ސާފް ޗެމްޕިއަންޝިޕްގެ ތާރީހްގައި ފުރަތަމަ ފަހަރަށް ނޭޕާލުން ދިވެހިރާއްޖެ ބަލިކޮށްފިއެވެ.

މާލޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި މިރޭ ކުޅުނު ސާފު ޗެމްޕިއަންޝިޕްގެ ދެވަނަ މެޗްގައި ރާއްޖޭގެ މައްޗަށް ނޭޕާލް އިން ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ނޭޕާލް މިރޭގެ މެޗާއިއެކު ޖުމްލަ އަށް ފަހަރު ބައްދަލުކޮށްފައި ވެއެވެ. މީގެ ކުރިން ކުޅުނު ހަތް މެޗްގެ ތެރެއިން ފަސް މެޗުން ރާއްޖެ މޮޅުވިއިރު ދެމެޗް ނިމުނީ އެއްވަރު ވެގެންނެވެ.

މިރޭ ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗް ފެށީ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތައް ފަހުއެވެ. މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަފާތު ކަންތައްތަކެއް ފެނިގެންދިޔަ އެވެ. އެގޮތުން ބަޑިބޭހުގެ ހަރަކާތްތަކާއި ދިވެހި ލަވަޔާއެކު ހާއްސަ އައިޓަމެއް ދަނޑުމަތީގައި ކުރިޔަށްދިޔަ އެވެ.

މި އައިޓަމްތަކުގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައެވެ. މިއީ ބަޑިބޭހުގެ ހަރަކާތެއް މިގޮތަށް ގަލޮޅު ދަނޑުގައި ނުބާއްވާތާ ގިނަ ދުވަސްތަކަކަށްފަހު ބޭއްވި ފުރަތަމަ ފަހަރެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މި މެޗު ރާއްޖެއިން ފެށީ ވަރުގަދަ ސްކޮޑަކާއެކު އެވެ. އަލީ އަޝްފާގު (ދަގަނޑޭ) ހިމަނައިގެން މި މެޗުގެ ފުރަތަމަ އެގާރައިގައި ރާއްޖެ ކުޅުނުއިރު މިއީ އަމިއްލަ ދަނޑުގައި ވޯލްޑްކަޕް ކޮލިފައިންގައި ފިލިޕީންސް އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ކުޅޭ ފުރަތަމަ މެޗެވެ. މީގެއިތުރުން އަލީ ފާސިރު (ސެންޓޭ) އާޢި ހަމްޒާ މުހައްމަދު (ހަމްޕު) މި މެޗުގެ ފުރަތަމަ އެގާރައިގައި ވަނީ ހިމަނާފައެވެ.

އަލީ ފާސިރު (ސެންޓޭ) ކައިރިން ބޯޅަ ހޯދަން ނޭޕާލް ކުޅުންތެރިން މަސައްކަތްކުރަނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ރާއްޖެ މި މެޗު ފެށީ ހުދުކުލައިގެ ގައުމީ ދިދައިގެ ފަރުމާއިން ތައްޔާރުކޮށްފައިވާ އާ ޖާރޒީގައެވެ. މެޗު ބެލުމަށް ވަރަށް ގިނަ އަދަދެއްގެ ދިވެހި ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ. މުޅި ދަނޑު ވަނީ ދިވެހި ސަޕޯޓަރުންހެން ގާތްގަނޑަކަށޤ ފުރާލާފައެވެ. ގިނަ ދުވަސްތަކަކަށް ފަހު "މެކްސިކަން ވޭވް" މި މެޗުގައި ސަޕޯޓަރުން ދައްކާލިއެވެ. އަދި މުޅި މެޗުކަހަލަ ގޮތަކަށް ދިވެހި ސަޕޯޓަރުން ދިޔައީ އަޑު ގުގުމަމުންނެވެ. ދިވެހި ސަޕޯޓަރުންގެ އަޑެއް މެޗުގައި ނުކެނޑެއެވެ.

މެޗު ބަލަން ދަނޑަށް ވަދެތިބި ސަޕޯޓަރުންތަކެއް-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ ރާއްޖެއެވެ. ނޭޕާލުން ބޮޑަށް މަސައްކަތްކުރީ އެ ޓީމުގެ ދެ އަރިމަތިން ހަަމަލާތަކެއް އުފެއްދުމަށެވެ. ނަމަވެސް ރާއްޖޭގެ ފަހަތުން ފެނުނީ ވަރަށް ހުށިޔާރުކޮށެވެ. އަރިމަތިން އުފައްދަން މަސައްކަތްކުރި ހަމަލާތައް ރާއްޖޭގެ ފަހަތުން ސިފާއު އާއި އަކްރަމް އަބްދުޢަނީ އަދި އަހުމަދު ނުއުމާން އާއި އަސްހަދު އަބްދުލްޢަނީ ވަނީ ހުށިޔާރުކަމާއެކު ހުއްޓުވާފައެވެ.

