ދެކުނު ކޮރެއާ (ގުރޫޕް އެފް)

ފީފާ ރޭންކިން: 61
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1954
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ހަތަރު ވަނަ (2002)ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ:

ވޯލްޑް ކަޕްގެ ތާރީޙް:

ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ދެކުނު ކޮރެޔާ ކޮލިފައިވީ 1954 ވަނަ އަހަރުއެވެ. އޭގެފަހުން 1986 އިން 1998 ވަނަ އަހަރާ ހަމައަށް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ދެކުނު ކޮރެއާ ވާދަކުރި އެވެ.

ދެކުނު ކޮރެއާ އާއި ޖަޕާންގައި 2002 ވަނަ އަހަރު އޮތް ވޯލްޑް ކަޕަކީ ދެކުނު ކޮރެއާ އަށް އެންމެ ކާމިޔާބު މުބާރާތެވެ. އެ މުބާރާތުގެ ހަތަރު ވަނަ ދެކުނު ކޮރެއާ ހޯދި އެވެ. އަދި 2010 ވަނަ އަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް ދެކުނު ކޮރެއާ ދަތުރުކުރި އެވެ.

އެންމެ ފަހުން ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް މުބާރާތް ދެކުނު ކޮރެއާ ނިންމާލީ ގުރޫޕް ސްޓޭޖުންނެވެ.

ކޯޗު

ނަން: ޝިން ޓައި އޮންގް
ގައުމު: ދެކުނު ކޮރެއާ
(49 އަހަރު) 8 އޯގަސްޓް 1968 އުފަން ތާރީހު:
ޓީމާ ހަވާލުވީ: 2014 ވަނަ އަހަރު

ޝިން އަކީ ދެކުނު ކޮރެއާގައި ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ ކޯޗެކެވެ. އަދި ކުރިން އޭނާ ވަނީ ރަނގަޅު ފެންވަރެއްގައި އެ ޤައުމުގައި ކުޅެފަ އެވެ. ކޮރެއާގެ ޤައުމީ ޓީމަށް ވެސް އޭނާ ކުޅުނެވެ.

ޝިން ކޮރެއާގެ ޤައުމީ ޓީމާ ހަވާލުވީ 2014 ވަނަ އަހަރެވެ. އޭނާގެ އިރުޝާދުގެ ދަށުން ދެކުނު ކޮރެއާ އިން ވަނީ ރަނގަޅު ނަތީޖާޓަކެއް ނެރިފަ އެވެ.

މުހިންމު ކުޅުންތެރިން.

ސޮންގް ހިއުންގް މިން

ޓޮޓެންހަމް އަށް ކުޅެމުނާ ސޮން އަކީ ދެކުނު ކޮރެއާގެ ޓީމުގައި މި ވަގުތު ހުރި ހުނަރުވެރި އެއް ކުޅުންތެރިޔާ އެވެ. ސޮން ޤައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ.

މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ސޮން މުހިއްމު ލަނޑުތަކެއް ސޮން ކާމިޔާބުކުރިއިރު އޭނާ ވަނީ ކޮލިފިކޭޝަންގައި 18 ލަނޑު ޖަހައިފައެވެ. އަދި ސޮން ވަނީ ކޮރެއާ ޓީމަށް މިހާތަނަށް ކުޅުނު 35 މެޗުގައި 28 ލަނޑު ޖަހާފައެވެ.

ސޮން އަކީ ދެކުނު ކޮރެއާ ގައި ވަރަށް މަގުބޫލު ކުޅުންތެރިއެކެވެ.

ކޫޖާ ޗިއޮލް

މިޑްފީލްޑަރު ކޫޗާ ޗިއޮލް އަކީ ދެކުނު ކޮރެއާ ޓީމުގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ.
ޑިސިޕްލިނަރީ މައްސަލަތަކާ ގުޅިގެން މީގެ ކުރިން ޤައުމީ ޓީމުގެ ކެރިއަރަށް ހުރަސް އެޅުނު ނަމަވެސް، އޭނާ އަކީ ދެކުނު ކޮރެއާގެ ޓީމަށް މުހިންމު ކުޅުންތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 77 މެޗު ކުޅެ، 19 ލަނޑު ޖަހާފައެވެ.

ކޫޖާ ޗިއޮލް މިހާރު ކުޅެމުންދަނީ ޖަރުމަންގެ އޮގްސްބާގަށެވެ.