޑެވެ. ކުއާޓާ ފައިނަލުން މޮޅުވާ ޓީމުތަކާއެކު މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅޭނީ ފެބްރުއަރީ އެކެއްގައެވެ. އަދި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުގެ ރޭ 21:00 ގައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.