ރާއްޖެ ޓީމުން ފުރަތަމަ ހާފުގައި އިދިކޮޅު ގޯލަށް އެންމެ ބޮޑަށް ނުރައްކާކުރި އެއް ކުޅުންތެރިއަކީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އޭނާ ހުއްޓުވަން ނޭޕާލުގެ ކުޅުންތެރިންނަށް އުނދަގޫވެގެން އުޅުނުތަން ފެނުނެވެ. އަދި މި ހާފުގައި ދަގަނޑޭއަށް ކުރި ފައުލަކާއި ގުޅިގެން ނޭޕާލުގެ ކުޅުންތެރިއަކަށް ރެފްރީ ވަނީ ރީނދޫ ކާޑެއްވެސް ދައްކާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ނަމަވެސް މި ހާފުގައި ދިވެހި ޓީމު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ދެވަނަ ހާފު ނޭޕާލުން ފެށީ ފުރަތަމަ ހާފަށްވުރެ ވަރުގަދަކޮށެވެ. ނަމަވެސް މި ހާފުގައިވެސް ގިނަވަގުތު ބޯޅޮ ހިފަހައްޓައިގެން ކުޅުނީ ދިވެހި ޓީމުންނެވެ. ރާއްޖެއިން މި ހާފުގައި ބަދަލެއް ނުފެނުނު ނަމަވެސް ފުރަތަމަ ހާފުގައި އެރި ކުޅުންތެރިންނާއެކު ރާއްޖޭގެ ކުޅުމަަށް މާ ބޮޑު ބަދަލެއް ކޯޗު އަލީ ސުޒެއިން ނުގެނެއެވެ.

ރާއްޖެއިން މި މެޗުގައި ލަނޑުޖަހާ ލީޑުނަގާނެ އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރީ މެޗުގެ 60 ވަނަ މިނެޓުގައެވެ. އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހިލޭޖެހުމަކުން ސަމޫހު ބޮލުން ފޮނުވާލި ބޯޅަ ނޭޕާލުގެ ކީޕަރު ކިރަން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އޭގެފަހުން ރާއްޖެ ޓީމުން ބަދަލުތަކެއް ފެނިގެންދިޔަ އެވެ. އިސްމާއީލް އީސާ އާއި ނާއިޒް ހަސަން ކުޅެން އެރުމާއެކު ދިވެހި ޓީމުގެ ހަމަލާތައް ވަރުގަދަވެގެންދިޔަ އެވެ. ނާއިޒް އެރުމާއެކު އޭނާ ވަނީ ރަނގަޅު ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އަދި ނޭޕާލް ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ޕްރެޝަރަށް ވެއްޓުނުތަން ފެނިގެންދިޔަ އެވެ.

ރާއްޖެއިން ވަރުގަދައަށް ކުޅެމުންދަނިކޮށް ނޭޕާލުން ވަނީ ލަނޑެއް ޖަހާފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައި ވަނިކޮށް ނޭޕާލުން ވަނީ މެޗުގައި ލީޑުނަގާފައެވެ. ރާއްޖޭގެ ޑިފެންސްލައިން ކުރިޔަށްޖެހި ހެދި ގޯހަކުން ނޭޕާލުން ކައުންޓަރ އެޓޭކަށް އަރާ މި ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން އެރި މަނީޝް ޑަންގީ އެވެ.

މި ލަނޑަށްފަހު ވެސް ދިވެހި ޓީމު ދިޔައީ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައެވެ. ނަމަވެސް ރާއްޖެއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ނޭޕާލްގެ ހުރިހާ ކުޅުންތެރިން ފެނުނީ ފަހަތަށް ފައިބައި ޓީމު ދިފާއުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ކެކެ

    ކެކެ ކެކެ އެއް މެޗު ގެ ބޯނަސް ސަލާމަތް ވީ

    33
    1
  2. ދޯހާގައި

    މިލިޔަނުން ޙަރަދުކޮއްގެން ކޯއްޗެއް ތިހެދީ ސުޒޭނޫ.. 37 އަހަރު ފަހަތަށް ތިގެންދިޔައީ..

