ފީފާ ވޯލްޑް ކަޕުގައި މިރޭ މެކްސިކޯ އަދި ޖަރުމަނު ބައްދަލު ކުރި މެޗުގައި މެކްސިކޯގެ ފޯވާޑު ލޮޒާނޯ ޖެހި ގޯލާއި އެކު މެކްސިކޯގެ މެކްސިކޯ ސިޓީ އަށް ބިންހެލުމެއް އަތުވެއްޖެއެވެ.

ގުރޫޕު އެފްގެ ފުރަތަމަ މެޗުގައި ކުޅުނު މިމެޗުން ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ބަލި ކޮށް މެކްސިކޯ އިން ވަނީ މުޅި ދުނިޔެ ސިއްސުވާލާފައެވެ. މުޅި މެޗުގައި ވެސް މެކްސިކޯ އިން ތަފާތު ކުޅުމެއް ފެނިގެން ދިޔަ އިރު ފަހު ވަގުތު ޖަރުމަނުންވެސް އައީ މެކްސިކޯގެ ގޯލަށް ގިނަ ހަމަލާ ތަކެއް ފޮނުވަމުންނެވެ.

ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބުނު ނަމަވެސް މެކްސިކޯ އަށް ވަނީ އެފުރުސަތު ތަކުގެ ބޭނުން ނުހިފިފައެވެ. ނަމަވެސް މެޗުގެ 35 ވަނަ މިނެޓުގައި ލޮޒާނޯ ވަނީ މެކްސިކޯ އަށް ކުރި ހޯދައިދީފައެވެ. ކައުންޓާ އެޓޭކެއްގައި ލޮޒާނޯ އަށް ބޯޅަ ދުއްވުމުން އޭނާ ވަނީ ޖަރުމަނުގެ ޑިފެންޑަރެއް ނެއްޓުމަށް ފަހު ނޯޔާގެ އަތް ދަށުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

މެކްސިކޯގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި މެކްސިކޯ އިން ލަނޑުޖެހި ވަގުތު ބިންހެލުމެއް އައިކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ.

އެއީ މެޗް ބަލަން އެކި ސަރަހައްދުތަކަށް އެއްވެފައިވާ މީހުން އެއްވަގުތެއްގައި ފުންމައިގަތުމުން ބިމަށް އައިލޮޅުމެއް ކަމަށް ބެލެވޭ ކަމުގައި މެކްސިކޯގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

"މެކްސިކޯ ސިޓީ އަށް އައީ މަސްނޫއީ ބިންހެލުމެއް، އެއީ މެކްސިކޯ ޓީމުން ވޯލްޑް ކަޕުގައި ގޯލު ޖެހުމުގެ ސަބަބުން މެކްސިކޯ ސިޓީގައި ތިބި ގިނަ ސަޕޯޓަރުން އެއްފަހަރާ ފުއްމައިގަތުމުން ކަމަށް ބެލެވޭ. މެކްސިކޯ ސިޓީގައި ބެހެއްޓިފައިވާ ދެ ސެންސަރުން ވަނީ 11:32 ވީއިރު ލޮޅުމެއް އެރި ކަމަށް ދައްކާފައި" މެކްސިކޯގެ މޫސުމާއި ބެހޭ އިދާރާ އިން ބުންޏެވެ.

މެކްސިކޯ އިން ލަނޑު ޖެހުމާއި އެކު ޖަރުމަނު ޓީމުން ގޯލު ޖަހަން މަސައްކަތް ކުރި ނަމަވެސް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް މެކްސިކޯ ވޯލްޑް ކަޕު ފެށީ މުޅި ގައުމުގެ އެންމެންވެސް ބޭނުންވި ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ކައްބެ

  މެކުސިކޯ މީހުން ގޮނޑީގައި ހަމަހިމޭނުން ތިބިނަމަ ތިހެނެއްނުވީހެއްނު.

 2. އިންސާނާ

  މަޖަލެއް ނޫން. ހިންޏެއް ނާނދޭ

 3. މާލު

  ޓިޔުބްލައިޓް ހަދާން ވަނީ

 4. ވީނަސް

  ތީ ޔާމީން ގެ ސަރުކާރުގެ އުމްރާނީ މަސައްކަތް ތައް ގިނަވީމަ

  • ާއަލީ

   ޥީނަސް އަށް ހާދައަސަރެކޭތިކުރަނީ

  • ޖޮއްބެ

   ނޫން އެއީ ކެރަފާނަޝީދު ޝަރުބަތު ތައްޓެއްބޯލާފަ ވައެއްލީމަ އައި ގުޑުމެއްކަމަށް މޯދީބުނަނީ.

 5. ޝިއުބު

  ޢެއްޗެއް ހދާލީ

 6. ެއަންތަރީސް

  ކަލޯ ބިން ހެލުމެއް ތަޖުރޮބާ ކުރިންތަ. ތި ވެވެނީ ކުފުރު. ލިޔާނެ އެހެން އެއްޗެއް ހޯދާ.

 7. ާއަލީ

  މޑޕ ބައިގަނޑު ކޮންމެކަމެއްސިޔާސަ ކުރާނީ

 8. ނުރަބޯ

  މޮޔަތަކާ މިދުނިޔޭގެ އެންމެން އެއްވަގުތަކު ފުއްމައިގަތަސް ބިމަކަށް ގުޑުމެއް ނާރާނެ. އެއަށްވުރެ މާވަރުގަދަކޮށް އުފައްދަވާފަ ވާ މަޚްލޫގެއް އެއީ.