އެންމެ ސެކްސީ އެތުލީޓްގެ ގޮތުގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ޖަރުމަންވިލަތުގެ އެލިކާ ޝްމިޓް އޮލިމްޕިކްސް އަށް ކޮލިފައިވެގެން ޓޯކިއޯއަށް ދިޔަ ނަމަވެސް އެންމެ ފަހުވަގުތު މުބާރާތުގައި ބައިވެރިނުވެ އެނބުރި ގައުމަށް ދާން ޖެހިއްޖެއެވެ.

އަންހެނުންގެ ހަތަރެއް ގުނަ 400 މީޓަރު ދުވުމުގައި ބައިވެރިވުމަށް އޮލިމްޕިކްސްއަށް ދިޔަ އެލިކާއަށް މުބާރާތުގައި ބައިވެރި ނުވެވޭގޮތްވީ ޕްރެލިމިނަރީ ބުރުން ކެޓުމުންނެވެ.

އެލިކާ އަށް މުބާރާތުން ޖާގަ ދިނުމުން ވެސް ބައެއް ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ޖަރުމަންވިލާތުގެ ގިނަ ބަޔަކު މީސް މީޑިއާގައި ބުނެފައި ވަނީ އެލިކާ އަށް މުބާރާތުން ފުރުސަތު ވެސް ދޭން ނުޖެހޭ ކަމަށެވެ.

ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ނުދިން ނަމަވެސް އެލިކާ ވަނީ ނުސީދާ ގޮތެއްގައި އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އެލިކާ ބުނީ މިހާރު ދައުރުވަމުންދާ ވާހަކަތަކާއި ގުޅިގެން ވަރަށް ގިނަ ބައެއްގެ ހެޔޮ އެދުމުގެ މެސެޖްތައް އޭނާ އަށް ލިބެމުން އަންނަ ކަމަށެވެ. އެހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރާކަމަށް އެލިކާ ބުންޏެވެ.

އިންސްޓަގްރާމްގައި އެކަނިވެސް އެލިކާ ފްލޯ ކުރާ މީހުންގެ އަދަދު 2.4 މިލިއަނަށް އަރައެވެ. އަދި އޮލިމްޕިކްސް އާއިއެކު އޭނާ އަކީ އެންމެ ސެކްސީ އެޓްލީޓްގެ ގޮތުގައި ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ރިޕޯޓް ކުރުމުން އޭނާ އަށް ލިބިފައިވާ ސަމާލުކަން ވަނީ އިތުރުވެފައެވެ.

 

View this post on Instagram

 

A post shared by ᗩlica Ѕchmidt (@alicasmd)

މިއަހަރުގެ އޮލިމްޕިކްސް އަކީ އެލިކާ އަށް ނާކާމިޔާބު މުބާރާތަކަށް ވެގެން ދިޔަ ނަމަވެސް މޮޑެލް ކުރުމާއި ކުޅިވަރުގެ އެކި އުފެއްދުންތައް އިސްތިހާރު ކުރުމުގައި މިމުބާރާތުގެ ސަބަބުން އެލިކާ އަށް އިތުރު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.