    33
    2
  3. ޔާމީން

    ތެންކިޔޫ ނޭޕާލް.. ދައުލަތުގެ ބަޖެޓުން ބައެއް ސަލާމަތްކޮއްދިނީމަ..

    39
    1
  4. Anonymous

    ވަރަށް ދެރަވެއްޖެ

    16
    10
  5. Anonymous

    😆😆😆
    ކޮންގްރެޖުލޭށަންސް ނޭޕާލް

    29
    3
  6. ސަނީ

    ހެހެހެހޭ

    19
    1
  7. Anonymous

    މިރޭގެ މެޗުން އެނގިއްޖެ ދިވެހިރާއްޖެ ފުޓްބޯޅައިން މިހާރު ވެއްޓިފައިވާ ފުން އަނދަވަޅު. މިހާރު އަމިއްލަ ލީގެއް ކުޅޭ އަޑެއްނީވޭ. ޤައުމީ މުބާރާތް، އެފްއޭކަޕް، ކަޕްވިނާސްކަޕް މިއަޑުތަކެއް ނީވޭ. މަޝްހޫރު ޓީމުތައް އޮތީ ކޯމާއަށް ދުއްވާލާފަ އަޑުކަނޑުވާލާފަ. ފުޓްބޯޅަ ކުޅެނީ މިހާރު ގޭންގުތަކުން ދަނޑަށް ވަންނަނީ އެމީހުންގެ ޕާޓޭން. ކުޅިވަރު ރޫހެއްނެތް، ޖޯޝުގައި ވަތަނީ ރޫހެއްގައި ކުޅޭނެ ކުޅުންތެރިއެއް ނެތް. މިހެންވީމަ ކުޅިވަރުގެ ފޯރިނަގާ ސަޕޯޓަރުންވެސް މަޑުމަޑުން ދަނީ ދުރަށް ޖެހެމުން. މިރޭ ރާއްޖެ މިބަލިވީ ސާފްގެ އެންމެ ބަލި ޓީމުއަތުން. މިރޭގަ ބަލިވުމުން ދެން ކުޅެންޖެހޭ ދެޓީމުގެ އަތުން މޮޅުވާނެ އުއްމީދެއް ކުޑަކޮށްވެސް ނެތް. ދަނޑަށް ދާހިތްވެސް މިހާރު ކެނޑިއްޖެ. އެހެން މީހުންވެސް މިވަރުގެ ކަޑަ ޓީމަކަށް ސަޕޯރޓުކުރަން ބޮޑުޚަރަދުކޮށްފަ ދަނޑަށް ދިއުމުގެ ބޭނުމެއް އޮތްކަމަކަށް ނުދެކެން.

    34
    3
  8. Anonymous

    ބޮޑު ޚަރަދުކޮށްފަ ޖާޒީ ގަނެގެން އެހެން ސާމާނުވެސް ގަނެގެން ދަނޑަށް ދާއިރު ކުޅެންތިބި މީހުންގެ ފަރާތުން އެއްވެސް ރޫހެއް ފޯރިއެއްނެތް ދަށް ކުޅުމެއް ފެނުނީމަ ސާފްގެ އެންމެ ބަލިޓީމުގެ އަތުންވެސް މިވީ ބަލި. މިވަރުގެ ބަޔަކަށް ސަޕޯޓުކުރަން ދިއުމަށްވުރެ މުހިންމު އެހެން ކޮންމެވެސް ކަމެއް އެގަޑީގައިކުރަންވީ. ސަޕޯރޓުކުރަން ދާނެ ކަމެއްނެތް

    31
    3
  9. މުނދި..

    ދެން ކިޔާނެ މޫސުން ގޯސްވީޔޭ.. ބޯޅަ ވަކީ އޭ.. ނުވާނެ ތިކަމެއް.. ދެން މިފަދަ ދަތި ހާލުގަ ބޭކާރު ހަރަދުނުކޮށް ރައްޔިތު މީހާ އަށް ފައިދާވާނެ ކޮންމެވެސް ކަމެއް ކޮށްދިނުން މާތާހިރުވާނެ..

    30
    2
  10. ޙާލަތު

    ﷲ އަށް ޙަމްދު ހުރި!!!

    24
    2
  11. ޤައުމު

    ވަރައްވެސް ދެރަ!
    ކުޅުމުގާ އެއްވެސް ÷ޕްލޭން އެއް އުރައްޕަތެއް ނެތް. ތެޅިބޭލީ ،
    ބާސެލޯނާ ހެދިގެން ބައިކޮޅައް ޕާސްކޮއްލާފަ ބޯލްޕޮޒިށަން %66
    ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީބަލަ !
    ވަރަށް ކަންނެތް ފުޓުބޯޅައެއް ތިކުޅުވީ އިނގޭ ސުޒޭނޫ
    އަނެނހެނރަނގަޅު ބަޖެޓަށް ލުއިވާނެތާ!

