ޖަޕާނުގައި މިހާރު ކުރިޔަށްދާ އޮލިމްޕިކްސް 2020 ގެ ތާރީހުގައި މެޑަލެއް ހޯދި އެންމެ ކުޑަ ގައުމުގެ ޝަރަފު އާބާދީގައި ބައިލައްކަ ހަމަނުވާ ސެން މަރީނޯގެ އެތްލީޓު އަލެސަންޑްރޯ ޕެރިލީ ހޯދައިފިއެވެ.

މި ޝަރަފު އޭނާ ހޯދިއިރު ހަފުތާއެއް ކުރިން މި ޝަރަފު އޮތީ އާބާދީގައި 63 ހާހެއްހާ މީހުން ދިރިއުޅޭ ބާމިއުޑާގެ އެތްލީޓު ފްލޯރާ އަތުގައެވެ. އޭނާ ވަނީ އަންހެނުންގެ ޓްރައެތްލޯން އިވެންޓުން ރަންމެޑަލް ހޯދާފައެވެ. ޕެރިލީ ލޯ މެޑަލް ހޯދާފައިވަނީ ޝޫޓިންގެ އިވެންޓަކުންނެވެ.

ސެން މަރީނޯގެ އާބާދީ އުޅެނީ ގާތްގަނޑަކަށް 33 ހާހުގައެވެ. މިއާއެކު އެންމެ ކުޑަ ގައުމުތަކުގެ ތެރެއިން އޮލިމްޕިކްސްގައި ރަން މެޑަލް ހޯދި އެންމެ ކުޑަ ގައުމުގެ ޝަރަފު ލިބެނީ ބާމިއުޑާއަށެވެ.

އުމުރުން 33 އަހަރުގެ ސެން މަރީނޯ އެތްލީޓް ޕެރިލީ މި މެޑަލް ހޯދިއިރު އޭނާ ވަނީ 2012 ވަނަ އަހަރުވެސް މެޑަލްއެއް ހޯދުމާއި ވަރަށް ގާތަށް ޖެހިލާފައެވެ. އެފަހަރު އޭނާ ލައްވާލީ ހަތަރުވަނައިގައެވެ.

މި ކާމިޔާބީއާއެކު ފެންކަޅިވެފައި ހުރެ މީޑިއާއާއި ވާހަކަދައްކަމުން ޕެރިލީ ބުނީ ކުޑަކުޑަ ގައުމަކުން މިފަދަ ބޮޑު ކާމިޔާބީއެއް ހޯދުމަކީ އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. އަދި މި ކާމިޔާބީ ހާއްސަކުރާނީ ސެން މަރީނޯގެ ރައްޔިތުންނަށް ކަމަށްވެސް ބުންޏެވެ.

ސެން މަރީނޯ އިން އޮލިމްޕިކްސްގައި ވާދަކުރާތާ މިއީ 61 ވަނަ އަހަރެވެ. މިއީ އެ ގައުމުގެ ތާރީހުގައި މެޑަލްއެއް ލިބުނު ފުރަތަމަ ފަހަރެވެ. އެންމެ ފުރަތަމަ އެ ގައުމު އޮލިމްޕިކްސްގައި ވާދަކޮށްފައިވަނީ 1960 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޯޑު

    އެހެންވީމާ އައްޑޫ ވެސް މިނިވަން ގައުމަކަށް ބަދަލަވާންވީ ހަމަ.

  2. ޙަދިސައިބު

    އިންޑިޔާއަށް ލިބޭމެޑަލްއަކީ މިހާރު މިސަރުކާރު ހިއްސާ ވާނެ ވީމާ މިރާއްޖެހިނުނީއޭ މީމޯދީގެ ރާއްޖެ

  3. ރާއްޖެ

    ރާއްޖެއަށް އޮލިމްޕިކް މެޑަލެއް ލިބޭނީ ކޮން ދުވަހަކުން. 99 ޕަސެންޓް ކަނޑު އޮންނަ ގައުމަކަށް އެންމެ ކުޑަމިނުން ފެތުން ކަހަލަ އެއްޗަކުން މެޑަލެއް ނެގެންވާނެ

  4. ރާއްޖެ

    އޮލިމްޕިކްސްގައި ގިނަ މެޑަލްނަގާ ގައުމުތަކުން، މެޑަލް ހިފައިގެން ރަށަށް އައިމަ ފައިސާގެ ބޮޑަތި އިނާމު ލިބޭގޮތަށް އޮންނަނީ