އުރީދޫ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ފައިނަލް ސްކޮޑުން ފުރުސަތު ލިބުނު ނަމަވެސް އަނިޔާއާއި ގުޅިގެން އަލީ ހައިޝަމް (ޗުމްޕު) އާއި މުޙައްމަދު ނާއިމް ސްކޮޑުން ބާކީކޮށްފި އެވެ.

މި ނިންމުމާއި އެކު އެފްއޭއެމުން ވަނީ މި ދެ ކުޅުންތެރިންގެ ބަދަލުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ޑިފެންޑަރު މޫސާ ޔާމީން (ޔާމްބެ) އަށް ސްކޮޑުން ފުރުސަތު ދީފައެވެ.

ގައުމީ ފުޓުބޯޅަ ޓީމުގެ ފައިނަލް ސްކޮޑު ހާމަކުރި އިރު މި ސްކޮޑުން އެންމެ ފުރަތަމަ ބާކީކުރި ކުޅުންތެރިންނަކީ އަހުމަދު އަބްދުﷲ (ލިލީ) މޫސާ ޔާމީން (ޔާމްބެ) ، ޓީސީ ސްޕޯޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) އާއި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް (ޗޯޓޭ) އަދި ދަ ގްރާންޑޭގެ ޔަސްފާދު ހަބީބް (މުލަކޭ) އެވެ.

ސާފް ޗެމްޕިއަންޝިޕަށް ނެގި ފައިނަލް ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު މީގެތެރޭގައި ސާފް ޗެމްޕިއަންޝިޕަށް އަލަށް ކުޅޭ ކުޅުންތެރިންތަކެއް ވެސް ހިމެނެއެވެ. މިފަހަރު އަލަށް ސާފް ޗެމްޕިއަންޝިޕް ކުޅޭނެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޖުމްލަ 8 ކުޅުންތެރިންނެވެ. މީގެތެރޭގައި ނިމިދިޔަ ވޯލްޑްކަޕް ކޮލލިފައިންގައި ހިމެނުނު ކުޅުންތެރިން އަދި އޭއެފްސީ ކަޕުން ފެނިގެންދިޔަ ކުޅުންތެރިން ހިމެނެއެވެ.

ސާފް ޗެމްޕިއަންޝިޕް 2021 އަށް ނެގި ފައިނަލް ސްކޮޑު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ސަމޫހު އަލީ، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އަސަދުﷲ އަބްދުﷲ (އަސަކޮ)، މޫސާ ޔާމީން (ޔާމްބެ)

ކުލަބް އީގަލްސް

ހަސަން ރާއިފް އަހުމަދު (ހަންނަ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ޝިފާއު (ކުރޯ)، އަސްހަދު އަލީ (އަޑޭ)، އަހުމަދު ނޫމާން (ހެލްމެޓް)

ކުލަބް ވެލެންސިއާ

އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު ފައިސަލް، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ޝަފީއު (ޗެކް)

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)

އިސްމާއިލް އީސާ (މެސީ)، އަލީ ނާޖިހު،

ދަ ގްރާންޑޭ

ގާސިމް ސައްމާމް (ސައްމޭ)