    25
  12. ސްލޯ

    ފުރަތަމަ ފަހަރަށް ނޭޕާލުން ރާއްޖެ ބަލިކޮށްފައި ވަނީ ސްލޯލިހުގެ ވެރި ކަމުގައި... މަރުހަބާ ސްލޯ

    33
    3
  13. ޙަސަން

    ޓީމަށް ރަނގަޅު ކޯޗެއް ހޯދާ ނުދެވޭ. މޮޅުވާ މެޗަކުން ވެސް ދޭން ބުނީ ކުޑަ ބޯނަހެއް. މިއީ ރައީސް ޔާމީން ގަދައޭ ތޫނުފިއްޔޭ ބުނާ ސަބަބަކީ. ދުވަހަކު ޓީމު ބަލި ކޮށް ނުލެވޭ ޓީމުން ހިތްދަތި ގޮތަކަށް ޓީމް ބަލިވީ ގިނަ ކަންތައްތަކެއްގެ ސަބަބުން

    17
    2
  14. ފެނޭދޯ

    ރައީސް އިބޫ އަށްހީވަނީ ހިޔާ ފްލެޓްސް ތައް ލިބުނު މީހުންގެ އާދޭސް ތަކުގައި ކޮޅުފައިން ޖެހުމުން ކުރިއެރުން ލިބޭނެ ކަމަށްތޭ ކޮރަޕްޓް ޓުރިޒަމް މިނިސްޓަރު މައުސޫމު މެން ގޮވައިގެން އެމެންނަކީ ޗިއަރސް ބަނގުރޫޓް އަރުވާލި ބަގައޭ ގައުމީ ޓީމް ނުކުޅޭނެއޭ ރައީސް އިބޫ ރައްޔިތުންނަށް އަނިޔާ ކުރާނަމަ ހިޔާ ފްލެޓްސް ތަކުގެ ކުލި ކުޑަ ކުރޭ.

    13
    2
  15. ކުޑަކުރޭ

    ހިޔާ ފްލެޓްސް ތަކުގެ ބޮޑުކުލީގެ މައްސަލަ ތިޔާ އުޅެނީ އިނގޭތޭ ކުލި ކުޑަ ކުރޭ

    13
    2
  16. ސަޓޯބޯ

    ހަހަހަހަހަހަހާ

    14
    1
  17. ކަނބަލެއް

    ޙަބަރު ލިޔާައިރު ވަކިއެއް ކޮޅަކަށް ނުޖެހެމާ! ނޭޕާލު ކުޅުމަށް ތައުރީފު ޙައްގު! ވަރަށް މޮޅު ކުޅުމެއް ދެއްކީ ނޭޕާލުން 👍

    31
    1
  18. އަބްދޫ

    40 މިލިއަން ޑޮލަރު ސުމަކުން ބާ؟

    20
    1
  19. ފަޔާޒު

    ރޭގެ މެޗުގައި ސަޕޯޓަރުން ދަނޑަށް ވަތް އަދަދު ގޯހެއް ނޫން. އެކަމަކު ޓީމުގެ ކުޅުމުގައި ޓީމުވަންތަ ކަމެއް ނެތް. ބަލިވުމުގެ ސަބަބަކީ އެއީ.

    24
  20. ސސސ

    ބަލަން ތިބި ބައެއް ވެރިންގެ ކުޅަދާނަކަމުން ކަންނޭނގެ...ޙަހަހަހާ.......

    16
    1
  21. އަޙްމަދު

    ތިއަށް ވުރެ އާދައާއި ޙިލާފް ކަންތައްތައް ފެންނާނެ! ސުޒޭނުމެންނަކަށް ނުވާނެ! ފާއިތުވި 25 އަހަރު ސުޒޭނުމެންނަށް ކުރެވުނީ ކޮންކަމެއް! އެންމެ ކުޑަމިނުން ޒުވާން ކުޅުންތެރިޔަކު ނުއުފެއްދޭ! ފުޓްބޯލައަށް ބޮޑެތި ޙަރަދު ކުރުމުގެ ބޭނުމަކީ ކޮބާ؟

    22
    1
  22. ރެފްރީ

    ދިވެހިންބަލިވީތީ ހިތާމަކުރަން. ދިވެހިންނަށްވެ ސް އެމީހުންގެފެންވަރުން ހިތްވަރުކުރެވިއްޖެ. ކުރިއަށްކުޅޭމެޗުތައް ބަލަންވެ ސްހުންނާނަން ..
    އެއްމެޗުންނަމަވެ ސް މޮޅުވާނެކަމަށް އުންމީދުކުރަން.. ؟؟

    16
    4
  23. ނަސްރު

    ކިހާދެރަ. ފެށުން ގޯސް. އާހިއްވަރެއް ކުރަން ޖެހޭ.

