ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމި ގަދަ 16 ގެ ފޯރިގަދަ މެޗުތައް މިރޭ ފަށާނެއެވެ. އެންމެ ފުރަތަމަ ބައްދަލުކުރާ ދެ ޓީމަކީ ޑެންމާކް އާއި ވޭލްސް އެވެ. މުބާރާތުގެ ދެވަނަބުރަށް ވޭލްސް ދަތުރުކޮށްފައިވަނީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ މަޤާމު ހޯދައިގެންނެވެ. ޑެންމާކު ދެވަނަބުރުން ޖާގަ ހޯދީ ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ގްރޫޕް ސްޓޭޖުގައި ވޭލްސް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެއް މެޗުންނެވެ. ބާކީ ދެން އޮތް ދެ މެޗުގެ ތެރެއިން އެއް މެޗުން އެއްވަރުވިއިރު އަނެއް މެޗުން ވަނޏީ ބަލިވެފައެވެ. ދެވަނަ މަޤާމުގައި އޮތީ ހަތަރު ޕޮއިންޓާއެކު އެވެ.

ޑެންމާކް ދެވަނަބުރުން ޖާގަ ހޯދީ ކުޅުނު ތން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެން ކުޅުނު ދެ މެޗުން ވެސް ބަލިވެގެން ޖުމްލަ ތިން ޕޮއިންޓާއެކު އެވެ. މިއީ މި މުބާރާތުގެ ތާރީހުގައިވެސް ދެ މެޗަކުން ބަލިވެ ދެވަނަބުރު ކަށަވަރުކުރި ފުރަތަމަ ޓީމެވެ.

ހޯދީ ގުރޫޕް ބީގައި ކުޅުނު ތިން މެޗުގެ ތެރެއިން ޖުމްލަ ތިން ޕޮއިންޓު ހޯދައިގެން ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެ ގުރޫޕުގައި ހިމެނުނު ފިންލެންޑަށް ވެސް ޑެންމާކާއި އެއްވަރަށް ޕޮއިންޓު ލިބުނުއިރު، ޑެންމާކަށް ދެވަނަ ލިބުނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ޑެންމާކް އާއި ވޭލްސް ވަނީ މިހާތަނަށް 10 ފަހަރެއްގެ މަތިން ބައްދަލުކޮށްފަައެވެ. މީގެތެރެއިން ޑެންމާކް މޮޅުވެފައިވަނީ ހަ ފަހަރެވެ. ވޭލްސް މޮޅުވެފައިވަނީ ހަތަރު ފަހަރުއެވެ. އެންމެފަހުން މި ދެ ޓީމު ބައްދަލުކުރީ 2018 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގުގައެވެ. އެ މެޗު 2-1 އިން ކާމިޔާބުކުރީ ޑެންމާކް އެވެ.

ދެ ޓީމުގެ ފުރަތަމަ އެގާރަ

ދެ ކޯޗުންގެ ބަސް

ރޮބަޓް ޕޭޖް (ވޭލްސް)

މެޗަކަށްފަހު މެޗެއް ވޭލްސްގެ ކުޅުން ރަނގަޅުވަމުން ދިއުމަކީ ކޯޗުގެ އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ނަމަވެސް ދެވަނަބުރުގައި ޑެންމާކް އާއި ބައްދަލުކުރަން ޖެހުމަކީ ބޮޑު ޗެލެންޖެއްގެ ގޮތުގައި ކޯޗު ފާހަގަކުރެއެވެ. ހާއްސަކޮށް ޑެންމާކްގެ ވަރުގަދަ އެޓޭކުތަކަކީ ވަރަށް ސަމާލުކަންދޭން ޖެހޭ ކަމެއް ކަމަށްވެސް ކޯޗު ބުންޏެވެ.

ކެސްޕާ ހިލްމަންޑް (ޑެންމާކް)

މުބާރާތެއްގެ ތެރެއިން ފެންނަންޖެހޭ ހުރިހާ ކަމެއް ގްރޫޕް ސްޓޭޖުގައި އެ ޓީމަށް ކުރިމަތިވެއްޖެ އެވެ. ހިތްދަތި ވަގުތުތަކާއި އުފާވެރި ވަގުތުތަކެކެވެ. އެ ތަޖުރިބާއާއެކު ދެވަނަބުރުގައި ވޭލްސް އާއި ދެކޮޅަށް ކުޅޭނީ ފުރިހަމަ އިތުބާރާއި ޔަގީންކަމާއެކު ކަމަށް ކޯޗު ބުންޏެވެ. އަދި ކުޅުންތެރިންވެސް ތިބީ ވަރުގަދަ އަޒުމެއްގައި ކަމަށާއި ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެއްކި ކުޅުން ތަކުރާރުވެއްޖެ ނަމަ މިއީ ފަސޭހައިން މޮޅު ވެވިދާނެ މެޗެއްގެ ގޮތުގައި ކޯޗު ފާހަގަކުރެއެވެ.