    13
    2
  24. ކަރާބެ

    ޖާމިނުމެން އަރުވާގެން ކޮންމޮޅެއްތޯވީ؟ މަލާމަތް ނޫން އެއްޗެއް ނެތެއްނުތޯ؟ ކްރިކެޓް ސްޓޭޑިއަމް އަވަސްކުރޭ. އަދި ވާނެ އެތަން ނިމުނީމާ އިންޑިޔާއާއި ގުޅިގެން ރޭޕް ސްޓޭޑިއަމެއް ވެސް އަޅަން. ވަށައިގެން ހައްދާނީ ކަރާ. ދަނޑު ބަލަހައްޓަން ކަރަ ވަހީދު ގެންނާނީ

    17
    3
  25. ކޮއްޕަންސ

    ރާއްޖޭގެ މެދުތެރެ ހަމަ ސުމެއް.
    މާބޮޑު އުއްމީދެއް ކުރާނެޖަމެއްނެތް.
    އެއްމެ މެޗަކުންވެސސް މޮޅުވުމުގެ ފުރސަތެއް ދެން ނެތް.

    17
    1
  26. ސަމްކުޅިބޭ

    އެއޮތް ބަލި ނޭޕާލު އަތުން މިއޮތްމޮޅު ދިވެހިރާއްޖެ ބަލިވެއްޖެޔޯ. މަރުހަބާ ،މަރުހަބާ، ގައުމީޓީމަށް މަރުހަބާ. ބޮލުގައި ނުރަޖަހާފާހުރި ވަރަށްނުބާ ސުންޕާ މީހަކާ އޭނާގެ އައުވާނުން ތިޔަތަނުން ފެނުމުން މިރޭ ރާއްޖެ މޮޅު ވާނެ ބާއޭ ހިތަށްއެރި.

    21
    3
  27. ޢަލިބެ

    ރާއްޖެއިން ފުޓުބޯޅައަށް ކުރާބޭކާރު ހަރަދު ހުއްޓާލާފައި ސިއްހީނިޒާމު ރަނގަޅުކުރަން އެފައިސާތައް ހަރަދުކުރަންވީ. މިފަހަރުވެސް އެތަށްމިލިޔަން ރުފިޔާއެއް ހަރަދުކޮށް އެދިޔައީ ޗޮނުން.

    14
  28. އިސްތިއުފާ

    ރައީސް އިބޫ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްރިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ

    13
  29. ޢޭޖޭ

    ސުޒޭނާ ބައްސާމް މިކަމުގެ ފުރިހަމަ ޒިއްމާނަގަން ޖެހޭނީ، ޖާމިނު ސްކޮޑުގައި ހިމެނުނު ގޮތައް އަލީ އުމަރާއި ޝާހްއިސްމާއިލް ވެސް ހިމެނުން މުހިއްމް. ބަކާމެން ބާކީ ކޮއްލުމަކީ ވެވުނު ސިޔާސީ އިހްމާލެއް.

    16
  30. Anonymous

    ދިވެހިންބަލިވީ ބާއިީންކުޅިބަލަންވަނީމަ ހާއްސަކޮއް ދިވެހިގައުމައް އައްދާރުވެފަހުރި ސާލިހު އިންއެވީމަ

  31. މުފައްކިރު

    މެކުނު ފުމުނަކަސް ގާހަކި އަކަށް ނުފުމޭނޭ ބުނާ ބީދައިން ނަމުގަ ރައީސެއް ވީމަ ތިއޮތީ ރޯނު އެދުރުވެފަ. ގައުމީޓީމަށް މެޗެއް ގެއްލުނީތީ ހިތާމަ ކުރަން.

  32. ހުސެންބެ

    އިބްރާހީމާ ބޯނަސް ނޭޕާލު ކުދިންނަށް ދީ .އިން ޟާ ﷲ ތިންވަނަ ފަހަރޭ ކިޔާށެވެ.ގަދަ ބަސް ބުނުމަކީ ހަޑިކަމެއް.ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާންގެ.

  33. އހ

    ފުރަތަމަ އެގާރައިގަ އުދުހޭމުފީދާއި ކުޑަމޫސަ ނުހިމެނުމުގެ ނަތީޖާ!